Advertisement

30 May 2024
ފަލަސްތީން
މިފްތާޙް މުޙައްމަދު

"އޯލް އައިސް އޮން ރަފާހް" ކެމްޕެއިނުގައި މިހާތަނަށް 46 މިލިއަނަށް ވުރެން ގިނަ މީހުންގެ އަޑު އުފުލައިފި

އިނގިރޭސި ބަހުން "All eyes on Rafah" ޖެހުމަށްފަހު، ރެފިއުޖީ ޓެންޓްތަކެއް ދައްކުވައިދޭގޮތަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް ފެންނަ ސޯޝަލް މީޑިއާ ސްޓޯރީއަކީ ހޯމަ ދުވަހުން ފެށިގެން ސޯޝަލް މީޑިއާގައި ވަރަށް އާންމުވެފައިވާ ފޮޓޯއެކެވެ. ހަނަފަސް ސަހަރާއެއްގައި މި ޓެންޓުތައް ޖަހާފައިވާއިރު، އޭގެ މާ ދުރުން ފަރުބަދަތަކެއް ވެސް ފެނެއެވެ.

ހޯމަ ދުވަހުގެ ފަހުން ދައުރުވާން ފެށި މި ފޮޓޯ ހަމައެކަނި އިންސްޓަގްރާމްގައި އެކަނި ވެސް މިހާރު 46 މިލިއަނަށް ވުރެން ގިނަ މީހުންގެ ހިއްސާކޮށްފައިވެއެވެ. މި ތަރުހީބު އަދިވެސް އަންނަނީ އިތުރުވަމުންނެވެ.

"All eyes on Rafah" ޖަހާފައިވާ ފޮޓޯއިން ރަމްޒުކޮށްދެނީ، އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ 1.4 މިލިއަނަށް ވުރެން ގިނަ ރައްޔިތުން ބޯހިޔާވަހިކަން ހޯދަމުންދާ ރަފާހްގެ ރެފިއުޖީ ކޭމްޕުތަކެވެ. މި ރެފިއުޖީ ކޭމްޕްތަކަކީ ހުސްއަތާ ތިބި ފަލަސްތީނުގެ ރައްޔިތުން އިޒްރޭލުގެ ބަރު ހަތިޔާރުގެ ހަމަލާތަކުން ސަލާމަތްވުމަށް އޮތް ސަލާމަތުގެ އައްސޭރިއެއްކަމަށް ބެލެވިފައިވީ ނަމަވެސް، މިއީ މިހާރު ބިރުވެރިކަން ވަށާލާފައިވާ ޓެންޓުތަކެކެވެ.

ރަފާހްގެ ރެފިއުޖީ ޓެންޓުތަކުގައި ބިރުވެރިކަން ފެތުރުނީ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް( އައިސީޖޭ) އިން އިޒްރޭލުގެ ހަމަލާތައް ހުއްޓާލުމަށް އަމުރެއް ނެރުންތާ ދެ ދުވަސްފަހުންނެވެ. ސަލާމަތުގެ އައްސޭރިއެއް ކަމަށް ބެލެވިފައި އޮތް ރަފާހުގެ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ބޮން އަޅަން ފެށީ މިދިޔަ އާދީއްތަ ދުވަހުއެވެ. އިޒްރޭލުން ރެފިއުޖީ ކޭމްޕްތަކަށް އަމާޒުކޮށް ދިން ފުރަތަމަ ހަމަލާތަކުގައި ވެސް 45 މީހުން ޝަހީދުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭގެ ފަހުން އަންގާރަ ދުވަހު ރަފާހްއަށް ދިން ބޮމުގެ ހަމަލާއެއްގައި 21 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރެއިން 12 މީހުންނަކީ އަންހެނުންނެވެ. އެއަށްފަހު ބުދަދުވަހުގެ ހެނދުނު އިޒްރޭލުންވަނީ ހެލިކޮޕްޓަރުތަކެއްގައި ގޮސް ރަފާހްއަށް ބޮން އަޅާފައެވެ.

ރަފާހްއަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތަކާ ދެކޮޅަށް ސޯޝަލް މީޑިއާގައި އުފުލަމުންދާ މި އަޑުގައި، ދުނިޔޭގެ މަޝްހޫރު އެތައް ފަންނާނުންނެއް ވެސް މިހާރު އަންނަނީ ބައިވެރިވަމުންނެވެ. އެގޮތުން އެމެރިކާގެ ސުޕަމޮޑެލް ބެލާ ހަދީދް އާއި ނެޓްފިލްކްސްގެ ބްރިގާޓަން ޝޯވއިން އާންމުންގެ މަގުބޫލުކަން ހޯދި އަޔަލޭންޑުގެ ފިލްމީ ތަރި، ނިކޮލާ ކޮފްލާން އާއި އެމެރިކާގެ ކޮމެޑިއަން އަދި ލިޔުންތެރިޔާ ހަސަން މިންހާޖް އާއި ނެޓްފިލްކްސްގެ ސީރީޒެއް ކަމުގައިވާ ބްރޭކިން ބޭޑްގެ އެމެރިކާއަށް ނިސްބަތްވާ އެކްޓަރ، އާރޮން ޕައުލް ހިމެނެއެވެ.

މީގެ އިތުރުން އިނގިރޭސި ފިލްމީ ތަރި ޖަމީލާ ޖަމީލް އާއި އިނގިރޭސި ލަވަކިޔުންތެރިޔާ ޑުއަ ލިޕާ ވެސް ހިމެނެއެވެ. އަދި ބޮލީވުޑަށް ބަލާލާއިރު، ވަރުން ދަވަން، ޕްރިޔަންކާ ޗޯޕްރާ، އާލިޔާ ބަޓް އަދި ކަރީނާ ކަޕޫރު ވެސް ވަނީ އިޒްރޭލުން ދެމުންގެންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ކުރިޔަށްދާ ކެމްޕެއިނުގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލާފައެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދޭންފެށިތާ ހަތް މަސް ދުވަސް ފާއިތުވެ ގޮސްފައިވާއިރު، މީގެ ކުރިން މިވާހަކަ ދައްކާފައިނުވާ އެތައް ބަޔަކު، މި ފޮޓޯއާއެކު އެމީހުންގެ އަޑު އުފުލަން ފެށީ ކީއްވެ ބާވައެވެ؟ މީގެ ކުރިން މިކަން ހިނގަމުންދާކަން ގިނަ މީހުނަށް ނޭންގެނީބާއޭ ހިތަށް އަރައެވެ.

ބެލެވޭގޮތުން، މި ފޮޓޯ ސޯޝަލް މީޑިއާގައި އެހާ ބޮޑަށް ވައިރަލްވެ، ގިނަ ބަޔަކު މި ކެމްޕެއިންގައި ބައިވެރިވީ، އިޒްރޭލުން ހަނގުރާމައިގެ ބޮޑެތި ޖަރީމާތައް ކަމުގައިވާ ކުޑަކުދިންނާއި އަންހެނުން މެރުމުގެ އިތުރުން، ކުޑަ ކުދިންގެ ބޯ ބުރިކުރާ މަންޒަރު މުޅި ދުނިޔެއަށް ޔަގީންވެގެން ދިއުމެވެ.

މިކަން މިހެން މެދުވެރިވެދާނެ އަނެއް ސަބަބަކީ، ދައުރުވަމުން މިދާ ފޮޓޯއިން ފެންނަ މަންޒަރުތަކަކީ ކޮންމެ މީހަކަށް ވިޔަސް ބަލާލަން އުނދަގޫ މަންޒަރަކަށް ނުވުމެވެ. އާންމު ގޮތެއްގައި މި ހަނގުރާމައާ ގުޅޭ މަންޒަރުތައް ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯތަކަކީ ހިތްތަކަށް ފުން އަސަރުކޮށް، މުޅި ވިސްނުމާ ފިކުރު ހަމައެކަނި އެކަމަށް ދުއްވާލެވޭހާ އުނދަގޫ މަންޒަރުތަކާ އަޑުތައް ހިމެނޭ ފޮޓޯ އާއި ވީޑިއޯއެވެ.

އަދި މީގެ އިތުރުން، މިކަން ވައިރަލް ވުމުގެ އިތުރު ސަބަބެއްކަމަށް ބެލެވެނީ، މި ފޮޓޯ ޝެއަރ ކުރުމަށް ފަސޭހަވުމެވެ.

މިއިން ކޮންމެ ސަބަބަކާ ހެދި ނަމަވެސް، އިޒްރޭލުގެ މި ހަމަލާތަކަށް މުސްލިމުންގެ އިތުރުން އެހެން ދީންތައް ގަބޫލުކުރާ މީހުންވެސް ނުރުހެން ފަށައިފިކަން މިހާރު ޔަގީންވެއްޖެއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީއިން ހާމަކުރާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ހިންގަމުންދާ ޖަރީމާގައި 36،000 އަށް ވުރެން ގިނަ މީހުން މިހާތަނަށް ޝަހީދުވެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.