Advertisement

15 Jul 2024
ޔޫއެފާ ޔޫރޯ
މިފްތާޙް މުޙައްމަދު

4 ވަނަ ތައްޓާއެކު ޔޫރަޕްގައި ސްޕެއިން އައު ހަރުފަތަކަށް

ޔޫރަޕިއަން ޗެމްޕިއަންޝިޕް 4 ވަނަ ފަހަރަށް ކާމިޔާބުކޮށް، ސްޕެއިނަކީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ޓީމެވެ. އަދި މީގެ ތެރެއިން 3 ތަށި ކާމިޔާބުކޮށްފައި މިވަނީ ފާއިތުވި 16 އަހަރުގެ ތެރޭގައެވެ. އެއީ އެންމެ ފަހުން ކުޅުނު ޔޫރޯގެ 5 މުބާރާތުން 3 ތައްޓެވެ. 

ސްޕެއިން ފިޔަވާ އިތުރު ޓީމަކަށް މުބާރާތުގެ 2 ތަށި ޖެހިޖެހިގެން ކާމިޔާބު ކުރެވިފައި ނުވުމުގެ އިތުރުން، މިހާކުރު މުއްދަތެއްގައި މި މުބާރާތް މި އަދަދަކަށް އެހެން ގައުމަކަށް ކާމިޔާބު ކުރެވިފައެއް ވެސް ނުވެއެވެ. އެއީ މި މުބާރާތުގެ ތާރީހުގައި ސްޕެއިން ހާއްސަވާ އަނެއް ސަބަބެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު ޔޫރޯ 2024 ގެ ފައިނަލުގައި ސްޕެއިނުން އިންގްލެންޑު ބަލިކޮށްވައި ވަނީ 2-1 އިންނެވެ. 

މި މެޗުގެ ދެވަނަ ހާފު ފަށާ މާގިނަ އިރުތަކެއް ނުވެ، މި މުބާރާތުގައި ސްޕެއިންގެ އެޓޭކުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ނިކޯ ވިލިއަމްސް ވަނީ ސްޕެއިނަށް ލީޑު ނަގާދީފައެވެ. އިންގްލެންޑުން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 73 ވަނަ މިނެޓުގައެވެ. އެއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ކޯލް ޕާމާރ ކާމިޔާބުކުރި ގޯލަކުންންނެވެ. 

ސްޕެއިނުން މުބާރާތް ކާމިޔާބުކުރީ، މޮރާޓާގެ ބަދަލުގައި ކުޅެން ނިކުތް މިކޭލް އޮޔަޒަބޭލް، މެޗު ނިމެން 4 މިނެޓަށްވެފައި ވަނިކޮށް ކާމިޔާބު ކުރި ގޯލުންނެވެ. 

އަނެއްކޮޅުން މިއީ ޔޫރޯގެ ފައިނަލުގައި އިންގްލެންޑުން ވިދިވިދިގެން ބަލިވި ދެވަނަ ފަހަރެވެ. މީގެ ކުރިން 2021 ގައި ބޭއްވި 2020 ގެ ޔޫރޯގެ ފައިނަލުގައި އިންގްލެންޑް އަމިއްލަ ދަނޑުގައި ބަލިވެފައިވަނީ އިޓަލީ އަތުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.