Advertisement

26 Jun 2024
ޔޫރޯ 2024
މިފްތާޙް މުޙައްމަދު

އިންގްލެންޑްގެ ކޭމްޕް ދޫކޮށް ފޮޑެން ޔޫކޭއަށް ގޮސްފި

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދާފައިވާ އިނގްލެންޑް ޓީމުގެ ޒުވާން މިޑްފިލްޑާ، ފިލް ފޮޑެން، އިންގްލެންޑްގެ ކޭމްޕު ދޫކޮށް އިނގިރޭސިވިލާތަށް ގޮސްފިއެވެ.

އިނގިރޭސި ފުޓުބޯޅަ ފެޑެރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ފޮޑެން ޔޫކޭއަށް ދިޔައީ އާއިލީ ކަމަކާ ގުޅިގެންކަމަށެވެ.

ބީބީސީއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އޭނާ ޔޫކޭއަށް ދިޔައީ، އޭނާގެ ތިންވަނަ ދަރިފުޅު އުފަންވުމާ ގުޅިގެންނެވެ. ނަމަވެސް، އާދީއްތަ ދުވަހުގެ ކުރިން އޭނާ އަލުން އަނބުރާ ޓީމާ ގުޅޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ފޮޑެން އާއި އޭނާގެ ޕާޓްނަރ ރެބޭކާ ކޫކް، އެމީހުންގެ ތިން ވަނަ ދަރިފުޅުގެ ވާހަކަ އިއުލާންކޮށްފައިވަނީ މިދިޔަ އެޕްރީލް މަހުއެވެ.

އެދެމީހުންގެ މިހާރު ތިބެނީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ. ފިރިހެން ދަރިފުޅު ރޮނީގެ އުމުރަކީ 5 އަހަރެވެ. އަދި އަންހެން ދަރިފުޅުގެ އުމުރަކީ ދެ އަހަރެވެ.

ފޮޑެން ވަނީ މިހާތަނަށް އިނގިރޭސި ގައުމީ ޓީމަށް 37 މެޗު ކުޅެދީފައެވެ. އަދި މި ފަހަރުގެ ޔޫރޯ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ވެސް އޭނާ ވަނީ ފުރަތަމަ އެގާރައިގެން ހިމެނިގެން ކުޅެފައެވެ.

އިންގްލެންޑް ގަދަ 16 އަށް ދަތުރުކޮށްފައިވަނީ 5 ޕޮއިންޓާއެކު ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.