Advertisement

06 Mar 2024
ފުންކޮށް
ޢަލީ ސުލައިމާން

މާލޭގެ ޓްރެފިކް މައްސަލަ

މާލޭގައި އެއްގަމު އުޅަނދު ފަހަރު ގިނަވަމުން އައި މިންވަރަށް ޕާކު ކުރާނެ ޖާގަ ނެތުމުގެ ސަބަބުން ނުކުންނަމުން އައި މައްސަލަތަކަކީ އެތައް އަހަރެއްވީ މައްސަލަތަކެއް. ޤަވާއިދާއި ޚިލާފަށް ޕާކުކުރުން ހުއްޓުވުމަށް ކަމަށްބުނެ ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހަން ފެށުން ފިޔަވައި އެކަން ހައްލު ކުރުމަށް ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައެއް ނެތް. އަދި ދައުލަތަށް އާމްދަނީ ހޯދުމުގެ އެއްވަސީލަތަކަށް ޕާކިން ސްޓިކާ ޖެހުން ހަދާފައިވާ ކަމުގައި ރައްޔިތުން ތުހުމަތު ކުރޭ. އެއީ ފިނޭންސް މިނިސްޓްރީން ބަޖެޓު ހަދާއިރު ކޮންމެ އަހަރަކުވެސް ޓްރެފިކް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް އެތައް މިލިޔަން ރުފިޔާއެއް ލިބޭނެ ކަމަށް ހިމަނާފައި އޮވޭ.  އޭގެ އިތުރުން އެކަން ވެގެން ގޮސްފައި އޮތީ ސިޔާސީ ގޮތުން ތާއީދު ހޯދުމަށް ބޭނުންކުރާ ހަތިޔާރަކަށް. ކޮންމެ ރިޔާސީ އިންތިޚާބެއް ކައިރިވުމާއިއެކު، އެއިރެއްގެ ސަރުކާރުން ޕާކިން ޖޫރިމަނާތައް މަޢާފްކުރޭ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރުން 7.8 މިލިޔަން ރުފިޔާ މަޢާފްކުރި. އަދި ރައީސް ޞާލިހްގެ ސަރުކާރުން އެއްވުރެ ގިނަ އަދަދެއްގެ ފައިސާ މަޢާފްކޮށްދިން އިރު، މިސަރުކާރުންވެސް ޕާކިން ޖޫރިމަނާއިން 2.8 މިލިއަން ރުފިޔާ ވަނީ މަޢާފްކޮށްދީފައި.

ފުލުހުންބައެއް މީޑިއާތަކަށް ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކުގައި ވާގޮތުން ޓްރެފިކް ޖޫރިމަނާކުރަން ފެށިފަހުން، ޖޫރިމަނާކޮށް އެކަމަކު ދައުލަތަށް ނުލިބުނު ފައިސާގެ އަދަދު 200 މިލިއަނާއި ގާތްކުރޭ.

މިސަރުކާރު ފެށުނު ފަހުން މިވީ ތިންމަސްދުވަހުގެ ތެރޭގައި މާލޭގެ ޕާކުކުރުމުގެ މައްސަލަ މުޅިން ބޮއްސުންލައިގެން ގޮސް އެކަން ވަނީ އާއްމު އުނދަގުލަކަށް ވެފައި. ހިނގާމީހުންނަށް ހިނގޭކަށްނެތް. ދުއްވާ މީހުންނަށް ދުއްވޭކަށް ނެތް. ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް މަގުތައް ބޭނުންކުރަން އިންތިހާއަށް އުނދަގޫވެއްޖެ.

އާއްމުންގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށް މިހަފްތާގައި ފުލުހުން ވަނީ، ޕާކިން މައްސަލަ ހައްލުކުރުމުގެ ގޮތުން ބައެއް ފިޔަވަޅުތައް އެޅުމަށް ނިންމާފައި.

އެގޮތުން މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އުޅަނދުތައް ޓޯކުރުމާއި ޖޫރިމަނާ ކުރުމަށް ވަނީ ހަމަޖައްސާފައި. އެހެން ނަމަވެސް އަދިވެސް ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅު ދެމި އޮންނަ ގޮތަށް ފުލުހުން ޓްރެފިކް ވަޔަލޭޝަން ސްޓިކާއެއް ނުޖަހާނެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.