Advertisement

ފެމިލީ ކޯޓު --

15 May 2024
ރިޕޯޓް
ޢަލީ ސުލައިމާން

އާއިލާތަކުގެ ދުވަހުގައި އާއިލާ އާއި ބެހޭ ކޯޓުގެ އިސް ޤާޟީ ހާމަކޮށްދެއްވީ އާއިލާތައް ރޫޅޭ ސަބަބު

ދުނިޔޭގެ އާއިލާ ތަކުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މެއި މަހުގެ 15 ވަނަ ދުވަސް ފާހަގަކުރާއިރު، އާއިލާ އާއި ބެހޭ ކޯޓުގެ އިސް ޤާޟީ ފާހަގަކޮށްދެއްވީ ރާއްޖޭގައި އާއިލާތައް ރޫޅޭ މައިގަނޑުމައްސަލަ ތަކެވެ. އެއީ ޙައްލެއް ނުލިބި ދިގުލާފައިވާ އެތައް މައްސަލަތަކެއްގެ ތެރޭގައި ހިމެނި ނުކުންނަމުން އަންނަ ނަތީޖާއެކެވެ.

2023 ވަނަ އަހަރުގެ ދުނިޔޭގެ ވަރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މުޅި ދުނިޔޭގައިވެސް ވަރި އެންމެ ގިނަ ޤައުމަކީ ދިވެހި ރާއްޖޭގައެވެ. ރާއްޖޭގައި ކުރާ ކައިވެނިތަކަށް ބަލާއިރު، އަހަރެއްގެ ތެރޭގައި ކޮންމެ އެއްހާސް ކައިވެންޏަކުން %5.52 ކައިވެނި ރޫޅެއެވެ. ދުނިޔޭގައި ދެވަނައަށް އެންމެ ވަރިގިނަ ކަޒަކިސްތާނުގައިވެސް އެނިސްބަތް އުޅެނީ، %4.6 ޕަސެންޓްގައެވެ. ދުނިޔޭގައި އެެންމެ ވަރި މަދު ޤައުމަކީ، ދިވެހިރާއްޖެއާ އަވައްޓެރި ސްރީލަންކާއެވެ. ސްރީލަންކާގައި ވަރީގެ ނިސްބަތަކީ އަހަަރަކު ރޫޅެނީ، ކޮންމެ އެއްހާސް ކައިވެންޏަކުން، %0.15 ކައިވެންޏެވެ.

ބައިނަލްއަޤުވާމީ އާއިލާތަކުގެ ދުވަހުގައި، އާއިލާ އާއި ބެހޭ ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު އިބްރާހީމް މާހިރު ދެއްވި މެސެޖުގައި ވަނީ، ރާއްޖޭގައި ވަރި ގިނަވާކަމަށް ފާހަގަކުރެވޭ ސަބަބުތައް ހާމަކުރައްވާފައެވެ. އޭގެތެރެއިން މުހިއްމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ، ޒަވާޖީ ޙަޔާތަށް މިއަދުގެ ޒުވާންޖީލުގެ ހޭލުންތެރިކަން ކުޑަކަމެވެ. އަދި ޒަވާޖީޙަޔާތަށް ތަޢުލީމީ ނިޒާމުގެ ތެރެއިން ހޭލުންތެރިކަން އިތުރު ކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވަރަށް ކުދިކުދި މައްސަަލަތައް ހައްލުނުވެ ގިނަ ދުވަސްވެގެން ގޮސް އާއިލާތައް ރޫޅިގެންދާކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. މިގޮތުން އާއިލީ މައްސަލަތައް ޙައްލުކުރުމުގައި އެކަށީގެންވާ މަސައްކަތެއް ނުކުރެވުމާއި ކަންކަން ޙިއްޞާކުރަންޖެހޭ ގާތް މީހުންގެ މަޝްވަރާ ހޯދިފައި ނުހުންނަކަންވެސް ފާހަގަކުރެއްވިއެވެ.

" އަނބިމީހާ ވަރިކުރުމަށް އެދި ހުށައަޅާ މައްސަލަތަކުގައި، އެކުގައި ދިރިއުޅެން ބޭނުން ނުވާ މައިގަނޑު ސަބަބަކީ، އަނބިިމީހާ ކިޔަމަންތެރި ނުވާތީ ކަމަށް ވަރަށް ގިނަ ފިރިހެނުން ފާހަގަ ކުރެއެވެ. ފިރިމީހާގެ ބަސް އަނބިމީހާގެ ކުރިމަތީގައި ނުވިކޭތީ އާއި ފިރިމީހާއަށް އިޙްތިރާމް ނުކުރާތީ ކަމަށް ބުނެއެވެ. އަނެއްކޮޅުން ވަރިވާން އެދޭ އަންހެނުންގެ ވާހަކަތަކަށް ބަލާއިރު، ފިރިމީހާ އަނބިދަރިންނަށް އަޅާނުލުމަކީ، މައިގަނޑު ސަބަބެއްގެ ގޮތުގައި އަންހެނުން ފާހަގަކުރެއެވެ. ރައްޓެހިންނާއި އެކު ކޮފީތަކުގައި އެތައް ވަގުތެއް ފިރިމީހާ ހޭދަކުރާއިރު، އަނބިމީހާއަށް ވަގުތު ނުދޭ ކަމަށް ބުނެއެވެ. އަނބިމީހާގެ އުދާސްތައް ބޭރުކޮށްލަން އޭނާގެ ވާހަކަ އަހާނެ ކަންފަތެއް ގޭތެރޭގައި ނުލިބޭކަމީ ވަރަށް ގިނަ އަންހެނުންކުރާ ޙައްޤު ޝަކުވާއެެކެވެ."

އާއިލާ އާއި ބެހޭ ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު އިބްރާހީމް މާހިރު

އާއިލާ އާއި ބެހޭ ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު އިބްރާހީމް މާހިރު ވަނީ، މައްސަލަތައް ޙައްލުކޮށް ދަރިންނާއި އެކު އުފާވެރި އާއިލީ ވެއްޓެއްހޯދުމަށް ހިއްވަރު ދިނުމުގެ ބަދަލުގައި، މިފަހަކަށް އައި އަންހެނުންގެ ހައްޤުތައް ހޯދައިދިނުމުގެ ނަމުގައި ކައިވެނިތައް ރޫޅާލުމަށް ހިއްވަރުދޭކަންވެސް ފާހަގަކުރައްވާފައެވެ. އަދި އޭގެ ސަބަބުން އެތައް އަންހެނަކު އިތުރަށް ނިކަމެތިވެ ކުޑަކުދިންގެ ޙައްޤުތަކުން ދަރިން މަޙްރޫމްވާކަންވެސް އިސް ޤާޟީ ފާހަގަކުރައްވާފައިވެއެވެ. އިސް ޤާޟީގެ މެސެޖުގައި ވިދާޅުވީ އެފަދަ މައްސަލަތައް ކޯޓަށް ފާހަގަ ވަނީ، ވަރިވުމަށްފަހު ދަރިން ބެލުމާއި، ދަރިންގެ ޚަރަދާއި، ދަރިންނާ ބައްދަލުކުރުމާއި ގުޅޭގޮތުން ހުށައެޅޭ މައްސަލަތަކުގައި މީހުން ދައްކާ ވާހަކަތަކުން ކަމަށެވެ.

"ކައިވެނި ރޫޅުމަށްފަހު، ދަރިންނާއި ގުޅުންހުރި މައްސަލަތައް ގިނަ ވަނީ، ދަރިންގެ ޙައްޤުތަކަށްވުރެ އެހެން ކަންތައްތަކެއް އިސްކުރެވޭތީއެވެ. އަނެކާގެ ކިބައިން ބަދަލު ހިފުމާއި ޖެއްސުންކުރުމުގެ ރޫޙެއް ގެންގުޅެވޭތީއެވެ. މައިންބަފައިންގެ ލޯތްބާއި އަޅާލުން ލިބުމަކީ، ދަރިންގެ ޙައްޤެއް ކަމާއި، ކައިވެނި ރޫޅުނަސް އެކުދިންގެ ޙައްޤުތަކުން މަޙްރޫމް ނުކުރުމުގެ ވިސްނުން އިސްކުރާނަމަ، ވަރަށް ގިނަ މައްސަލަތައް ކޯޓާއި ހިސާބަށް ނުގޮސް ޙައްލުވާނެއެވެ."

އާއިލާ އާއި ބެހޭ ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު އިބްރާހީމް މާހިރު

މީގެ އިތުރުން އާއިލާ އާއި ބެހޭ ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު އިބްރާހީމް މާހިރުގެ މެސެޖުގައި ވަނީ ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވަމުންދާކަންވެސް ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ގެވެށި އަނިޔާއިން ރައްކާތެރިކޮށްދިނުމުގެ ގޮތުން އަމުރުތައް ނެރެންޖެހޭ މިންވަރު ދަނީ އިތުރުވަމުން ކަމަށެވެ. 

ރާއްޖެއަކީ އާއިލީ މައްސަލަތައް ގިނަވެ އެންމެ ވަރި ގިނަ ޤައުމަށް ވީނަމަވެސް އެކަމަށް އެކަށީގެންވާ ޙައްލެއް ހޯދުމަށް ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިފައި ނެތްކަމުގައި އާއިލީ މައްސަލަތަކާއި ގުޅޭ ގޮތުން ކައުންސެލިން ދޭބޭފުޅުންވެސް ފާހަގަކުރައްވާފައި ވެއެވެ. ދިވެހިރާއްޖޭގައި އާއިލާ އާއިި ބެހޭ ޤާނޫނެއް އޮތް ނަމަވެސް އެ ޤާނޫނުގެ މައިގަނޑު މަފްހޫމަކަށް ވެފައި އޮތީ ޤާނޫނީ ތަޅުތަކެއްގެ ތެރޭގައި މީހުން ހިފަހައްޓައި އޮބަހެއްޓުމެވެ. އޭގެ ސަބަބުން ނުކުންނަ ނަތީޖާ ހިތިކަން ޤާނޫނީ ދާއިރާގެ ބޭފުޅުންވެސް ފާހަގަކުރައްވައެވެ.

ރާއްޖޭގައި އާއިލާތައް ރޫޅި ވަރި ގިނަވާ އެންމެ އަސާސީ އެއް ސަބަބަކީ، އިސްޤާޟީ ފާހަގަކުރެއްވި ފަދައިން ޒަވާޖީ ޙަޔާތަކަށް ޒުވާނުން ތައްޔާރުކުރެވިފައި ނެތުމެވެ. ތަޢުލީމީ މަރުޙަލާއަށް ބަލާއިރު، ދަށު ސާނަވީގެ ގުރޭޑް 9ގެ އިސްލާމް ފޮތުގައި ކައިވެންޏާއި ވަރީގެ ޔުނިޓެއް ހިމަނާފައި އޮތުން ފިޔަވައި ޒަވާޖީ ހަޔާތެއް މުހިއްމު ކަމާއި ކައިވެންޏެއްގެ ޒިންމާތަކާއި މެދު ކިޔަވައި ނިމިގެން ނުކުންނަ ޒުވާނުން ހޭލުންތެރިއެއް ނުކުރެވެއެވެ.

އޭގެ އިތުރުން ރާއްޖޭގައި އާއިލީ މައްސަލަތައް ދިމާ އަނެއް އަސާސީ މައްސަލައަކީ، ދިރިއުޅުމުގެ ޙާލަތެވެ. އެންމެ ބޮޑު ކަމަކީ، ބޯހިޔާވަހިކަމުގެ ދަތިކަމެވެ. އާއިލާއެއް ބިނާކުރުމުގައި އެންމެ އަސާސީ ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމާއި ފުދުންތެރިކަން ހިމެނުނު ނަމަވެސް ރާއްޖޭގައި ސިޔާސަތު ބައްޓަންކުރެވިފައި އޮތީ އެމަގަކަށް ނޫނެވެ. އަދި އެކަމަށް އިސްނަގައިގެން މަސައްކަތް ކުރާތީއެއްވެސް ނުފެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
01 Apr 2025
ޚަބަރު
ޖަލުން ދޫކޮށްލި މީހަކު ބޭބެއަށް ހަމަލާދީގެން ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، ރޭގެ 11:28 ހާއިރުގައި ކަމަށެވެ. އެ މާރާމާރީގައި އަނިޔާވި މީހާއަށް މަޑުއްވަރީ ސިއްޙީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
01 Apr 2025
ޚަބަރު
ޢީދު ފާހަގަކުރުމުގައި ބައިވެރިވި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި
މި އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދު ބޮކި ދިއްލުމާއި، ޢީދު ހަވީރު ބޭއްވުމާއި، ހަވާ އެރުވުމާއި، ދިވެހި ސަގާފަތް ދައްކުވައިދޭ އެތައް ކުލަގަދަ ހަރަކާތްތަކެއް މާލެއާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ. އަދި މިފަދަ ބައެއް ހަރާކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ވަނީ ރައްޔިތުންނާ، ކުޑަކުދިންނާ އަދި ޢާއިލާތަކާ ބައްދަލުކުރައްވައި ވަގުތު ހޭދަކުރައްވާފައެވެ.
30 Mar 2025
ޚަބަރު
ޚާއްޞަ ރަސްމިއްޔާތެއް ބާއްވައި ޢީދަށް ދިއްލާލައިފި
ފިޠުރު އީދަށް މާލެ ސަރަހައްދު ރަސްމީކޮށް މިރޭ ދިއްލާލާފައި ވާއިރު، ޢީދަށް އަތޮޅު ތެރޭގެ ރަށްތައް ދިއްލުމަށްޓަކައި، 28 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި 36 ރަށަކަށް ސަރުކާރުން މި އީދުގައި ޢީދު ލައިޓްތައް ފޮނުވާފައިވެއެވެ.
30 Mar 2025
ޚަބަރު
ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެއްދެވުމަށް ރައީސް އެދިވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، އަޅުގަނޑުމެން ބަލަންވީ ޢީދު ދުވަހަކީ ކުޑަކުދީންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހެދުމަށް ކަމަށާއި، އާއިލާތަކުގެ ގުޅުންތައް ބަދަހިވެ އެއްބަނޑުއެއްބަފައިކަމުގެ ކުލުނުން އާ ރޫޙެއް ލިބޭ ދުވަހަކަށް ހެދުމަށް ކަމަށެވެ. ހަމަ އެހެންމެ، ޒުވާނުންނާއި އިސްރަށްވެހީންނާއި، މުޅި މުޖުތަމަޢުގެ ބައިވެރިވުން ލިބިފައިވާ ދުވަހަކަށް ޢީދު ދުވަސް ވުން މުހިންމު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.