Advertisement

ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުން ---

17 Dec 2023
ރިޕޯޓް
ޢަލީ ސުލައިމާން

މަޖިލީހުން ރުހުން ނުލިބޭނެ ކަމަށް ބެލެވެނީ ކޮން މިނިސްޓަރުންނަކަށް؟

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ އެންމެ ފަހު ޖަލްސާ މާދަމާ ބޭއްވުމަށް ނިންމައި ޖަލްސާގެ އެޖެންޑާ އިޢުލާނުކޮށްފައި ވާއިރު، މަޖިލީހުގައި މާދަމާ މުހިއްމު ދެކަމަކަށް ވޯޓަށް އަހާނެއެވެ. އޭގެ ތެރެއިން އެއްކަަމަކީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ހ)ގެ ދަށުން، ވަޒީރުންގެ މަޖިލީހަށް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވާ 22 ވަޒީރުންނަށް ރުހުން ދިނުމަށް ނަގާ ވޯޓެވެ. ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުން ދިނުމުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމައި ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ.

މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންގެ މަޖިލީހުގައި ހިމެނޭ މެމްބަރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ވޯޓަށް އަހާނީ ވަކިވަކިންނެވެ. މިގޮތުން ކޮންމެ ވަޒީރަކަށް ވަކިވަކިން 22 ވަޒީރުންނަށް ވޯޓަށް އަހާނީ މަޖިލީހުގެ ވޯޓުގަޑީގައެވެ. ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އަހާގަޑިއަކީ މެންދުރު ފަހު 1:30 އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތީ އިދިކޮޅަށެވެ. ސަރުކާރު ކޯލިޝަން ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ ދެ މެމްބަރުންނެވެ. އަދި، ސަރުކާރަށް ތާއީދުކުރާކަން ހާމަކޮށްފައިވާ އެމްޑީއޭގެ ދެ މެމްބަރުންނާއި އެކު މުޅި މަޖިލީހުގައި ސަރުކާރަށް ޔަޤީންކަމާއި އެކު ލިބެން އޮތީ އެންމެ 4 ވޯޓެވެ.

މާދަމާ ރައްޔިތުންގެ މަޖިލީހުގެ ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރުހުން ނުދޭނެކަމުގެ އަޑުތައް ފެތުރިފައިވީނަމަވެސް އެމްޑީޕީގެ މަޖިލިސް މެމްބަރަކު ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރަކަށް ރުހުން ނުދިނުމަށް އެމްޑީޕީން ނިންމާފައި ނުވާކަމަށެވެ. އެހެން ނަމަވެސް އެކަން ހާމަވެގެންދާނީ، ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހަން ފެށުމުންނެވެ.

ވަޒީރުންގެ މަޖިލީހުގައި ހިމެނޭ މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުންނަށް މާދަމާ މަޖިލީހުން ރުހުން ނުދޭނެ ކަމަށް ބެލެވިފައިވެއެވެ. ރުހުން ނުދޭނެކަމަށް ބެލެވޭ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަކީ:

01 - މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހިމް ފައިޞަލް

02 - މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަލީ އަޙްމަދު ހައިދަރް

03 - މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު

04 - މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު

05 - މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން

06 - މިނިސްޓަރ އޮފް ފިނޭންސް ޑޮކްޓަރ މުޙައްމަދު ޢަލީ ޝަފީޤު

ވަޒީރުންނަށް މާދަމާ ރުހުން ދިނުމަށް މަޖިލީހުގައި ވޯޓަށް އަހާއިރު، ރުހުން ނުލިބޭ ވަޒީރުން ވަޒީރުންގެ މަޖިލީހުން ވަކިވެގެންދާނެއެެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލިހަށް ޢައްޔަނުކުރެއްވި ބޭފުޅުންގެ ތެރެއިން، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑޮކްޓަރ އައިޝަތު ރަމީލާ ހުންނެވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގައެވެ. އެކަމަނާއަށް ރުހުން ދިނުމާއި ގުޅޭގޮތުންވެސް ރައްޔިތުންގެ މަޖިލީހުގައި މާދަމާ ވޯޓަށް އަހާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.