Advertisement

ކޮފީ ވިތު ސުލައިމާންގެ ތެރެއިން --

13 Mar 2024
ރިޕޯޓް
ޢަލީ ސުލައިމާން

ޙަބީބު ބޭނުންފުޅު ވަނީ ރާއްޖޭގެ އިންތިޚާބުތައް ބޭއްވުނު ގޮތާއި ބެހޭ ފޮތެއް ޝާއިއު ކުރެއްވުމަށް!

އެކާވީސް އަހަރަށްފަހު، އިލެކްޝަންސް ކޮމިޝަނުން އިސްމާޢީލް ޙަބީބު ވަކިވެވަޑައިގެންނެވި އިރު، އިލެކްޝަންސް ކޮމިޝަނަށް ޚިދުމަތް ކުރެއްވުމުގައި ޙަޔާތުން ގިނަ ވަގުތުތަކެއް އެމަނިކުފާނު ވަނީ ޤުރުބާން ކުރައްވާފައެވެ. ރާއްޖޭގެ ސިޔާސީ މަޝްރަޙަށް އެންމެ ބޮޑެތި ބަދަލުތައް އަންނަމުން ދިޔައިރު، އިލެކްޝަންސް ކޮމިޝަންގައި ޙަބީބު ކުރެއްވި ޚިދުމަތްތަކަކީ ފާހަގަކޮށްލެވޭ ޚިދުމަތްތަކެކެވެ. މިގޮތުން 2003 ވަނަ އަހަރުން ފެށިގެން  ބޭވުނު މަޖިލިސް އިންތިޚާބުތަކާއި ރިޔާސީ އިންތިޚާބުތަކާއި، ލޯކަލް ކައުންސިލް އިންތިޚާބުތަކާއި، ނިޒާމީ ވޯޓުގައިވެސް ޙަބީބު މުހިއްމު ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.

މީގެ އިތުރުން ޙަބީބަކީ، އޭގެ ކުރިން ޖަމާޢަތުގެ ތަޢުލީމާއި، ނުރަސްމީ ތަޢުލީމު ދިނުމުގައި އަދި ރާއްޖޭގެ ނޫސްވެރިކަމުގައިވެސް ވަރަށް މުޙިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެކަމުގެ ނަތީޖާއަކީ، ކޮމިޝަނުގައި ޙަބީބު ހުންނެވި ދުވަސްތަކުގައި ރާއްޖޭގެ މީޑިއާތަކާއި ބޭއްވި ގާތްގުޅުމާއި ނޫސްވެރިންނާއި ބޭއްވި ގާތްގުޅުމެވެ.

2003 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރަށް އިންތިޚާބާއި ބެހޭ މަސައްކަތްތަކުގައި ޙަބީބު މަސައްކަތް ކުރެއްވި އިރު، ކޮމިޝަންގެ ދާއިމީ ވަޒީފާއާ ޙަބީބު ގުޅިވަޑައިގެންނެވީ، 15 އޮގަސްޓް 2007 ގައެވެ. އަދި ކޮމިޝަންގެ މެމްބަރަކަށް ވެވަޑައިގެންނެވީ، 13 މާރިޗް 2014 ގައެވެ. ކޮމިޝަންގެ ނައިބު ރައީސް ކަމުގެ މަޤާމަށް ވަޑައިގެންނެވީ، 25 ޖެނުއަރީ 2021 ގައެވެ.

21 އަހަރަށް ފަހު، މިއަދުން ފެށިގެން ޙަބީބު ޚިދުމަތުން ވަކިވެ ވަޑައިގެންނެވި އިރު، ނޫން.އެމްވީ ގެ "ކޮފީ ވިތު ސުލައިމާން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޙަބީބު ވިދާޅުވީ ދެން ކުރައްވާނީ ކޮންކަމެއްކަން އަދި ކަނޑައަޅުއްވާފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް ރާއްޖޭގެ އިންތިޚާބުތައް ބޭއްވުނު ގޮތުގެ މައުލޫމާތު ފޮތެއްގެ ސިފައިގައި ނެރުއްވުމަކީ ކުރައްވަން އެންމެ ބޭނުންފުޅުވާ ކަންތައް ކަމުގައި ފާހަގަކުރައްވަމުން ޙަބީބު ވިދާޅުވީ، އެއީ ފައްޓަވާފައި އަދި ނުނިމި އޮތް މަސައްކަތެއް ކަމަށާއި އެހެން ކަމުން އެމަސައްކަތް ނިންމަވާލެއްވުމަކީ އެންމެ ބޭނުންފުޅުވާ ކަންތައް ކަމުގައެވެ. އަދި ޔުނިވަސިޓީގައި މަތީ ތަޢުލީމު ޙާސިލްކުރެއްވި އިރު މުޙައްމަދު އަމީނުގެ ޒަމާނުން ފެށިގެން ދިވެހިރާއްޖޭގައި އިންތިޚާބުތައް ބޭއްވިފައިވާ ގޮތާއި ގުޅޭ ގޮތުން މަޢުލޫމާތު އެއްކުރެއްވި ކަމުގައި ޙަބީބު ވިދާޅުވިއެވެ.

ޙަބީބު ވިދާޅުވީ، މާސްޓަރސް ޑިގްރީއަށް ކިޔަވާ ވިދާޅުވި އިރު، ތީސީސް ލިޔުއްވުމަށް އެންމެ ފުރަތަމަ ނެންގެވި މައުލޫއަކީ ރާއްޖޭގައި އިންތިޚާބުތައް ބޭއްވެމުން އައި ގޮތް ނަމަވެސް އެމައުލޫއަށް ތީސީސް ލިޔުއްވުމަށް ހުށައެޅުއްވި ހުށައެޅުން ފާސްނުވީ ކަމަށެވެ.

"ރައީސް މުޙައްމަދު އަމީންގެ ދުވަސްފަރުން ފެށިގެން، އިބްރާހިމް ނާޞިރުގެ ދުވަސްވަރުން ފެށިގެން، އެހެން ހުރި މައުލޫމާތުތައް އެއްކުރަމުން އަޅުގަނޑު ދިޔައީ. އެހެންވީމާ އެ މައުލޫމާތު އެއްކުރެވިފައި އެމަސައްކަތް ފެއްޓިފައި އެމަސައްކަތް ނުނިމި އޮތީ. އެހެންވީމާ އަޅުގަނޑަށް ވަރަށް މުހިއްމު ، އަޅުގަނޑަށް ލާޒިމް ކަމެއްގެ ގޮތުގައި އަޅުގަނޑުގެ އަމިއްލަ ނަފްސަށް ޤަބޫލުކުރާ ކަމެއް މީ، ރާއްޖޭގެ އިންތިޚާބުތައް ބޭއްވުނު ގޮތުގެ މައުލޫމާތު ހަމަ ފޮތެއްގެ ސިފައިގައި ނެރުން"

އިސްމާއީލް ޙަބީބު - އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް 

ޙަބީބު ވިދާޅުވީ އެއީ އެމަނިކުފާނު ކުރައްވަން ޖެހޭ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާތީ، ކޮމިޝަނުން ވަކިވެވަޑައިގެންނެވުމަށްފަހުގައި އެމަސައްކަތާއިގެން ކުރިޔަށް ވަޑައިގެންނެވުމުގެ ވިސްނުންފުޅު ހުރި ކަމަށެވެ.

އެމަސައްކަތް ކުރެއްވުމުގެ މުހިއްމު ކަން ފާހަގަކުރައްވަމުން، ޙަބީބު ދެއްކެވި ވާހަކަފުޅުގައި 2003 ވަނަ އަހަރު ސެޕްޓެމްބަރު މަހު މާލޭގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަންގައި ރޯކޮށްލުމުން އެކޮމިޝަންގެ ވަރަށް ގިނަ ތާރީޚީ އަދި މުހިއްމު ލިޔެކިޔުންތަކެއް އަނދައިގެން ދިޔަކަން ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން އިންތިޚާބުތަކާއި ބެހޭ މުހިއްމު ގިނަ ލިޔެކިޔުންތަކެއް އަނބުރާ ލިބެން ނެތް ގޮތެއްގައި އަބަދަށް ގެއްލިގެން ދިޔަކަންވެސް ޙަބީބު ފާހަގަކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ޚިދުމަތުން ޙަބީބު ދެ ދައުރު ފުރިހަމަ ކުރައްވައި ވަކިވެ ވަޑައިގެންނެވި އިރު، ޙަބީބު ކޮމިޝަނުގައި ކުރެއްވި މަސައްކަތްތައް އާއްމުންނާއި ކަމުވޮށިގެންވާ ބޭފުޅުން ވަނީ ބަލައިގެންފައެވެ. 

"...އެހެންވީމާ 10 އަހަރުގެ ކޮމިޝަން މެމްބަރު ކަމާއި 11 އަހަރުގެ އިދާރީ މަސައްކަތްތަކުގެ ތެރޭގައި ވަރަށް ގިނަ ޚިދުމަތްތައް ހުންނާނީ ކޮށްދެވިފައެވެ. ކޮންމެވެސް މަޤާމެއްގައި ކޮންމެވެސް އޮފީހެއްގައި ހުންނަވަނިކޮށް އިންތިޚާބަށް ވީއްލި ހިސާބުން ކޮމިޝަނުގެ ނާއިބު ރައީސްކަމާ ހަމައަށެވެ. މި ދެމެދުގައި އިސްމާޢީލް ޙަބީބު ކުރެއްވި މަސައްކަތްތައް އިލެކްޝަންސް ކޮމިޝަނުގައި ދެމި ހުންނާނެއެވެ."

އަދުނާން ޙަލީމް --

"ހަބީބަކީ އިލެކްޝަންސްގެ ހިތޭ ބުނުމަކީ ދޮގަކަށް ނުވާނެ. ކުޑަކާފު ބޮޑުކާފުގެ ޒަމާން އުވާލައި، ރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކަކީ ދިވެހިންނާއި ބޭރު ދުނިޔޭގެ ތާއީދު ލިބިފައިވާ އިންތިހާބުތަކަކަށް ހެއްދެވި މޭސްތިރިއަކީ ހަބީބު.ރާއްޖޭގައި ބާއްވާ އިންތިހާބުތަކަކީ ދެ ފުށް ފެންނަ، ނަޒާހަތްތެރި އިންތިހާބުތަކަށް ހެދުމުގެ މުގުލުގައި ވެސް ހުންނެވި ހަބީބު. ހަބީބަކީ މަޑުމައިތިރި، މަޑުމޮޅި ބޭފުޅެއް. ކުޅަދާނަ، ވިސްނުންފުޅުތޫނު ހިކުމަތާތެެރި ބޭފުޅެއް. ބޮޑާ، ކިބުރުވެރިކަމެއް ނެތް ބޭފުޅެއް.އަބަދުވެސް ކާމިޔާބީއަށް އެދެން."  

ޢަބްދުﷲ ޖަމީލް -- ލެކްޗަރަރ

ނޫން.އެމްވީ ގެ ކޮފީ ވިތު ސުލައިމާން ޕްރޮގްރާމް -

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.