Advertisement

ފޮޓޯ: ނޫން ގްރެފިކްސް ޓީމް

22 Aug 2023
ރިޕޯޓް

ޑރ. މުއިއްޒުގެ ހާރިޖީ ސިޔާސަތުގައި ހުރީ ކިހާވަރެއްގެ ބަރުދަނެއް ބާއެވެ؟

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ އާދީއްތަ ދުވަހުގެރޭ އެބޭފުޅާގެ ހާރިޖީ ސިޔާސަތު ހާމަކުރައްވާފައެވެ. މި ސިޔާސަތު ހާމަކުރައްވާފައިވަނީ ހުޅުމާލެ ފޭސް2 ގައި ބޭއްވި ޖަލްސާއެއްގައެވެ.

މި ޖަލްސާގައި ޑރ. މުއިއްޒު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ޑރ. މުއިއްޒު ވިދާޅުވީ، މި ސަރުކާރުގައި ދިވެހިން އަމިއްލައަށް ދިވެހިންގެ ކަންކަން ނިންމުގެ ބާރެއް ނެތް ކަމަށާއި، ރާއްޖެ އޮތީ އެހެން ގައުމަކަށް އަޅުވެތިވެފައިކަމަށެވެ. 

'ދިވެހީންގެ ރާއްޖެ'ގެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު ރިޔާސީ ރޭހަށް ނުކުމެވަޑައިގެން ހުންނެވި ޑރ. މުއިއްޒު ވިދާޅުވީ، ޔާމީން އެ ޝިއާރު މި އިންތިހާބަށް ކަނޑައެޅުއްވީ ރާއްޖޭގެ މިނިވަންކަން ގޮސްފައި އޮތް ހިސާބުން ކަމަށެވެ. އަދި 'ދިވެހީންގެ ރާއްޖެ ދިވެހީންނަށް' ހޯދައިދޭން މި ޖެހެނީ، މި ސަރުކާރުން އެއް ގައުމަކަށް ބަރޯސާވެ ހުސްވެފައިވާ ސިޔާސަތެއް ގެންގުޅޭތީ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. ޑރ. މުއިއްޒު މި ވިދާޅުވާ ރާއްޖޭގެ މިނިވަންކަން ގެއްލުމަކީ ކޮބައިބާއެވެ؟

ޑރ. މުއިއްޒު މިހެން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ އަވަށްޓެރި ގިނަ ޤައުމުތައް ހިމެނޭހެން، ޤައުމުތަކަކާއި އަދި ބައިނަލްއަޤްވާމީ ޖަމާއަތްތަކާއި އޮތް ގުޅުން ކަނޑާލާ ހަމައެކަނި ޗައިނާއަށް ބަރޯސާވެފައެވެ. އެގޮތުން ޤަތަރު، އިންޑިއާ، އަދި ކޮމަންވެލްތް ފަދަ ރާއްޖެއިން މީގެކުރިން ވަރުގަދަ ގުޅުމެއް ބާއްވަމުން އައި އެތަކެއް ތަނަކާއި ވަނީ ގުޅުން ކަނޑާލާފައެވެ. މީގެ ސަބަބުން ރާއްޖެއަށް އިޤްތިސާދީގޮތުންނާއި އިޖްތިމާއިގޮތުންވެސް އޭރު އެތަކެއް ދަތިތަކަކާއި ކުރިމަތިލާން ޖެހުނެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއްކަމަކީ، ރާއްޖެއާއި ޤަތަރާއި އޮތް ސިޔާސީ ގުޅުން ކަނޑާލުމުން، ޤަތަރު އެއަރވޭސް ރާއްޖެއަށް އައުން ހުއްޓާލުމެވެ. ޤަތަރުގެ ދޯހާއަކީ ޔޫރަޕުން ރާއްޖެއަށް އަންނަ ގިނަ އަދަދެއްގެ ފަތުރުވެރިން ބޭނުންކުރާ މައި އެއް ޓްރާންސިޓް ހަބު ކަމަށްވުމުން، ދެ ގައުމުގެ ގުޅުމަށް މިއައި ހީނަރުކަމާއެކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެކަމުގެ ނޭދެވޭ އަސަރުކުރިއެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ވަނީ މިގޮތަށް ހީނަރުވެފައިވާ އެތަކެއް ގުޅުންތަކެއް އަލުން އަނބުރާ އިއާދަކޮށްފައެވެ. ރާއްޖޭގެއަކީ ކުޑަ ގައުމަކަށް ވުމަކީ އަވަށްޓެރި އެހެން ޤައުމުތަކާއި ބީރަށްޓެހިވެގެން އުޅެވޭނެ ސަބަބެއް ނޫންކަން ރައީސް އިބޫއަށް ވިސްނުނެވެ. 

ކޮމަންވެލްތާއި އަލުން ގުޅުމަށް ރަސްމީކޮށް ދިވެހި ސަރުކާރުން މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކުރައްވަން ނިންމެވި މުހިއްމުކަމެކެވެމި ނިންމުމާއެކު ފުރިހަމަކުރައްވަން ދިވެހި ސަރުކާރަށް ޖެހިވަޑައިގަތް ހުރިހާކަމެއް ފުރިހަމަކުރެއްވުމަށްފަހު އަލުން  އެޖަމާއަތުގެ މެމްބަރު ޤައުމަކަށް ރާއްޖެވެގެންދިޔައީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގައެވެ

ކޮމަންވެލްތަކީ އިނގިރޭސި ރަސްކަމުގެ ނިޒާމުގެ ދަށުން މެމްބަރު ޤައުމުތަކުގައި ޑިމޮކްރަސީގެ އަސާސްތައް ޤާއިމުކުރުމަށް ބާރުއެޅުމާއި ހަމަޖެހުމާއި އަމާންކަން ކަށަވަރުކުރުމަށް ބާރުއަޅާ ޖަމާއަތެކެވެދުނިޔޭގެ 56 ޤައުމަކުން 2.5 ބިލިއަނަށްވުރެ ގިނަ މީހުންނަކީ  ކޮމަންވެލްތުގެ ރައްޔިތުންނެވެ. ކޮމަންވެލްތުގެ މެންބަރު ގައުމަކަށް އަލުން ރާއްޖެ ވުމަކީ އިޤްތިސާދީގޮތުންނާއި އަދި އެނޫންވެސް ގޮތްގޮތުން ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދިޔަ ކަމެކެވެ. 

ރާއްޖެއިން ކޮމަންވެލްތުގެ ޤައުމަކަށް ވުމާއެކު ރާއްޖެއިން ކޮމަންވެލްތުގެ މެމްބަރު ޤައުމުތަކުގައި ޤާއިމުކޮށްފައިވާ އެމްބަސީތައްވަނީ ހައިކޮމިޝަންތަކަށް ބަދަލުވެފައެވެމިއާއެކު ކޮމަންވެލްތު ޤައުމުތަކުގެ އެހީތެރިކަން ރާއްޖެއަށް ލިބުމުގެ މަގު ފަހިވެގެންދެއެވެއަދި މެމްބަރު  ޤައުމުތަކަށް ދަތުރުފަތުރުކުރުމާއި ވިޔަފާރީގެ ގުޅުން ފުޅާކުރުމުގައިވެސް ކޮމަންވެލްތުން މުހިއްމު ދައުރެއް އަދާކުރެއެވެ

އެހެންކަމުން ޑރ. މުއިއްޒުގެ ހާރިޖީ ސިޔާސަތާމެދު ހިތުގައި ޝައްކު އެުފެދޭ ނޫންތޯއެވެ؟ ޑރ. މުއިއްޒު މިއަހަރުގެ ރިޔާސީ އިންތިހާބަށް ނިކުމެފައިވަނީ ކުރީގެ ރައީސް ޔާމީންގެ ފަހަތްފުޅުންކަމަށް ބުނާއިރު، ޑރ. މުއިއްޒުއަށް ވެރިކަން ލިބިއްޖެނަމަ އަނެއްކާވެސް ބޭރު ދުނިޔެއާއި ރާއްޖެއާއި ދެމެދު ބަދަހިވެފައި މިއޮތް ގުޅުންތައް ހީނަރުވެދާނެއެކޭ ހިތަކަށް ނާރާހެއްޔެވެ؟

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.