Advertisement

21 Jun 2024
ޔޫރޯ 2024

ކެލެފިއޯރީ އަތުން ބައިކޮޅަށް ވަތް ގޯލާއެކު ސްޕެއިނުން ގްރޫޕްގެ އެއްވަނަ ޔަގީންކޮށްފި

ގްރޫޕް ސްޓޭޖުގެ އެއް މެޗު ބާކީ އޮއްވައި ސްޕެއިން އިން ގްރޫޕް-ބީ ގެ އެއްވަނަ ޔަގީންކޮށް، ގަދަ-16 އިން ޖާގަ ހޯދައިފިއެވެ. މި މެޗުގައި ހަމައެކަނި ފެނިގެން ދިޔަ ގޯލަކީ އިޓަލީގެ އުއްމީދީ ޑިފެންޑަރ، ރިކާޑޯ ކެލެފިއޯރީ ގައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ.

ސްޕެއިން އިން މި މެޗުގެ ފުރަތަމަ އެގާރާގައި އައިމެރިކް ލަޕޯޓޭ ބޭނުން ކުރުން ފިޔަވައި އިތުރު ބަދަލެއް އިޓަލީ ޓީމުން ވެސް ނުގެނެއެވެ. އަދި ފުރަތަމަ މެޗެކޭ އެއްގޮތަށް އިޓަލީ ކޮޅަށް މެޗުގެ ކުރީކޮޅު ގޯލެއް ނުވަދެ ސަލާމަތްވީ ހަމަކިރިޔާއެވެ. ނިކޯ ވިލިއަމްސް ތަނަވަސްކޮށްދިން ފުރުސަތަކުން ޕެޑްރީ ބޮލުން ގޯލަށް ފޮނުވާލި އިރު، އިޓަލީގެ ކީޕަރު ޑޮނަރުއްމާއަށް މި ހަމަލާ ދިފާއު ކުރެވުނީ އުދުހިފައި ކަހަލަ ގޮތަކަށް ގޮސް އިނގިލި ކުރިން ޖައްސާ ބޯޅަ ބޭރަށް ބުރުވާލުމަށްފަހުއެވެ.

މީގެ އިތުރުން މެޗުގެ 10 ވަނަ މިނެޓުގައި ވިލިއަމްސް ގޯލު ކުރިމަތިން ފޮނުވާލި ބޯޅައާއި، އޭގެ ފަހުން އަލްވާރޯ މޮރާޓާ ފޮނުވާލި ހަމަލާތަކުން އިޓަލީ ސަލާމަތްކޮށްދިނީ ޑޮނަރުއްމާއެވެ.

ފުރަތަމަ ހާފުގައި ސްޕެއިންގެ ޕެނަލްޓީ އޭރިޔާއާ ހިސާބަށް ބޯޅަ ގެންދިއުން ވެފައި އޮތީ އިޓަލީއަށް އުނދަގޫ ކަމަކަށެވެ. ނަމަވެސް ސްޕެއިންގެ ހަމަލާތަކުން ރައްކާތެރިވުމަށް ދެވަނަ ހާފުގައި އިޓަލީއިން ގެނައި ބަދަލުތަކުގެ ފައިދާވަނީ އެ ޓީމަށްކޮށްފައެވެ.

ސްޕެއިންގެ ގޯލު ފެނިގެން ދިޔަ ހަމަލާގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ ވިލިއަމްސްއެވެ. އޭނާ ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ މޮރާޓާ ގޯލަށް ފޮނުވާލުމުން އެ ހަމަލާ ދިފާއު ކުރުމަށް ޑޮނަރުއްމާ ކުރި މަސައްކަތުން ފޯރާފައިވަނީ އޭނާގެ އިނގިލި ކުރިއެވެ. އެ ބޯޅަ ގޮސް ގޯލަށް ވަނީ ކެލެފިއޯރީގެ ގައިގައި ޖެހުމަށްފަހުއެވެ.

މި ނަތީޖާއާއެކު، އިޓަލީ އާއި ސްޕެއިން އެންމެ ފަހުން ބައްދަލުކުރި 6 މެޗުގެ ތެރެއިން ޖެހިޖެހިގެން 3 މެޗު ސްޕެއިން މިވަނީ ކާމިޔާބުކޮށްފައެވެ. މީގެ އިތުރު އެއް މެޗުން ސްޕެއިން މޮޅުވެފައިވާއިރު، އަނެއް ދެމެޗު ވަނީ އެއްވަރުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.