ޔޫރޯގައި އަލަށް ހުރިހާ ޓީމަކަށް އެއްވަރަށް ޕޮއިންޓު ލިބިގެން ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމިއްޖެ
ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މުޅިން އަލަށް ހުރިހާ ޓީމަކަށް އެއްވަރަށް ޕޮއިންޓު ލިބިގެން އެއް ގްރޫޕެއްގެ މެޗުތައް ނިމިއްޖެއެވެ. ގްރޫޕް އީ ގައި ހިމެނޭ ރުމޭނިއާ، ބެލްޖިއަމް، ސްލޮވެކިއާ އަދި ޔުކްރެއިންއަށް ލިބިފައިވަނީ ޖުމްލަ 4 ޕޮއިންޓެވެ. މި ގްރޫޕްގެ ހުރިހާ ޓީމެއް ވެސް ވަނީ އެއް މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ އަދި އެއް މެޗުން ބަލިވެފައެވެ.