Advertisement

03 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޔޫރޯގައި ސްޕެއިން އާއި އިޓަލީ އެއް ގްރޫޕަކަށް

މި އަންނަ އަހަރު ޖަރުމަނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ 2024ގެ ގުރުއަތުލުން ރޭ އެ ގައުމުގެ ހެމްބާރގުގައި ބާއްވައިފިއެވެ. ޔޫރޯގެ 17 ވަނަ މުބާރާތް 14 ޖޫން 2024 ގައި ފެށުމަށް ތައްޔާރީތައްވަމުން އަންނައިރު، މި މުބާރާތުގެ ގުރުއަތުލުމުން އެންމެ ފާހަގަ ކުރެވުނު އެއް ކަމަކީ، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާ، މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު ކަމުގައިވާ ސްޕެއިން އެއް ގްރޫޕެއްގައި ހިމެނުމެވެ

ސްޕެއިން ވަނީ ޔޫރޯ ފައިނަލުގައި 4 ފަހަރު ކުޅެ 3 ތަށި ހޯދާފާއެވެ. އަދި ޖެހިޖެހިގެން 2 ޔޫރޯ ކާމިޔާބުކުރި ހަމައެކަނި ޓީމަކީ ވެސް ސްޕެއިންއެވެ. އެއީ 2008 ވަނަ އަހަރު އޮސްޓްރިއާ އަދި ސްވިޓްޒަލޭންޑުގައި ބޭއްވި މުބާރާތުގެ ފައިނަލުގައި ޖަރުމަނުގެ މައްޗަށް ކުރި ހޯދައިގެންނާއި، 2012 ވަނަ އަހަރު ޕޮލަންޑު އަދި ޔުކްރެއިންގައި ބޭއްވި މުބާރާތުގެ ފައިނަލްގައި ތަފާތު ބޮޑުކޮށް، 4-0 އިން އިޓަލީ ބަލިކުރުމަށްފަހުއެވެ. އިޓަލީގެ މައްޗަށް ފައިނަލުގައި ސްޕެއިނުން މި ނެރުނު ނަތީޖާއަކީ، ޔޫރޯ ފައިނަލެއްގައި ޓީމަކުން މިހާތަނަށް ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބީއެވެ. އަދި އިޓަލީއިންވަނީ 4 ފަހަރު ފައިނަލް ކުޅެ 2 މުބާރާތް ކާމިޔާބުކޮށްފައެވެ. އެހެންކަމުން، މި ދެ ޓީމަކީ ވެސް ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ތާރީހުގައި އެތަކެއް ވާހަކަތަކެއް ލިޔެފައިވާ ދެ ޓީމެވެ.

ޔޫރޯ 2024 ގެ ގުރުއަތު ނެގުން ރޭ އޮތް ނަމަވެސް، މުބާރާތުގައި ވާދަކުރާ 3 ޓީމެއް އަދި ކަށަވަރު ނުވެއެވެ. ޕްލޭއޮފް މެޗުތަކަކަށްފަހު، ޔޫރޯ 2024ގެ ފަހު 3 ޖާގަ ކަނޑައެޅިގެން ދާއިރު، އެ ފުރުސަތު ޕޮލަންޑް، ވޭލްސް، އައިސްލޭންޑް، ޔުކްރޭން އަދި ގްރީސްއަށް ވެސް އެބައޮތެވެ. އެގޮތުން ޕްލޭއޮފްގެ ސެމީފައިނަލް މެޗުތައް ކުޅޭނީ 21 މާޗުގައެވެ. އަދި 3 ފައިނަލް ކުޅޭނީ 26 މާރޗުގައެވެ.

ޔޫރޯ 2024 - ގްރޫޕްތައް ބެހުނު ގޮތް:

ގްރޫޕް އޭ: ޖާރމަނީ، ސްކޮޓްލެންޑް، ހަންގޭރީ އަދި ސްވިޓްޒަލޭންޑް

ގްރޫޕް ބީ: ސްޕެއިން، ކޮރޭޝިއާ، އިޓަލީ އަދި އަލްބޭނިއާ

ގްރޫޕް ސީ: ސްލޮވީނިއާ، ޑެންމާކް، ސަރބިއާ އަދި އިންގްލެންޑް

ގްރޫޕް ޑީ: ނެދަލޭންޑްސް، އޮސްޓްރިއާ، ފްރާންސް އަދި ޕްލޭއޮފް މެޗުން އަންނަ ޓީމް (ޕޮލަންޑް/ވޭލްސް/ފިންލޭންޑް/އެސްޓޯނިއާ)

ގްރޫޕް އީ: ބެލްޖިއަމް، ސްލޮވެކިއާ، ރުމޭނިއާ އަދި ޕްލޭއޮފް މެޗުން އަންނަ ޓީމް (އިޒްރޭލް/ބޮސްނިއާ/ޔުކްރޭން/އައިސްލޭންޑް)

ގްރޫޕް އެފް: ޓާކީ، ޕޯޗުގަލް، ޗެކް ރިޕަބްލިކް އަދި ޕްލޭއޮފް މެޗުން އަންނަ ޓީމް (ޖޯޖިއާ/ގްރީސް/ކަޒަކިސްތާން/ލަގްޒަމްބާގް)

ޔޫރޯ 2024 ޖަރުމަނުގެ 10 ސިޓީއެއްގައި ކުޅުމަށް ހަމަޖެހިފައިވެއެވެ. މުބާރާތް ހުޅުވާ މެޗު ކުޅޭނީ ޖޫން 14 ވަނަ ދުވަހު މިއުނިކްގައެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.