Advertisement

ސްވިޒަލޭނުްޑުގެ ރޫބެން ވާރގާސް ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ

29 Jun 2024
ޔޫރޯ 2024
މިފްތާޙް މުޙައްމަދު

ފިރުކެމުން އައި ޗެމްޕިއަނުން ކަޓުވާލައި ސްވިޒަލޭންޑު ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި

ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ 2-0 އިން ބަލިކުރުމަށްފަހު، ސްވިޒަލޭންޑުން ޖެހިޖެހިގެން ދެވަނަ ފަހަރަށް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ޖަރުމަނު ހިމެނޭ ގްރޫޕް-އޭ އިން ދެވަނަ ޓީމުގެ ގޮތުގައި ގަދަ-16 އަށް ދަތުރުކުރި ސްވިޒަލޭންޑު ވަނީ މެޗަކުން ބަލިނުވެ ގްރޫޕް ސްޓޭޖުގައި 5 ޕޮއިންޓު ހޯދާފައެވެ.

އުފެއްދުންތެރި ކުޅުމެއް ނުދެއްކި، މިއީ އިޓަލީއަށް ބޮޑު މުބާރާތެއްގައި އެންމެ އާދައިގެ ކުޅުމެއް ދެއްކުނު ފަހަރުކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު، ސްވިޒަލޭންޑުން ޖަހާފައިވާ ގޯލުތަކުގައި ވެސް ލޫސިއާނޯ ސްޕަލެޓީގެ އިޓަލީ ޓީމުގެ ފަރުވާ ކުޑަކަން ފާހަގަކުރެވުނެވެ.

މި މެޗުގައި ސްވިޒަލޭންޑުން ޖަހާފައިވާ ދެ ގޯލުގައި ވެސް ޖަރުމަނު ލީގުގެ އޮގްސްބާގްގައި ކުޅެމުން އަންނަ ރޫބެން ވާރގާސްގެ ތަފާތު ފެނިގެން ދިޔައެވެ. އެގޮތުން މެޗުގެ 37 ވަނަ މިނެޓުގައި ރީމޯ ފްރެއުލާ ޖެހި ގޯލަކީ ވާރގާސް ތަނަވަސްކޮށްދިން ފުރުސަތެކެވެ. އަދި ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި އޭނާވަނީ އިޓަލީގެ ޕެނަލްޓީ އޭރިޔާގެ ރޮނގާ ހިސާބުން އެތެރެ ފައިން ޖަހާ ގޯލުގެ ދުރުކަނަށް ބޯޅަ ފޮނުވާލާފައެވެ.

ކުއާޓާ ފައިނަލުގައި ސްވިޒަލޭންޑު ބައްދަލުކުރަން ޖެހޭނީ އިންގްލޭންޑް އާއި ސްލޮވެކިއާ ބައްދަލުކޮށްގެން މޮޅުވާ ޓީމަކާއެވެ.

ޔޫރޯ 2020 ގައި ވެސް ސްވިޒަލޭންޑު ކުއާޓާއަށް ދަތުރުކުރީ މުބާރާތުގެ ފޭވަރިޓެއް ކަމުގައިވާ ފްރާންސް ކަޓުވާލުމަށްފަހުއެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 އިން އެއްވަރުވެފައިވުމުން، އެ ޓީމުން ފްރާންސްގެ މައްޗަށް ކުރި ހޮދޫ ޕެނަލްޓީ ޖަހައިގެންނެވެ. ފްރާންސަކީ ޔޫރޯ 2016 ގެ ރަނާ-އަޕް ޓީމެވެ.

މިރޭގެ މެޗުގައި އެންމެ މޮޅު ކުޅުމެއް ދައްކާފައިވަނީ އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ އަދި ނިމިދިޔަ ސީޒަނުގައި ބެޔާން ލެވަކޫސެންގެ މައި ތަނބު، ގްރޭނިޓް ޒަކާއެވެ. އޭނާވަނީ ސްވިޒަލޭންޑު ޓީމުގެ އެޓޭކިންގައާއި އަދި ޑިފެންޑިންގައި ވެސް ޓީމު ލީޑު ކޮށް، ވަރިބަލިކަމެއް ނެތި މޮޅު ކުޅުމެއް ދައްކާފައެވެ.

މި މެޗާއެކީ މިރޭގެ މެޗު ކުޅުނު ބާރލިންގެ އޮލިމްޕިއާސްޓޭޑިއޯން ސްޓޭޑިއަމަކީ އިޓަލީއަށް އުފަލާއި ހިތާމައިގެ ހަނދާންތައް އެކުލެވޭ ސްޓޭޑިއަމަކަށް ވެއްޖެއެވެ. މިއީ 2006 ވަނަ އަހަރު ފްރާންސް ބަލިކޮށް އިޓަލީ އިން ދުނިޔޭގެ ތަށި އުފުލާލި ސްޓޭޑިއަމެވެ. އަނެއްކޮޅުން އެ ޓީމުން ޔޫރޯ 2024 އަށް މި ސްޓޭޑިއަމްގައި އަލްވަދާއު ކިޔަން ޖެހުނުއިރު، 2006 ގެ ވޯލްޑް ކަޕްގައި އިޓަލީ ދެއްކި ކުޅުމާއި، މި މުބާރާތުގައި އެ ޓީމުގެ ކުޅުން ފެނުނު މީހަކަށް ހައިރާންކަން ގެނުވާނެއެވެ.

މިރޭ ޔަގީންވި އެއް ކަމަކީ، އިޓަލީއަށް ބޮޑެތި ބަދަލުތަކެއް ބޭނުންވާ ކަމެވެ. އަދި މި ސަބަބުތަކާއެކި، މި މެޗަކީ އެ ޓީމުގެ ކޯޗު ސްޕަލެޓީގެ ފަހު މެޗަށް ވުން ވެސް އެކަށީގެންވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.