Advertisement

16 Jun 2024
ޔޫއެފާ ޔޫރޯ
މިފްތާޙް މުޙައްމަދު

ޔޫރޯގެ ތާރީހުގައި އެންމެ އަވަސް ގޯލު އިޓަލީއާ ދެކޮޅަށް ކާމިޔާބުކޮށްފި

ޔޫއެފާ ޔޫރޯގެ ތާރީހުގައި އެންމެ އަވަހަށް ކާމިޔާބުކުރި ގޯލު އިޓަލީއާ ދެކޮޅަށް އަލްބޭނިއާގެ ނެދިމް ބަޖްރަމީ ކާމިޔާބުކޮށްފިއެވެ. އޭނާ މި ގޯލު ކާމިޔާބުކޮށްފައިވަނީ ޔޫރޯ 2024ގެ ގްރޫޕް-ބީގެ ދެވަނަ މެޗުގައެވެ.

އިޓާލިއަން ސީރިއާގެ ސަސުލޯއަށް ކުޅެމުން އަންނަ ބަޖްރަމީގެ މި ތާރީހީ ގޯލު ފެނިގެން ގޮސްފައިވަނީ، އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އެއްލުމެއްގެ ބޭނުން ހިފައި، މެޗު ފަށައިގެން 22 ސިކުންތުގެ ތެރޭގައެވެ.

ބަޖްރަމީ އެންމެ ފުރަތަމަ ފެނިފައިވަނީ ސްވިޒަލޭންޑުގެ ގައުމީ ޖާޒީގައެވެ. ސްވިޒަލޭންޑުގެ 15 އަހަރުން ދަށުގެ ގައުމީ ޓީމުން ފެށިގެން 21 އަހަރުން ދަށުގެ ގައުމީ ޓީމާ ހަމައަށް އޭނާ ވަނީ ކުޅެފައެވެ. އެއަށްފަހު ބަޖްރަމީ ނިންމީ އޭނާ ނިސްބަތްވާ އަލްބޭނިއާގެ ގައުމީ ޓީމަށް ކުޅުމަށެވެ. ސްވިޒަލޭންޑަށް އުފަންވި ނަމަވެސް އޭނާގެ މަންމައާއި ބައްޕައަކީ އަލްބޭނިއާގެ ދެމަފިރިންނެވެ.

އަލްބޭނިއާގެ ޖާޒީގައި ބަޖްރަމީ އެންމެ ފުރަތަމަ ފެނިފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކުޅުނު 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި، ހަންގޭރީއާ ދެކޮޅަށެވެ. އެ މެޗުގައި އޭނާ ކުޅެން ނިކުމެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

އަލްބޭނިއާގެ ގައުމީ ޓީމަށް މިހާތަނަށް ކުޅެފައިވާ 24 މެޗުން ބަޖްރަމީ ވަނީ 5 ގޯލު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.