Advertisement

ފޮޓޯ: ނޫން މީޑިއާ ޓީމް

20 Aug 2023
ރައީސް ޞާލިޙްގެ މި ދައުރުން ދުވަހެއް

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ތައާރަފްކުރުން

މި ދައުރުން ދުވަހެއް

11 އެޕްރީލް 2019 - ސްރީލަންކާ އަދި އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ތައާރަފްކުރުން

16 އޮކޮޓޯބަރ 2019 - މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ތައާރަފްކުރުން

ސިއްހީ ޚިދުމަތަކީ އިންސާނަކަށްވީތީ ކޮންމެ މީހަކަށްމެ ކަށަވަރުވާންޖެހޭ އިންސާނީ ޙައްގެކެވެ. އެމީހެއްގެ ޤައުމާއި ޤައުމުން ބޭރުގައިވެސް ސިއްހީ ފަރުވާ ލިބިދޭންޖެހެއެވެ. ބައެއް ޤައުމުތަކުގައި އެޤައުމުތަކުގެ ރައްޔިތުންނަށްވެސް ސިއްހީ ފަރުވާއަކީ ހޭދަ ބޮޑު، ދެކޮޅުޖައްސަން ދަތި ހަރަދެކެވެ. އަދި ދުނިޔޭގެ ގިނަ ޤައުމުތަކުގައި ބިދޭސީންނަށް ސިއްހީ ފަރުވާގެ އަގު އެޤައުމުގެ ޢާއްމުންނަށްވުރެ ބޮޑެވެ. އެހެންކަމުން އެކި ބޭނުންތަކުގައި ކުރު މުއްދަތުތަކަށް، ބޭރު ޤައުމުތަކަށް ދަތުރުކުރާ މީހުން ހެލްތު އިންޝުއަރެންސް ފަދަ ސްކީމްތަކުގައި ބައިވެރިވެއެވެ. ނަމަވެސް އެއީ ކުޑަ ހަރަދެއް ނޫނެވެ. އެހެންކަމުން ޤައުމުން ބޭރުގައި އާއްމުކޮށް ދިވެހިން ދިރިއުޅޭ ޤައުމުތަކުގައި ފަސޭހަ ނިޒާމެއްގެ ތެރެއިން ރާއްޖޭގައި ފޯރުކޮށްދޭ ޤައުމީ ހެލްތު އިންޝުއަރެންސް ސްކީމް ފަދަ ސްކީމަކުން ސިއްހީ ފަރުވާ ލިބިދެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ.

ތަޢުލީމު ޙާސިލުކުރުމަށްޓަކައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ޢަދަދު އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. ޢާއްމުގޮތެއްގައި ދިވެހިން ގޮސް އުޅޭ ޤައުމުތަކުގެ ތެރޭގައި އަވައްޓެރި ސްރީލަންކާއާއި އިންޑިއާގެ އިތުރުން މެލޭޝިއާ ފާހަގަކޮށްލެވެއެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސަތާއެއްގޮތަށް، އެޤައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ސިއްޙީ ފަރުވާ ފޯރުކޮށްދެވޭނެ އިންތިޒާމު އާސަންދަ ކުންފުނީގެ ދަށުން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުވަނީ ތަޢާރަފްކޮށްފައެވެ. "މެރަނަ"އިގެ ނަމުން ތަޢާރަފްކޮށްފައިވާ މިސްކީމްގައި ރަޖިސްޓަރކުރެވެނީ އެޤައުމުގައި މަދުވެގެން 6 މަސްދުވަހުގެ ވީސާގައި ދިރިއުޅެމުންދާ ފަރާތްތަކަށެވެ.

މިސްކީމްގެ ދަށުން މެރަނަ ސްކީމްގައި ރަޖިސްޓަރކުރާ ކޮންމެ މީހަށްވެސް އަހަރަކު 15،000ރ. އާއި ހަމައަށް އިންޝުއަރެންސް ހަމަޖައްސައިދެއެވެ. އެހެންނަމަވެސް އެޑްމިޓްނުކޮށް ފަރުވާ ހޯދާ ފަރާތްތަކަށް އަހަރަކު 10،000ރ. އަށްވާވަރަށް ސިއްހީ ފަރުވާގެ ހަރަދު ދިވެހި ސަރުކާރުން ހަމަޖައްސައިދިނުމަށްވަނީ ކަނޑައަޅާފައެވެ. މިސްކީމްގެ ދަށުން ހިދުމަތް ފޯރުކޮށްދޭ 3 ޤައުމުގައި ތިބި ދިވެހިންނަށް އާސަންދައިގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އެޤައުމުގެ ސިއްހީ ހިދުމަތްދޭ ތަންތަނުން ފަރުވާ މިސްކީމްގެ ދަށުން ކުރެވޭނެއެވެ.

އާސަންދައިން ހާމަކުރައްވާގޮތުގައި މިހިދުމަތް ހޯދުމަށް އިންޑިއާ ލަންކާ އަދި މެލޭޝިއާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންވަނީ ރަޖިސްޓްރީކޮށްފައެވެ. ސިއްހީ ހިދުމަތް ހޯދުމަށް އެފަރާތްތަކުން މީގެކުރިން އުފުލި ތަކުލީފުތައް ނިމި، އަތުން ހިނގި ބޮޑު ހޭދަ މިއަދު މިވަނީ ސަލާމަތްކުރެވިފައެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދަރިވަރުންގެ ހަރަދުތައް ހަމަޖެއްސުމަށް އަތުން ބޮޑު ހޭދައެއް ހިނގައެވެ. އެފަދަ ހާލުގައި ބޭރުގައި އުޅޭއިރު ބައްޔެއްވެއްޖެ ނަމަ އެއީ އިތުރުވެގެންދާ ބޮލު ރިހުމެކެވެ. އެހެންކަމުން މިސްކީމާއި އެކު އެކުދިންނާއި އެކުދިންގެ އާއިލާތަކަށްވަނީ ބޮޑު ލުއިފަސޭހަށް ލިބިގެން ގޮސްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.