Advertisement

29 Jun 2024
ޔޫރޯ 2024
މިފްތާޙް މުޙައްމަދު

ގަދަ 16 ގަ އެންމެ ފޯރިގަދަވާނެކަމަށް ބެލެވެނީ ފީފާ ރޭންކިންގެ 2 އަދި 3 ބައްދަލުކުރާ މެޗު

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ-16 ގެ މެޗުތައް މިރޭ ފެށުމަށް ހަމަޖެހިފައިވާ އިރު، މި ބުރުގައި އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވެނީ ފީފާ ރޭންކިންގެ ދެވަނައިގައި އޮތް ފްރާންސް އާއި ތިންވަނައިގައި އޮތް ބެލްޖިއަމް ބައްދަލުކުރާ މެޗެވެ. މި ދެ ޓީމު ވެސް ގަދަ-16 އަށް ދަތުރުކޮށްފައިވަނީ، އެ ޓީމުތައް ހިމެނޭ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 1 ވަނަ ދުވަހުގެ ރޭ 9 ޖަހާއިރުއެވެ.

ގަދަ-16 ގެ ފުރަތަމަ މެޗު މިރޭ 9 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ އިރު، އެ މެޗުގައި ބައްދަލުކުރާނީ އިޓަލީ އާއި ސްވިޒަލޭންޑެވެ. އިޓަލީ މި ބުރަށް ދަތުރުކޮށްފައިވަނީ ސްޕެއިން ހިމެނޭ ގްރޫޕް-ބީގެ ދެވަނަ ޓީމެއްގެ ގޮތުގައެވެ. އިޓަލީއަށް ނޮކްއައުޓް ބުރުން ފުރުސަތު ލިބުނީ ހަމަކިރިޔާއެވެ. އެއީ ކޮރޭޝިއާ އާއި ބައްދަލުކުރި މެޗުގެ ފަހު ސިކުންތު ކޮޅުގައި ޒަކަގްނީ ޖެހި ގޯލުން މެޗުގެ ނަތީޖާ 1-1 އިން އެއްވަރު ވުމުން އެ ޓީމަށް ލިބުނު ފުރުސަތެކެވެ.

ސްވިޒަލޭންޑު ނޮކްއައުޓް ބުރަށް ދަތުރުކުރީ ގްރޫޕް-އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ޖަރުމަނު ހިމެނޭ މި ގްރޫޕުގެ އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެއެވެ. އެގޮތުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެ ގްރޫޕްގެ އެންމެ ވަރުގަދަ ޓީމު ކަމުގައިވާ، ޖަރުމަނާ ކުޅުނު މެޗު ވެސް ވަނީ 1-1 އިން އެއްވަރުވެފައެވެ. އެ މެޗުގައި ސްވިޒަލޭންޑުން ފުރަތަމަ ހާފުގައި ލީޑު ނަގާފައިވަނިކޮށް، ޖަރުމަނަށް މެޗުގެ ނަތީޖާ ހަމަހަމަކުރެވިފައިވަނީ، މެޗުގެ އިތުރު މިނެޓުގައި ފުލްކުރޫގް ކާމިޔާބުކުރި ގޯލުންނެވެ. ގްރޫޕް ސްޓޭޖުގައި ސްވިޒަލޭންޑު ކުޅުނު އެއް މެޗުން މޮޅުވެފައިވާއިރު، އެ ޓީމު ވަނީ ދެ މެޗުން އެއްވަރުވެ ޖުމްލަ 5 ޕޮއިންޓު ހޯދާފައެވެ.

ގަދަ-16 ގެ ދެވަނަ މެޗުގައި ރާއްޖެ ގަޑިން މިރޭ ބާރަ ޖަހާއިރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ޖަރުމަނާއި ޑެންމާކެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖު ނިމިފައިވާއިރު، މިހާތަނަށް ސަޕްރައިޒިންގ ޓީމުގެ ގޮތުގައި ފެނިފައިވަނީ ޖޯޖިއާއެވެ. މިއީ ޔޫރޯގައި އެ މީހުން ކުޅޭ ފުރަތަމަ ފަހަރެވެ. އަދި މިއީ އެމީހުން ބޮޑު މުބާރާތެއްގައި ވާދަކުރާ ފުރަތަމަފަހަރު ވެސް މެއެވެ. ނަމަވެސް އެމީހުންގެ ހުނަރާއި، ދަނޑު މަތީގައި ދައްކަމުންދާ އަވަސް ކުޅުމާއެކު، ގިނަ ބައެއްގެ ލޯތައް މިހާރު ވަނީ އެ ޓީމަށް އަމާޒުވެފައެވެ.

މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާފައިވަނީ ވެސް ޖޯޖިއާގެ ކުޅުންތެރިއެކެވެ. އެއީ އެ ޓީމުގެ ފޯވާޑަށް ކުޅޭ ޖޯޖަސް މިކަޓަޑްޒޭއެވެ. ފްރާންސް ލީގުގެ މެޓްޒްއަށް ކުޅެމުންއަންނަ މި ކުޅުންތެރިޔާ ވަނީ މިހާތަނަށް ޔޫރޯގައި 3 ގޯލު ކާމިޔާބު ކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.