Advertisement

27 Jun 2024
ޔޫރޯ 2024
މިފްތާޙް މުޙައްމަދު

ޕޯޗުގަލް ބަލިކުރުމަށްފަހު ޖޯޖިއާ ގަދަ-16 އިން ޖާގަ ހޯދައިފި

ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ރޭ ނިމި، ގަދަ-16އަށް ޓީމުތައް ހަމަވި އިރު، ގްރޫޕް ސްޓޭޖުގައި އެންމެ ހައިރާން ކުރުވަނިވި ނަތީޖާއެއް ނެރުމަށްފަހު ގަދަ-16 އިން ޖާގަ ހޯދާފައިވަނީ ޖޯޖިއާއެވެ. އެ ޓީމުން ވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި 2-0 އިން ޕޯޗުގަލް ބަލިކޮށް، ތިން ވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ރަގަޅު ނަތީޖާއެއް ހޯދާފައިވާ 4 ޓީމަށް ލިބޭ ފުރުސަތުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ޖޯޖިއާ އަތުން ޕޯޗުގަލް ބަލިވި ނަމަވެސް، ރޭގެ މެޗުގެ ކުރިން ޕޯޗުގަލް އޮތީ ގަދަ-16 ގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

މި ފަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕަކީ ޖޯޖިއާ ފުރަތަމަ ޔޫރޯއެވެ. އަދި މިއީ އެމީހުން ބޮޑު މުބާރާތެއްގައި ވާދަކުރާ ފުރަތަމަފަހަރު ވެސް މެއެވެ. ނަމަވެސް އެމީހުންގެ ހުނަރާއި، ދަނޑު މަތީގައި ދައްކަމުންދާ އަވަސް ކުޅުމާއެކު، ގިނަ ބައެއްގެ ލޯތައް މިހާރު ވަނީ އެ ޓީމަށް އަމާޒުވެފައެވެ.

މުބާރާތް މިހާތަނަށް އައި އިރު، މުބާރާތުގެ އެންމެ ގިނަ ގޯލު ޖަހާފައިވަނީ ވެސް ޖޯޖިއާގެ ކުޅުންތެރިއެކެވެ. އެއީ އެ ޓީމުގެ ފޯވާޑަށް ކުޅޭ ޖޯޖަސް މިކަޓަޑްޒޭއެވެ. ފްރާންސް ލީގުގެ މެޓްޒްއަށް ކުޅެމުންއަންނަ މި ކުޅުންތެރިޔާ ވަނީ މިހާތަނަށް ޔޫރޯގައި 3 ގޯލު ކާމިޔާބު ކޮށްފައެވެ.

ފީފާގެ ރޭންކިންއަށް ބަލާއިރު، އެންމެ ފޯރިގަދަ ވާނެކަމަށް ބެލެވެނީ ގަދަ-16 ގައި ފްރާންސް އަދި ބެލްޖިއަމް ބައްދަލުކުރާ މެޗެވެ. ފީފާ ރޭންކިންގައި ފްރާންސް ދެވަނައިގައި އޮތް އިރު، ބެލްޖިއަމް އޮތީ ތިންވަނައިގައެވެ. ފްރާންސް އާއި ބެލްޖިއަމް ވެސް ގަދަ-16 އަށް ދަތުރުކޮށްފައިވަނީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ޔޫރޯ 2024ގެ ގަދަ-16 ގެ މެޗުތައް ހަމަޖެހިފައިވާ ގޮތް:

ސްޕެއިން – ޖޯޖިއާ

ޖަރުމަނު – ޑެންމާކް

ޕޯޗުގަލް – ސްލޮވީނިއާ

ފްރާންސް – ބެލްޖިއަމް

ރުމޭނިއާ – ނެދަލޭންޑްސް

އޮސްޓްރިއާ – ތުރުކީ

އިންގްލެންޑް – ސްލޮވެކިއާ

ސްވިޒަލޭންޑް – އިޓަލީ

ގަދަ-16 ގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މި އަންނަ ހޮނިހިރު ދުވަހުއެވެ. ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 9 ޖަހާއިރު ބައްދަލު ކުރާނީ ސްވިޒަލޭންޑާއި އިޓަލީއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.