Advertisement

04 Oct 2023
ރިޕޯޓް

ޑރ. މުއިއްޒު: އިންތިހާބުގެ ދެބުރުވެސް ކާމިޔާބުކޮށް ދެވަނަ ޖުމްހޫރިއްޔާގެ 7 ވަނަ ރައީސްކަމަށް

ރާއްޖޭގެ ސިޔާސީ މަޝްރަޙަށް ބަލާއިރު ރައްޔިތުންގެ އިތުބާރު ހޯދުމުގެ ޤާބިލުކަން ހުރީ ވަރަށް މަދު މީހެއްގެ ކިބައިގައެވެ. އެހެންނަމަވެސް ޅަފަތުގައި އޮތް ރައްޖޭގެ ސިޔާސީ މައިދާނުގައި ފައިތިލަ ސާބިތުކުރައްވާ ހަރުފަތަކަށް ފަހު ހަރުފަތެއް ކަޑައްތު ކުރައްވަމުންގޮސް މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވުމަށް ތައްޔާރުވެފައި އެވަނީ ތާރީހީ މޮޅަކާއެކުގައެވެ. ޑިމޮކްރެޓިކް އުސޫލުތަކުގެ މަތިން ރައްޔިތުންގެ ރުހުމާއެކު ރިޔާސީ އިންތިހާބުގެ ދެބުރުންވެސް ކުރި ހޯއްދަވައި ޑރ. މުހައްމަދު މުއިއްޒަކީ ރާއްޖޭގެ އިންތިހާބީ ރައީސެވެ. ރާއްޖޭގެ ސިޔާސީ ކުޅިބަޔަށް އައި ބޮޑު ބަދަލެކެވެ. އެންމެ ބޮޑު ސިޔާސީ ޕާޓީއާއި ވާދަކުރައްވާ ކުރި ހޯއްދެވިއިރު ސިޔާސީ މައިދާނުގައި ޙަރަކާތްތެރި ވެވަޑައިގަންނަވަން ފެއްޓެވިތާ އެންމެ 12 އަހަރެވެ. 

ޑރ. މުއިއްޒު ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތީ 2012 ވަނަ އަހަރު އުފެދުނު ރައީސް މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރުގައެވެ. ހައުސިން މިނިސްޓަރު ކަމުގެ މަގާމުން ޑރ. މުއިއްޒު ސިޔާސީ ހަރަކާތް ފެއްޓެވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ. ޑރ. މުއިއްޒުގެ މަސައްކަތް ފާހަގަކުރެވި، ޖެހިގެންއައި ރައީސް ޔާމީންގެ ވެރިކަމުގައިވެސް ހައުސިން މިނިސްޓަރު ކަމުގެ މަގާމް ޑރ. މުއިއްޒަށް ލިބިވަޑައިގަތެވެ. 

ރައީސް ޔާމީނުގެ ޒައާމަތުގައި އުމްރާނީގޮތުން ރާއްޖޭގައި ކުރިއަށްގެންދިޔަ ބޮޑެތި މަޝްރޫއުތަކުގެ މޭސްތިރިއަކީ ސީދާ ޑރ. މުއިއްޒެވެ. އެގޮތުން އެތައް ބަޔަކު ނުވާނެކަމަށް ބުނަމުންދިޔަ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތާއި، ހުޅުމާލޭގެ މާސްޓަރ ޕްލޭނާއެއްގޮތަށް ދެވަނަ ފިޔަވަހި ހިއްކަވާ އެތަނުގައި އޭރުގެ އެންމެ ބިޔަ ހައުސިންގ މަޝްރޫއު ފެއްޓެވުމާއި، ބިލިއަން ޑޮލަރުގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތަކީ ފާހަގަކޮށްލެވޭ ބޮޑެތި މަޝްރޫއުތަކެވެ. 

މާލެއަށް އެކަނި ބެލިނަމަވެސް ޑރ. މުއިއްޒުގެ ޚިދުމަތުގެ ކުލަތަށް މިއަދުވެސް ދަނީ ފެންނަމުންނެވެ. އެގޮތުން ކުށުގެ ވެއްޓަކަށް ބަދަލުވަމުންދިޔަ ސަލްޓަންޕާކު ޒަމާނާއެއްގޮތަށް ތަރައްގީކުރައްވާ އެތަނަކީ ކުޑަކުދިން ޝައުގުވެރިވާ ތަނަކަށް ހައްދަވާ ތަނުގެ މޮނީޓަރިން ވަރުގަދަކުރެއްވިއެވެ. ހަމައެއާއެކު މާލޭ ރައްޔިތުން ދިރިއުޅެމުންދިޔަ ނުތަނަވަސް ދިރިއުޅުމުން ނުކުމެލާނެ އެކި ސަރަހައްދުތައް މައިޒާންތަކުގެ ގޮތުގައި ތަރައްގީކޮށްދެއްވިއެވެ. އެއްވެސް ބަޔަކު ނޭރޭނެކަމަށް ބުނަމުންދިޔަ ސަރަހައްދު ސާފުކޮށް ބޭރު ޕެވީލިއަންއާއެކު ރަސްފަންނު ތަރައްގީކުރެއްވިއެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ފިނި މައިޒާންތަކަކީވެސް ހަމަ އޭގެ މިސާލުތަކެވެ. ހަމައެއާއެކު ބިން ހިއްކަވާ، ތަރައްގީކުރެއްވި އިންޑަސްޓްރިއަލް ވިލެޖާއި، ކިންގް ސަލްމާން މިސްކިތަކީ ޑރ. މުއިއްޒުގެ ބެލުމުގެ ދަށުން ކުރިއަށްގެންދެވި ޕްރޮޖެކްޓުތަކެވެ. 

ޑރ. މުއިއްޒާއެކު ކައިރިން މަސައްކަތްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންވެސް ފާހަގަކުރައްވާ ކަންތައްތަކެއް އެބަހުއްޓެވެ. ޑރ. މުއިއްޒަކީ ވަރަށް މަޑުމައިތިރި އަދި ބަސް މަދު ބޭފުޅެއްކަމެވެ. އަދި ކަންކަމުގައި އަވަސް އަރުވާލައިގެން ކަންކުރައްވާ ބޭފުޅެއް ނޫންކަމެވެ. ސިޔާސީގޮތުން ވަރަށް ހަލަބޮލިކޮށް އަމިއްލައަށް ނިސްބަތްވެވަޑައިގަންނަވާ ޕާޓީތެރެއިން ކަންތައް ވަމުންދިޔައިރުވެސް ޑރ. މުއިއްޒު ހިޔާރުކުރެއްވީ ސުލްހަވެރިކަމާއި ނަފްސުގެ ދިފާއުގައި ރައްދު ދެއްވުމަކީ އެއްގޮތަކަށްވެސް ކުރައްވާކަމެއް ނޫންކަމެވެ. މިކަން ވަރަށް ރަނގަޅަށް މިފަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ފެނިގެން ދިޔައެވެ. ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި، ރާއްޖޭގައި އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ 44 އިންސައްތަ މީހުން ތިބިއިރު އޭގެތެރެއިން ގިނަ ބައެއްގެ ވޯޓު ޑރ. މުއިއްޒަށް ލިބުމުގައި ޒާތީގޮތުން އިދިކޮޅުން ޖެހި އެއްވެސް މަޅިއަކަށް ޖެހިވަޑައިނުގެން ހިޔާރުކުރެއްވި މަޑުމަތިރިކަން މުހިއްމު ދައުރެއްވަނީ އަދާކޮށްފައެވެ. 

ޑރ. މުއިއްޒަކީ ދީނީ ކަންކަމަށް އަބަދުވެސް ފަރުވާތެރިކަން ބަހައްޓަވާ ލީޑަރެއްކަން މުއިއްޒުގެ އަރިހުގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންވެސް ފާހަގަކުރައްވައެވެ. އެންމެ ބުރަކޮށް އުޅުއްވަމުންވެސް ނަމާދަށް ގަޑިއަށް ދިޔުމާއި ގިނަ ބަޔަކަށް އެންމެ ދަތިވާ ފަތިސްނަމާދަށްވެސް މިސްކިތަށް ވަޑައިގަތުމަކީ ޑރ. މުއިއްޒުގެ ރޫޓިންގެ މުހިއްމު ބައެކެވެ. ވެރިކަމަށް އައުމަށް ރާއްޖޭގެ އެތައް ރަށަކަށް ވަޑައިގެން އެތައް ސަތޭކަ ފަހަރު ޕޯޑިއަމްތަކުގައިވެސް ތަކުރާރުކުރެއްވީ ގައުމު އިސްކުރުމުގެ ފިކުރެވެ. އަދަބު އަހްލާގު ދަރިންގެ ކިބައިގައި އަށަގެންނެވުމުގެ ވާހަކައެވެ. މިހުރިހާކަމެއް މިގޮތަށް ހުރުމުގެ ނަތީޖާއަކަށްވީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 7 ވަނަ ރައީސްކަމަށް ޑރ. މުއިއްޒު ގެނައުމަށް ދިވެހިން ނިންމުމެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.