Advertisement

19 Jun 2024
ޔޫރޯ 2024
މިފްތާޙް މުޙައްމަދު

ރީތި ގޯލަކާއެކު ޔޫރޯގެ ރެކޯޑު ފޮތުން ގޫލާ ޖާގަ ހޯދައިފި

މުޅިން އަލަށް ޔޫރޯއަށް ކޮލިފައިފި ޖޯޖާ އާއި ބައްދަލުކުރި މެޗުގައި ތުރުކީގެ ޒުވާން ފޯވާޑު، އާރދާ ގޫލާރ ކާމިޔާބުކުރި ރީތި ގޯލާއެކު، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ގޯލެއް ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު އޭނާ ހޯދައިފިއެވެ.

ސްޕެއިންގެ ގަދަ ބާރު، ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ގޫލަރގެ މި ރެކޯޑު ކުރިން އޮތީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ އަތުގައެވެ. ރޮނާލްޑޯގެ ގޯލު ފެނިގެން ގޮސްފައިވަނީ 2004 ވަނަ އަހަރުގެ ޔޫރޯގައެވެ. އެއީ އެ މުބާރާތުގައި ޗެމްޕިއަންކަން ހޯދި ގްރީސްއާ ދެކޮޅަށް ކުޅުނު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައެވެ. މި ގޯލު ކާމިޔާބުކުރި އިރު ރޮނާލްޑޯގެ އުމުރަކީ 19 އަހަރާއި 128 ދުވަހެވެ. އަދި ޖޯޖާ ކޮޅަށް ގޫލަރ އޭނާގެ ޔޫރޯގެ ފުރަތަމަ ގޯލު ކާމިޔާބު ކުރި އިރު އޭނާގެ އުމުރަކީ 19 އަހަރާއި 114 ދުވަހެވެ.

ޔޫރޯގައި ގޯލެއް ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔާއަކީ ސްވިޒަލޭންޑުގެ ޖޯހަން ވޮންލަންތެންއެވެ. އުމުރުން 18 އަހަރާއި 141 ދުވަހުގައި ވޮންލަންތެން ރެކޯޑު ފޮތުން ޖާގަ ހޯދި ގޯލު ކާމިޔާބުކުރީ ފްރާންސް އާ ދެކޮޅަށް ޔޫރޯ 2004 ގައި ކުޅުނު މެޗެއްގައެވެ. ނަމަވެސް އެ މެޗުގައި ސްވިޒަލޭންޑު ވަނީ 3-1 އިން ބަލިވެފައެވެ. އޭނާގެ ކުރިން އެ ރެކޯޑު އޮތީ އިނގިރޭސިވިލާތުގެ ވޭން ރޫނީގެ އަތުގައެވެ.

ޔޫރޯގައި ގޯލު ކާމިޔާބު ކޮށްފައިވާ އެންމެ ޒުވާން ކުޅުންތެރިން:

ޖޯހަން ވަންލޮންތެން –    18 އަހަރާއި 141 ދުވަސް (ޔޫރޯ 2004)

ވޭން ރޫނީ –          18 އަހަރާއި 237 ދުވަސް (ޔޫރޯ 2004)

ރެނާޓޯ ސަންޗޭޒް –      18 އަހަރާއި 317 ދުވަސް (ޔޫރޯ 2016)

ޑްރަގަން ސްޓޮކޮވިޗް –    19 އަހަރާއި 108 ދުވަސް (ޔޫރޯ 1984)

އާރދާ ގޫލާރ –         19 އަހަރާއި 1144 ދުވަސް (ޔޫރޯ 2024)

ކްރިސްޓިއާނޯ ރޮނާލްޑޯ –  19 އަހަރާއި 180 ދުވަސް (ޔޫރޯ 2004)

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.