Advertisement

03 Jul 2024
ޔޫއެފާ ޔޫރޯ
މިފްތާޙް މުޙައްމަދު

ޔޫރޯގެ ކުއާޓާ ފައިނަލުގައި ކުރީގެ ގިނަ ހަނދާންތަކެއް

ޔޫރަޕިއަން ޗެމްޕިއަންޝިޕް 2024 ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތަކުގައި ބައްދަލުކުރާ ޓީމުތައް މިހާރު ކަނޑައެޅިފައިވާއިރު، މި ފަހަރުގެ ކުއާޓާ ފައިނަލުން، ޔޫރޯ 2008 އާއި ޔޫރޯ 2016 ގެ އިތުރުން، ވޯލްޑް ކަޕްގެ ގިނަ ހަނދާންތަކެއް ވެސް ގެނުވާނެއެވެ. އަދި މި ހަނދާންތަކާ ގުޅިފައިވާ މެޗުތަކަކީ އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓޭނެ މެޗުތަކަށް ވެގެން ދާނެ މެޗުތަކަކަށް ވާނެކަން ވެސް ޔަގީނެވެ.

ސްޕެއިން އާއި ޖަރުމަނު ބައްދަލުކުރާ މެޗު

ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ރޭ 9 ޖަހާއިރު ސްޕެއިން އާއި ޖަރުމަނު ބައްދަލުކުރާ އިރު، 2008 ވަނަ އަހަރު ބޭއްވި ޔޫރޯގެ ފައިނަލުގައި ވެސް ބައްދަލުކޮށްފައިވަނީ މި ދެ ޓީމެވެ. އޮސްޓްރިއާ އާއި ސްވިޒަލޭންޑުގައި ބޭއްވި އެ މުބާރާތުގެ ފައިނަލުގައި ސްޕެއިން ވަނީ 1-0 އިން ޖަރުމަނު ބަލިކޮށް މުބާރާތް ކާމިޔާބުކޮށްފައެވެ. އޮސްޓްރިއާގެ ވިއެނާގައި ކުޅުނު އެ މެޗުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދީފައިވަނީ ފެނާންޑޯ ޓްރޭސްއެވެ.

އޭގެ ފަހުން ކޮމްޕެޓެޓިވް މުބާރާތެއްގެ ނޮކްއައުޓް މެޗެއްގައި މި ދެ ޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2010 ވަނަ އަހަރު ސައުތު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައެވެ. އެ މެޗު ވެސް 1-0 އިން ކާމިޔާބުކުރީ ސްޕެއިންނެވެ. އެ މެޗު ބަދަލުކޮށްލި ގޯލު ކާމިޔާބުކޮށްފައިވަނީ ސްޕެއިންގެ ސެންޓަރ-ބެކް، ކާލޮސް ޕުޔޯލްއެވެ. އެއީ އޭނާ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 3 ގޯލުގެ ތެރެއިން އެންމެ ފަހުން ކާމިޔާބުކޮށްފައިވާ ގޯލު ވެސް މެއެވެ.

ހުކުރު ދުވަހުގެ މެޗަށް މި ދެ ޓީމުން ނިކުންނަ އިރު، މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވަނީ ސްޕެއިންއެވެ. ޖަރުމަނު އެއްވެސް މެޗަކުން ބަލިވެފައި ނުވިނަމަވެސް، ގްރޫޕް ސްޓޭޖުގައި ސްވިޒަލޭންޑާއި ބައްދަލުކުރި މެޗު ފިޔަވާ އެހެން ހުރިހާ މެޗެއް އެމީހުން ވަނީ ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް، މި ދެ ޓީމަކީ ވެސް މުބާރާތް ކާމިޔާބު ކުރެވޭނެ ފެންވަރު ހުރި ދެ ޓީމުކަން މިހާތަނަށް އެ ޓީމުތައް ކުޅުނު މެޗުތަކުން ވަނީ ސާބިތުކޮށްދީފައެވެ.

މީގެ އިތުރުން، ޖެހިޖެހިގެން ބޮޑު ތިން ތަށި (ޔޫރޯ 2008، ވޯލްޑް ކަޕް 2010 އަދި ޔޫރޯ 2012) އުފުލާލި ސްޕެއިންގެ ގޯލްޑަން ޖެނެރޭޝަނަށްފަހު، އަނެއްކާ ވެސް އެ ފަދަ ހުނަރުވެރި ޓީމެއް ސްޕެއިންގައި މި ވަގުތު އޮތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު، މިއީ ޖަރުމަނުން ޖެހިލުންވާނެކަމެކެވެ.

އަނެއްކޮޅުން އަމިއްލަ ގައުމުގައި ކުޅޭ ޖަރުމަނު ޓީމަށް އޮތް އިތުރު ހިތްވަރަކީ 12 ވަނަ ކުޅުންތެރިޔާއެވެ.

ފްރާންސް އާއި ޕޯޗުގަލް ބައްދަލުކުރާ މެޗު

ޕޯޗުގަލް މި މުބާރާތުގައި އުފުލާލި ހަމައެކަނި ތައްޓަކީ ފްރާންސް ބަލިކުރުމަށްފަހު 2016 ވަނަ އަހަރު އުފުލާލި ތައްޓެވެ. އެ ފަހަރުގެ މުބާރާތް ފްރާންސްގައި ބާއްވާފައިވާއިރު، އެމީހުންގެ ސަޕޯޓަރުންގެ ކުރިމަތީގައި އެ ތަށި އުފުލާލުމަކީ ޕޯޗުގަލްގެ ކާމިޔާބީ އިތުރަށް ފުރިހަމަވެގެން ދިޔަ އަނެއް ސަބަބެވެ.

ވޯލްޑް ކަޕާއި ޔޫރޯގެ ނޮކްއައުޓް މެޗުތަކުގައި މި ދެ ޓީމުގެ ކުރިމަތިލުންތަކެއް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ޔޫރޯ 2000 ގެ ސެމީ ފައިނަލުގައި، ލުއިސް ފީގޯ އާއި ޒިނެދީން ޒިދާންގެ ރަން ދުވަސްވަރު މި ދެ ޓީމު ކުރިމަތިލާފައިވާއިރު، އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން އެއްވަރުވެގެނެވެ. އަދި ފްރާންސުން މި މެޗު ކާމިޔާބުކުރީ ޒިދާނުގެ ގޯލްޑަން ގޯލަކުން، 2-1 އިންނެވެ. އެއީ ޕެނަލްޓީ އޭރިޔާ ތެރެއިން ޕޯޗުގަލްގެ ކުޅުންތެރިއެއްގެ އަތުގައި ޖެހިގެން ލިބުނު ޕެނަލްޓީއަކުން ޒިދާން ކާމިޔާބުކުރި ގޯލެކެވެ.

ދެން މި ދެ ޓީމު ކުރިމަތިލާފައިވަނީ 2006 ވަނަ އަހަރު ޖަރުމަނުގައި އޮތް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައެވެ. އެ މެޗު ވެސް ކާމިޔާބު ކުރީ ފްރާންސެވެ. އެ ފަހަރު ވެސް ނަތީޖާ ބަދަލުކުރީ ޒިދާން ކާމިޔާބުކުރި ޕެނަލްޓީއަކުންނެވެ.

އަދި އޭގެ 10 އަހަރު ފަހުން 2016 ވަނަ އަހަރު ޕޯޗުގަލްއިންވަނީ ފްރާންސް 1-0 ބަލިކޮށް، ޔޫރޯ ކާމިޔާބުކޮށްފައެވެ. ނަމަވެސް ޕޯޗުގަލް އިން މެޗު ކާމިޔާބުކުރީ ޕެނަލްޓީއަކުން ނޫނެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 0-0 އިން އެއްވަރުވެފައިވުމުން، މެޗުގެ ނަތީޖާ ނެރެފައި އިތުރު ވަގުތުގެ 106 ވަނަ މިނެޓުގައި އެޑާރ ކާމިޔާބުކުރި ގޯލުންނެވެ.

ޔޫރޯ 2016 ގެ ފައިނަލުގައި ޕޯޗުގަލްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެން ނިކުތް ނަމަވެސް، ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ މެޗުގެ 25 ވަނަ މިނެޓުގައި ބަދަލުކޮށްފައެވެ. އެހެންކަމުން މެޗުގެ ބޮޑު ބައެއް ޕޯޗުގަލްއިން ކުޅެފައިވަނީ ރޮނާލްޑޯއާ ނުލައެވެ.

މި ފަހަރުގެ ޔޫރޯއަށް ބަލާލާއިރު، ގްރޫޕް ސްޓޭޖުގައި ފްރާންސްވަނީ ނެދަލޭންޑްސް އަދި ޕޮލަންޑާ ބައްދަލުކުރި މެޗުން އެއްވަރުވެފައެވެ. އަދި ގްރޫޕް ސްޓޭޖުގައި އޮސްޓްރިއާ އާއި ބައްދަލުކުރި މެޗާއި ގަދަ-16 ގައި ބެލްޖިއަމް އާއި ބައްދަލުކުރި މެޗު އެ ޓީމަށް ކާމިޔާބު ކުރެވުނީ 1-0 އިންނެވެ.

ޕޯޗުގަލް ވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައކ ޖޯޖިއާ އަތުން 2-0 އިން ބަލިވެފައެވެ. ނަމަވެސް ދެން ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗު  ކާމިޔާބުކުރިއެވެ. އެގޮތުން ޗެކް ރިޕަބްލިކް 2-1 އިން ބަލިކުރި އިރު، ތުރުކީ ބަލިކޮށްފައިވަނީ 3-0 އިންނެވެ. އަދި ގަދަ-16 ގައި ސްލޮވީނިއާ ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ސްލޮވީނިއާއިން ފުރަތަނަ ޖެހި 3 ޕެނަލްޓީ ވެސް ވަނީ ޕޯޗުގަލްގެ ކީޕަރު ޑިއޮގޯ ކޯސްޓާ މަތަކޮށްފައެވެ.

ތާރީހީ ގިނަ ކުރިމަތިލުންތަކެއްގައި މި ޓީމުތައް ފެނިފައިވާއިރު، މި ދެ މެޗުން މި ފަހަރު ތާރީހަށް ދޫކޮށްލާނީ ކޮން ކަންތައްތަކެއް ބާއެވެ؟ 

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.