Advertisement

14 Jun 2024
ޔޫރޯ 2024
މިފްތާޙް މުޙައްމަދު

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ތަފާތު ދައްކާނެކަމަށް ބެލެވޭ ބައެއް ކުޅުންތެރިން

ދުނިޔޭގެ ތައްޓަށް ކުޅޭ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަށްފަހު ދެން އެންމެ ގިނަ މީހުން ބަލާ މުބާރާތަކީ، ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ކުޅޭ ޔޫރޯ ފުޓުބޯޅަ މުބާރާތެވެ. މި މުބާރާތް ހުކުރު ދުވަހުގެރޭ ފެށުމަށް ހަމަޖެހިފަހިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ، މުބާރާތް ބާއްވާ ޖަރުމަނާއި ސްކޮޓްލެންޑެވެ.

ޔޫރޯއަށް ގިނަ މީހުން ޝައުގުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ، އެ މުބާރާތުގައި ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކުޅުމެވެ. އެހެންކަމުން، ޔޫރޯ 2024ގައި ފާހަގަކޮށްލެވޭނެކަމަށް ބެލެވޭ 8 ކުޅުންތެރިންނަށް އަލިއަޅުވާލާނަމެވެ. ފެންޓަސީ ޓީމުތައް ހަދައިގެން އުޅޭ ކުދިންނަށް މިއީ މުހިންމު ނަންތަކަކަށް ވެދާނެއެވެ.

ޖޫޑް ބެލިންގްހަމް (އިންގްލެންޑް)

ސްޕެއިންގެ އެންމެ ބޮޑު ކުލަބު ކަމުގައިވާ ރެއާލް މެޑްރިޑަށް ބަދަލުވުމަށްފަހު ފުރަތަމަ ސީޒަނުގައި ދެއްކި މޮޅު ކުޅުމާއެކު، އެޓޭކިންގ މިޑްފީލްޑަރ ޖޫޑް ބެލިންގްހަމްއަކީ މިހާރު ޔޫރަޕްގައި އެންމެ ގަދަޔަށް ނަން ވިދާ އެއް ކުޅުންތެރިޔާއެވެ. އޭނާވަނީ ރެއާލް މެޑްރިޑާއެކު ފުރަތަމަ ސީޒަނުގައި 18 ލީގު ގޯލު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން، 20 އަހަރުގެ ޖޫޑްގެ ލީޑަޝިޕާއި އޭނާގެ ފުށުން ދަނޑު މަތީގައި ފެންނަ ވަރުގަދަ އަޒުމަކީ، އިންގުލެންޑުން މުބާރާތް ކާމިޔާބުކުރުމަށް ކުރާ އުއްމީދަށް ނިމުން ގެނުވާނެ ސިފަތަކަކަށް ވުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ.

ފްލޮރިއަން ވާޓްޒް (ޖާމަނީ)

ޒަބީ އަލޮންސޯގެ ބެޔާން ލެވަކޫސެން އިން އެ ކުލަބުގެ ތާރީހުގައި އެންމެ ކާމިޔާބު ސީޒަނަށް 2023/24ގެ ސީޒަން ހަދާ، ބަލިނުވެ ލީގު ކާމިޔާބުކުރިއިރު ޓީމުގައި މޮޅު ކުޅުމެއް ދައްކާފައިވާ ފްލޮރިއަން ވާޓްސްއަކީ، ބުންޑަސްލީގާގެ ނިމިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. އެގޮތުން ލެވަކޫސެންގެ ޖާޒީގައި އެޓޭކިންގ މިޑްފިލްޑަރަކަށް ކުޅެމުން އޭނާ ވަނީ 11 ގޯލު ކާމިޔާބުކޮށް 11 އެސިސްޓް ކޮށްދީފައެވެ.

އޭނާއަކީ މިފަހަކަށް އައިސް ފެނުނު، ޖަރުމަނަށް ނިސްބަތްވާ، ހުނަރުގެ ގޮތުން އެންމެ ތަފާތު އެއް ކުޅުންތެރިޔާއެވެ. އަދި މެދުތެރޭގައި ބޯޅަ ގެންގުޅެ، ޓީމު ޑޮމިނޭޓްކުރުމުގައި ވާޓްސްއަކީ މުހިންމު ދައުރެއް އަދާކުރާނެ ކުޅުންތެރިއެއްކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ.

ޒަވީ ސިމޯންސް (ނެދަލޭންޑްސް)

ބާސެލޯނާގެ ލަ މާސިއާ އެކަޑަމީއިން ޕްރޮފެޝަނަލް ފުޓުބޯޅައަށް ނިކުތް 21 އަހަރުގެ ޒަވީ ސިމޯންސްއަކީ، ނެދަލޭންޑްއާއި ސްޕެއިންގައި މަޝްހޫރު "ޓޯޓަލް ފުޓުބޯޅަ" އަށް ހާއްސަ ކުޅުންތެރިއެކެވެ. އެހެންކަމުން އޭނާއަކީ ގިނަ ޕޮސިޒަންސްތަކެއްގައި ބޭނުން ކުރެވޭނެ ކުޅުންތެރިއެކެވެ.  

ސިމޯންސް މިހާރު ކުޅެމުން އަންނަ ޖަރުމަނުގެ އާރުބީ ލެޕްޒިގްގައި ވެސް ކަނާތާއި ވާތް ފަރާތުން ވިންގްއަކަށާއި، އެޓޭކިންގ މިޑްފިލްޑަރަކަށް އޭނާ ބޭނުންކޮށްފައިވެއެވެ. އަދި މި ޕޮޒިޝަންތަކުގައި އޭނާވަނީ މޮޅު ކުޅުމެއްދައްކާ، ގޯލު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދީފައެވެ.

ރަސްމުސް ހޮއިލަންޑް (ޑެންމާކް)

ރަސްމުސް ހޮއިލަންޑަކީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައި މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުނު އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. އަދި އެ އަގަކީ އޭނާއަށް އެކަށީގެންވާ އަގެއްކަމަށް 21 އަހަރުގެ ހޮއިލަންޑްވަނީ ނިމިދިޔަ ސީޒަނުގައި ސާބިތުކޮށްދީފައެވެ.

މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް 10 ގޯލު އޭނާ ކާމިޔާބުކޮށްދިން އިރު، އެ ސީޒަނުގައި 10 ގޯލު ކާމިޔާބުކުރި އެންމެ ޒުވާންކުޅުންތެރިޔާގެ ޝަރަފު އޭނާ ވަނީ ހޯދާފައެވެ.

ޔުނައިޓެޑަށް ބަދަލުވުމަށްފަހު، ސީޒަންގެ ކުރީކޮޅު އަނިޔާގެ މައްސަލަތަކާއެކު ކުޅުމާ ދުރުގައި ހުންނަން ޖެހުނު ނަމަވެސް، އަނިޔާއިން ފަސޭހަވެގެން ކުޅެން ނިކުތުމަށްފަހު ސީޒަންގެ ފަހުކޮޅުގައި އޭނާވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެހެންކަމުން، މި ފޯމުގައި ހުރެ ޔޫރޯ މުބާރާތުގައި އޭނާގެ ފުށުން މޮޅު ކުޅުމެއް ފެނިގެންދާނެކަމަށް ގަބޫލުކުރެވެއެވެ.

ހޮއިލަންޑު ވަނީ ޔޫރޯ ކޮލިފައިންގައި ވެސް މޮޅު ކުޅުމެއް ދައްކާ، ޖުމްލަ 7 ގޯލު ކާމިޔާބުކޮށްފައެވެ.

ކެވިން ޑި ބްރޫނޭ (ބެލްޖިއަމް)

ކެވިން ޑި ބްރޫނޭއަކީ މެންޗެސްޓަރ ސިޓީއިން 2023/24 ސީޒަނުގައި ލީގު ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާއެވެ. މީގެ އިތުރުން، އެ ޓީމުން ޖެހިޖެހިގެން ފާއިތުވި ހަތަރު ސީޒަން ކާމިޔާބުކޮށްފައިވާއިރު، މި ހުރިހާ ސީޒަނެއްގައި ވެސް އޭނާވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

އަނިޔާގެ މައްސަލަތަކާހެދި މިދިޔަ ސީޒަނުގެ ކުރީކޮޅު އޭނާއަށް ގިނަ މެޗުތަކެއް ގެއްލުނު ނަމަވެސް، ސީޒަންގެ ފަހު ހާފުގައި އޭނާވަނީ އަސްލު ސިފަ ދައްކާލާފައެވެ. އަދި ސީޒަން ނިމުނުއިރު އޭނާގެ ފޯމު ރަގަޅުވެފައިވުމުގެ ފައިދާ ބެލްޖިއަމް ޓީމަށް ރަގަޅަށް ކުރާނެކަމަށް ބެލެވެއެވެ.

އެހެންކަމުން، ޔޫރޯ 2016 އާއި ޔޫރޯ 2020ގެ ކުއާޓާ ފައިނަލުން މުބާރާތާއި ވަކިވާން ޖެހުނު ބެލްޖިއަމް ޓީމް މި ފަހަރުގެ މުބާރާތުގައި އެއަށްވުރެ ރަގަޅު ކާމިޔާބެއް ހޯދާނެކަމަށް ބެލެވެއެވެ.

ލެމިން ޔަމާލް (ސްޕެއިން)

އުމުރުން އެންމެ 16 އަހަރުގެ ލެމިން ޔަމާލްއަކީ ޅަ އުމުރުގައި ބެލުންތެރިން ސިއްސުވާލާފައިވާ ތަފާތު ހުނަރުވެރިއެކެވެ. އަދި ޕްރޮފެޝަނަލް ކެރިއަރުގައި ވެސް އޭނާ ވަނީ މިހާރު ތާރީހީ ރެކޯޑުތަކެއް ހަދާފައެވެ. އެގޮތުން ބާސެލޯނާ، ލަ ލީގާ އަދި ސްޕެއިންގެ ގައުމީ ޓީމަށް ގޯލު ކާމިޔާބުކޮށްދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު މިހާރު އޮތީ އޭނާގެ އަތުގައެވެ.

ގޯލު ކާމިޔާބު ކުރުމުގައި އޭނާގެ ހުރި ހާއްސަކަމެއްގެ އިތުރުން، އަރިމަތިން ކުޅޭ އިރު ވެސް އޭނާއަކީ އިދިކޮޅު ޓީމުތަކަށް ނުރައްކާތެރި ކުޅުންތެރިއެކެވެ.

ފިލް ފޮޑެން (އިންގްލެންޑް)

2023/24 ސީޒަނުގައި ޕްރިމިއަ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފިލް ފޮޑެންވަނީ އެ ސީޒަނުގައި މެންޗެސްޓަރ ސިޓީއަށް 19 ގޯލު ކާމިޔާބުކޮށްދީ 8 އެސިސްޓް ކޮށްދީފައެވެ.

ސިޓީގައި އެޓޭކިން މިޑްފިލްޑަރެއްގެ ރޯލު އަދާކުރުމުގައި ތަފާތު ދައްކަމުން އަންނަ 23 އަހަރުގެ ފޮޑެން އާއި 20 އަހަރުގެ ބެލިންގްހަމް އިންގްލެންޑުގެ މެދުތެރޭގައި ބޭނުންކޮށްފިނަމަ، އިދިކޮޅު ޓީމުތަކަށް އެކަމުގެ ބިރު ވަރަށް ބޮޑު ވާނެކަން ހަމަޔަގީނެވެ.

އެންމެ ފަހުން ބޭއްވި ޔޫރޯ މުބާރާތުގެ ފައިނަލުގައި އިޓަލީ އަތުން ޕެނަލްޓީއިން ބަލިވި އިންގްލެންޑަށް މުބާރާތް ކާމިޔާބުކުރުމަށާއި، އެ ޓީމުގެ ކޯޗު، ގެރެތު ސައުތުގޭޓުގެ ވަޒީފާ ސަލާމަތްކުރުމަށް އޮތް މަގުކަމުގައި ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ކީލިއަން އެމްބައްޕޭ

ސްޕީޑާއި، ކޮއްޓުމާއި ނެއްޓުމަށް މަޝްހޫރު، ކީލިއަން އެމްބައްޕޭއަކީ ފްރާންސްގެ ތަރިންގެ ޓީމުގައި ހުރި އެންމެ އަލިގަދަ ތަރިއެވެ.

ފްރާންސްގެ ކެޕްޓަނެއްގެ ގޮތުގައި ފެނިގެންދާނެ އުމުރުން 25 އަހަރުގެ އެމްބައްޕޭ ވަނީ 2023/24 ސީޒަނުގައި ޕެރިސް ސެއިންޓް-ޖާމެއިން (ޕީއެސްޖީ) އަށް 44 ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި އެއަށްފަހު އޭނާ މިހާރުވަނީ ރެއާލް މެޑްރިޑަށް ބަދަލުވެފައެވެ.

ކްރިންސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނެލް މެސީ އެމީހުންގެ ކާމިޔާބު ކެރިއަރުގެ ފަހު ދުވަސްތައް މިހާރު ގުނަމުންދާއިރު، އެ މަގާމުގައި ދެން ހުންނާނީ އެމްބައްޕޭކަން ސާބިތުކޮށްދިނުމަށް ޔޫރޯ ފުޓުބޯޅަ މުބާރާތަކީ އޭނާއަށް މުހިންމު މުބާރާތެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
28 Sep 2024
ޚަބަރު
އިޒްރޭލުން ހަނގުރާމަ ކުރަނީ ހުރިހާ މުސްލިމުންނާއި ދެކޮޅަށް: ރައީސް މައުމޫން
އެމަނިކުފާނު މިހެން ވިދާޅުވީ، ހިޒްބުﷲގެ ލީޑަރު ޙަސަން ނަސްރުﷲ އަވަހާރަކޮށްލެވިއްޖެ ކަމަށް އިޒްރާއީލުން ރަސްމީކޮށް އާއްމު ކުރިތާ ކުޑައިރުކޮޅެއް ފަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
28 Sep 2024
ޚަބަރު
ޖަލުގައި މަރުވި މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައި ވަނީ އިއްޔެ ކަމަށެވެ. ފުލުހުންނާއި ކަރެކްޝަންސްއިންވެސް ހާމަކުރައްވާފައިވާ ގޮތުގައި އޭނާ މަރުވެފައި ވަނީ އަމިއްލައަށް ޖަލު ގޮޅީގެ ތެރޭގައި ދަންޖެހިގެންނެވެ.
28 Sep 2024
ޚަބަރު
ޕީއެސްއެމްގެ ޚިޔާނާތުގެ މައްސަލަ ފުލުހުން ފޮނުވީ، އޭސީސީއަށް!
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ޕީއެސްއެމްގެ ޚިޔާނާތުގެ މައްސަލަ ފުލުހުން، އޭސީސީއަށް ފޮނުވާފައި ވަނީ، ކޮރަޕްޝަނުގެ މައްސަލަތައް ބެލުމުގެ އިޙްތިޞާސް އޮތް ތަނަކީ، އޭސީސީ ކަމަށްވާތީ ކަމަށެވެ.
28 Sep 2024
ޚަބަރު
ފަތުރުވެރިންގެ ގޮތުގައި އަންނަ ކޮންމެ ފަތުރުވެރިއަކަށްވެސް ރާއްޖެއިން މަރްޚަބާ ކިޔާނެ: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، ޕްރިންސްޓަން ޔުނިވާސިޓީގެ ޑީންސް ލީޑާޝިޕް ސީރީޒްގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ވިދާޅުވީ، އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ސަރުކާރުން ނިންމި ނިންމުމާއި ގުޅޭ ގޮތުން ކުރެވުނު ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.