Advertisement

30 Aug 2024
އޫއެފާ ޗެމްޕިއަންސް ލީގް
މިފްތާޙް މުޙައްމަދު

36 ޓީމާއެކު ޗެމްޕިއަންސް ލީގު ދެން ކުޅޭނެ ފޯމެޓް އިނގޭތަ؟

ކްލަބުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފުވެރި މުބާރާތް އަދި ދުނިޔޭގެ އެންމެ ފޯރިގަދަ ކްލަބް ކޮމްޕެޓިޝަން ކަމުގައިވާ، ޗެމްޕިއަންސް ލީގުގެ ގުރުއަތު ނެގުން ބުރާސްފަތި ދުވަހު މޮނާކޯގައި ބާއްވާފައިވާއިރު، 36 ކްލަބާ އެކީ މި ފަހަރުގެ މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތަފާތު ފޯމެޓަކަށެވެ.

ކުރިން މުބާރާތުގައި ވާދަކުރާ 32 ޓީމު 8 ގްރޫޕަށް ބަހާލައިގެން ކުޅެމުން ދިޔަ ގްރޫޕް ސްޓޭޖު މެޗުތަކެއް މި ފަހަރަކު ނުކުޅޭނެއެވެ. އޭގެ ބަދަލުގައި ނޮކްއައުޓް ބުރަށްދާ ޓީމުތައް ހޮވުމަށް، ގްރޫޕް ސްޓޭޖުގެ ބަދަލުގައި ދެން ކުޅޭނީ 36 ޓީމުގެ ލީގެކެވެ. މިއީ ލީގު ފޭސްއެވެ.

ޗެމްޕިއަންސް ލީގުގެ ލީގު ފޭސް

ލީގު ފޭސްގައި ކޮންމެ ޓީމެއް 8 މެޗު ކުޅޭނެއެވެ. މި 8 މެޗު ވެސް ކުޅޭނީ ތަފާތު 8 ޓީމާއެވެ. މި މެޗުތަކުގެ ތެރެއިން 4 މެޗު ކޮންމެ ޓީމެއްގެ އަމިއްލަ ދަނޑުގައި ކުޅޭއިރު، އަނެއް 4 މެޗު ކުޅޭނީ އިދިކޮޅު ޓީމުގެ ދަނޑުގައެވެ.

ބުރާސްފަތި ދުވަހު މުބާރާތުގެ ގުރުއަތުލުން ބާއްވާފައިވާއިރު، ހުރިހާ ޓީމުތަކެއް ވެސް ލީގު ފޭސްގައި ކުޅޭނެ ޓީމުތައް މިހާރު ވަނީ ކަނޑައަޅާފައެވެ. އެ ޓީމެއްގެ ޑޮމެސްޓިކް ލީގުގެ ރޭންކަށް ބަލައި، މި ގުރުއަތު ނަގާފައިވަނީ 4 ޕޮޓަކަށް ޓީމުތައް ބަހާލުމަށްފަހުއެވެ. ކޮންމެ ޓީމަކާ، މިތަނުން ކޮންމެ ޕޮޓަކުން 2 ޓީމު ބައްދަލުކުރަންޖެހޭނެއެވެ. އަދި ކޮންމެ ޕޮޓަކުން ނަގާ ދެ ޓީމުގެ ތެރެއިން އެއް ޓީމާ ބައްދަލުކުރާނީ އަމިއްލަ ދަނޑުގައެވެ. އަދި އަނެއް ޓީމާ ބައްދަލުކުރާ މެޗު ކުޅޭނީ އެ ޓީމުގެ ދަނޑުގައެވެ. އެހެން ކަމުން އެކި ފެންވަރުގެ ޓީމުތަކާއެކު "ހޯމް އެންޑް އަވޭ" މެޗުތައް ކޮންމެ ޓީމެއް ވެސް ކުޅޭނެއެވެ.

ލީގު ފޭސްގައި މޮޅުވާ ޓީމަކަށް 3 ޕޮއިންޓު ލިބޭއިރު، އެއްވަރުވާ މެޗަކަށް ލިބޭނީ ހަމަ ކުރިން އޮތް ހެން 1 ޕޮއިންޓެވެ.

ޗެމްޕިއަންސް ލީގުގެ ނޮކް އައުޓް ފޭސް

ލީގު ފޭސްގައި ލިބުނު ރޭންކަށް ބަލައި ނޮކް-އައުޓް ފޭސްއަށް ޓީމުތައް ދަތުރު ކުރާ ގޮތް ތަފާތު ވާނެއެވެ. އެ ގޮތުން ލީގުގެ 1 ވަނަ އިން 8 ވަނައަށްދާ ޓީމުތައް ސީދާ ގަދަ-16 އަށް ދަތުރު ކުރާނެއެވެ. ގަދަ-16 އަށް ދަތުރު ކުރާ އަނެއް 8 ޓީމު ކަނޑައަޅާނީ ގްރޫޕް ފޭސްގެ 9 ވަނަ އާއި 24 ވަނައަށް ދާ ޓީމުތަކުގެ މެދުގައި ކުޅޭ "ހޯމް އެންޑް އަވޭ" ނޮކް-އައުޓް ޕްލޭ-އޮފަކަށް ފަހުއެވެ.

އަދި ލީގު ފޭސްގައި 25 ވަނައިން 36 ވަނައަށް ދިޔަ ޓީމުތައް މުބާރާތާއި އަލްވަދާއު ކިޔަން ޖެހޭނެއެވެ.

ނޮކް-އައުޓް ޕްލޭ-އޮފް ބުރުގައި 9 ވަނަ އިން 16 ވަނައަށް ދިޔަ ޓީމުތައް ކުޅޭނީ 17 ވަނައިން 24 ވަނައަށް ދިޔަ ޓީމުތަކާ ދެކޮޅަށެވެ. މިތަނުން 9 ވަނަ އިން 16 ވަނައަށް ދިޔަ ޓީމުތަކަށް އޮތް އެޑްވަންޓޭޖަކީ، ފަހު ލެގު އެ ޓީމުތަކުގެ ދަނޑުގައި ކުޅޭ ގޮތަށް ނިންމާފައި އޮތުމެވެ.

ޕްލޭ-އޮފް މެޗުތައް އެގްރިގޭޓުން ކާމިޔާބުކުރާ ޓީމުތައް ގަދަ-16 އަށް ދަތުރު ކުރާނެއެވެ. އަދި އެއަށްފަހު ދެން މުބާރާތް ކުރިޔަށް ދާނީ ކުރިން ވެސް ނޮކް-އައުޓް މެޗުތައް ކުރިޔަށް ގެންދިޔަ ގޮތަށެވެ. އެއީ "ހޯމް އެންޑް އަވޭ" އުސޫލުންނެވެ. އަދި ފައިނަލް މެޗު ކުޅޭނީ ޔޫއެފާއިން ކަނޑައަޅާ ނިއުޓްރަލް ދަނޑެއްގައެވެ.

2024/25 ސީޒަނުގެ ލީގު ފޭސްގެ މެޗުތަކުގައި ޓީމުތައް ވާދަކުރާނެ ގޮތް:

ޕޮޓް-1 ގައި ހިމެނުނު ޓީމުތައް ބައްދަލު ކުރާނެ ޓީމުތައް، ގްރެފިކްސް: ޗެމްޕިއަންސް ލީގު

ޕޮޓް-2 ގައި ހިމެނުނު ޓީމުތައް ބައްދަލު ކުރާނެ ޓީމުތައް، ގްރެފިކްސް: ޗެމްޕިއަންސް ލީގު

ޕޮޓް-3 ގައި ހިމެނުނު ޓީމުތައް ބައްދަލު ކުރާނެ ޓީމުތައް، ގްރެފިކްސް: ޗެމްޕިއަންސް ލީގު

ޕޮޓް-4 ގައި ހިމެނުނު ޓީމުތައް ބައްދަލު ކުރާނެ ޓީމުތައް، ގްރެފިކްސް: ޗެމްޕިއަންސް ލީގު

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.