Advertisement

27 Jun 2024
ޔޫރޯ 2024
މިފްތާޙް މުޙައްމަދު

ޔޫރޯގައި އަލަށް ހުރިހާ ޓީމަކަށް އެއްވަރަށް ޕޮއިންޓު ލިބިގެން ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމިއްޖެ

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މުޅިން އަލަށް ހުރިހާ ޓީމަކަށް އެއްވަރަށް ޕޮއިންޓު ލިބިގެން އެއް ގްރޫޕެއްގެ މެޗުތައް ނިމިއްޖެއެވެ.

ގްރޫޕް އީ ގައި ހިމެނޭ ރުމޭނިއާ، ބެލްޖިއަމް، ސްލޮވެކިއާ އަދި ޔުކްރެއިންއަށް ލިބިފައިވަނީ ޖުމްލަ 4 ޕޮއިންޓެވެ. މި ގްރޫޕްގެ ހުރިހާ ޓީމެއް ވެސް ވަނީ އެއް މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ އަދި އެއް މެޗުން ބަލިވެފައެވެ.

ޕޮއިންޓުގެ ގޮތުން ހުރިހާ ޓީމެއް އެއްވަރުވެފައި ވީނަމަވެސް، ގޯލުގެ ތަފާތުން ގްރޫޕްގެ އެއްވަނަ ހޯދާފައިވަނީ ރުމޭނިއާއެވެ. އެމީހުން ވަނީ ގްރޫޕްގެ ފުރަތަމަ މެޗުގައި ޔުކްރެއިން 3-0 އިން ބަލިކޮށްފައެވެ. އަދި ދެވަނަ މެޗުގައި ބެލްޖިއަމް އަތުން 2-0 އިން ބަލިވެފައިވާއިރު، ގްރޫޕްގެ ފަހު މެވުގައި ސްލޮވެކިއާ އާއި ބައްދަލުކޮށް 1-1 އިން ވަނީ އެއްވަރުވެފައެވެ.

ގްރޫޕްގެ ދެވަނަ ލިބުނީ ބެލްޖިއަމް އަށެވެ. ބެލްޖިއަމް ބަލިވެފައިވަނީ ފުރަތަމަ މެޗުގައި ސްލޮވެކިއާ އަތުން، 1-0 އިންނެވެ. ނަމަވެސް ދެވަނަ މެޗު ބެލްޖިއަމް ވަނީ ރުމޭނިއާ އާ ބައްދަލުކޮށް 2-0 އިން ކާމިޔާބު ކޮށްފައެވެ. ގްރޫޕްގެ ފަހު މެޗު އެއްވަރުވެފައިވަނީ ޔުކްރެއިން އާ ބައްދަލުކޮށް 0-0 އިންނެވެ.

މި ގްރޫޕްގެ ތިން ވަނަ ލިބުނު ސްލޮވެކިއާއަށް ވެސް ގަދަ-16 އިން ވަނީ ޖާގަ ލިބިފައެވެ. ނަމަވެސް 4 ޕޮއިންޓާއެކު މުބާރާތާއި އަލްވަދާއު ކިޔަން ޖެހެނީ ޔުކްރެއިންނެވެ. ގްރޫޕްގެ ތިންވަނައަށްދާ 4 ޓީމަކަށް ގަދަ-16 އިން ފުރުސަތު ލިބުނު ނަމަވެސް، އޭގެ ތެރެއިން ބައެއް ޓީމުތަކަށް ވުރެން ގިނައިން ޕޮއިންޓު ލިބިފައިވާ ޔުކްރެއިންއަށް އެ ފުރުސަތު ނުލިބެނީ އެ ޓީމު ގްރޫޕްގެ 4 ވަނަ އަށް ގޮސްފައިވުމުންނެވެ.

ގްރޫޕްގެ ހުރިހާ މެޗުތަކެއް ނިމުނު އިރު ގްރޫޕް-އީ ބެހިފައިވާ ގޮތް

މީގެ އިތުން 4 ޕޮއިންޓާއެކު ގްރޫޕް ފުލަށް މީގެ ކުރިން މި މުބާރާތުގައި އެއްވެސް ޓީމެއް ގޮސްފައެއް ނުވެއެވެ. އެހެންކަމުން އެންމެ ގިނަ ޕޮއިންޓާއެކު ގްރޫޕް ސްޓޭޖުން އަލްވަދާއުކިޔާ ޓީމަކަށް ވެގެން ގޮސްފައިމިވަނީ ވެސް ޔުކްރެއިންއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.