Advertisement

27 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޔޫރޯގެ ފަހު ޖާގަތައް ޕޮލަންޑް، ޔުކްރެއިން އަދި ޖޯޖިއާއަށް

މި އަހަރުގެ ޖޫންގައި ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ އެންމެ ފަހު ތިން ޖާގަ ޕޮލަންޑާއި، ޔޫކްރެއިން އަދި ޖޯޖިއާ އިން ހޯދައިފިއެވެ. މުބާރާތުގެ ފަހު ތިން ޖާގަ ހޯދުމަށް ރޭ ކުޅުނު ތިން މެޗުގައި ވެސް ފޯރި ގަދަ ހަރަކާތްތަކެއް ފެނުނުއިރު، ދެ މެޗެއްގެ ނަތީޖާ ކަނޑައަޅަން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ވޭލްވްސް އާއި ޕޮލަންޑު ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ޕެނަލްޓީގައި 4-5 އިން ވޭލްސް ބަލިކުރީ ޕޮލަންޑުންނެވެ. މުޅި މެޗަށް ބަލާލާއިރު ވޭލްވްސް އިން ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައި ވީނަމަވެސް، ޕޮލަންޑުގެ ކީޕަރު ވޮޒިއެޗް ޝެޒްނީ ވަނީ ހުޝިޔާރުކަމާއެކު އެ ހަމަލާތައް މަތަކޮށް، ގައުމީ ޖާޒީގައި މޮޅު ކުޅުމެއް ދައްކާފައެވެ. އަދި އޭނާ ވަނީ ވޭލްސްގެ ފަހު ޕެނަލްޓީ މަތަކޮށް، ޕޮލަންޑު ޔޫރޯއަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ޔޫކްރެއިން ޔޫރޯ ޗެމްޕިއަންޝިޕުން ޖާގަ ހޯދީ 2-1 އިން އައިސްލެންޑު ބަލިކުރުމަށްފަހުއެވެ. އައިސްލެންޑުގެ ގުޑްމަންޑްސަން ފުރަތަމަ ހާފުގައި ގޯލެއް ޖަހާ އެޓީމަށް ލީޑު ނަގާދީފައިވަނިކޮށް، ޔޫކްރެއިން އިން މެޗުގެ ނަތީޖާ އަނބުރާލީ ފަހު ހާފުއެވެ. އެ ޓީމަށް އެއްވަރުކުރި ގޯލު ވިކްޓާ ސައިގަންކޯވް ކާމިޔާބުކޮށްދިންއިރު، މޮޅުވި ގޯލު ކާމިޔާބުކޮށްދިނީ މިކައިލޯ މުޑްރީކްއެވެ.

ޖޯޖިއާއިން ކޮލިފައިވީ، 2004 ވަނަ އަހަރުގެ ޗެމްޕިއަން ގްރީސް ބަލިކުރުމަށްފަހުއެވެ. މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގައި ވެސް ނަތީޖާއެއް ނެރެވިފައި ނުވުމުން، މޮޅުވި ޓީމެއް ކަނޑައެޅީ ޕެނަލްޓީއިންނެވެ. ޕެނަލްޓީގައި ޖޯޖިއާ ކާމިޔާބު ހޯދީ 4-2 އިންނެވެ.

މި ނަތިޖާތަކާ އެކީ ޔޫރޯގެ ގްރޫޕްތައް ބެހިފައިވާގޮތް؛

ގްރޫޕް އޭ – ޖަރުމަނު، ސްކޮޓްލެންޑް، ހަންގޭރީ އަދި ސްވިޒަލޭންޑް

ގްރޫޕް ބީ – ސްޕެއިން، ކްރޮއޭޝިއާ، އިޓަލީ އަދި އަލްބޭނިއާ

ގްރޫޕް ސީ – ސްލޮވީނިއާ، ޑެންމާކް، ސާބިއާ އަދި ފްރާންސް

ގްރޫޕް ޑީ – ޕޮލަންޑު، ނެދަލޭންޑްސް، އޮސްޓްރިއާ އަދި ފްރާންސް

ގްރޫޕް އީ – ބެލްޖިއަމް، ސްލޮވެކިއާ، ރުމޭނިއާ އަދި ޔުކްރެއިން

ގްރޫޕް އެފް – ތުރުކީ، ޖޯޖިއާ، ޕޯޗުގަލް އަދި ޗެކް ރިޕަބްލިކް

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.