Advertisement

21 Apr 2024
ރައްޔިތުންގެ މަޖިލިސް
މިފްތާޙް މުޙައްމަދު

ނަވާރަ ވަނަ މަޖިލިސް އިންތިހާބުގެ ބައެއް އުސްއަލިތައް

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިއަދު ދިވެހިރާއްޖޭގައި ކުރިޔަށްދާއިރު، މީގެ ފަސް އަހަރު ކުރިން ބޭއްވި ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ބައެއް ކަންކަމުގެ އުސްއަލިތަކަށް ބަލައިލަމާ ހިނގާށެވެ. އެ އިންތިހާބުގެ ބައެއް ތަފާސް ހިސާބުތަކުން ޝައުގުވެރި ކުރަނިވި ކަންތައްތަކެއްގެ ހަނދާން އާވެގެން ދިޔައެވެ.

06 އެޕްރީލް 2019 ވަނަ އަހަރު ބާއްވާފައިވާ މި އިންތިހާބުގައި ވާދަކޮށްފައިވަނީ، 87 ދާއިރާއަކަށް ޖުމްލަ 386 ކެނޑިޑޭޓުންނެވެ

އިންތިހާބުވި އަންހެން ކެނޑިޑޭޓުންގެ އަދަދު ދަށަށް:

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވުރެން ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރި އަންހެން ކެނޑިޑޭޓުންގެ އަދަދު ގިނަ ނަމަވެސް، ނަވާރަ ވަނަ މަޖިލީހަށް އިންތިހާބުވި އަންހެން މެންބަރުންގެ އަދަދު މަދެވެ. އެގޮތުން، އަށާރަ ވަނަ މަޖިލީހަށް 5 އަންހެން ކެނޑިޑޭޓުން ގޮވުނުއިރު، ނަވާރަ ވަނަ މަޖިލީހަށް ހޮވިފައިވަނީ 4 އަންހެން ކެނޑިޑޭޓުންނެވެ.

އިންތިހާބުގައި ވާދަކުރި/ކާމިޔާބުކުރި ފިރިހެން ކެނޑިޑޭޓުން: 349 / 83

އިންތިހާބުގައި ވާދަކުރި/ ކާމިޔާބުކުރި އަންހެން ކެނޑިޑޭޓުން: 37 / 4

މި ދެ އިންތިހާބާ އަޅާކިޔާއިރު، ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ އަންހެން ކެނޑިޑޭޓުންގެ އަދަދު، އެ ދެ އިންތިހާބަށް ވުރެން ވެސް ދަށެވެ. މި އަހަރު 4 ޕާޓީއަކުން ވާދަކުރަނީ 22 އަންހެން ކެނޑިޑޭޓުންނެވެ.

ވާދަކުރި ނިސްބަތަށް ބަލާއިރު، އެންމެ ކުޑަ އިންސައްތައެއް އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓުންނަށް:

2019 ވަނަ އަހަރުގެ އިންތިހާބުގައި އަމިއްލަ ގޮތުން 190 ކެނޑިޑޭޓަކު ވާދަކޮށްފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން އިންތިހާބުވީ އެންމެ 7 ކެނޑިޑޭޓުންނެވެ. މިއަހަރުގެ އިންތިހާބުގައި އަމިއްލަ ގޮތުން 130 ކެނޑިޑޭޓަކު ވާދަކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ 20 އަންހެން ކެނޑިޑޭޓަކާއި، 110 ފިރިހެން ކެނޑިޑޭޓެކެވެ.

އެ އިންތިހާބުގައި އެންމެ ބޮޑު ކާމިޔާބެއް ހޯދާފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން 86 ކެނޑިޑޭޓަކު ވާދަކޮށްފައިވާއިރު، އޭގެ ތެރެއިން 65 ކެނޑިޑޭޓަކު ވަނީ އިންތިހާބު ކާމިޔާބުކޮށްފައެވެ. އެއީ މަޖިލީހުގެ %75 އެވެ. މިއާއެކު އެމްޑީޕީއަށް މަޖިލީހުގައި ސުޕަރ މެޖޯރިޓީ ލިބިގެން ދިޔައެވެ.

އެއްވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވޭ 4 ޕާޓީއެއް:

އިންތިހާބުގައި ޖުމްލަ 9 ސިޔާސީ ޕާޓީއަކާއި އަމިއްލަ ގޮތުން ވާދަކުރެއްވި ގިނަ ކެނޑިޑޭޓުންތަކެއް ފެނިގެން ދިޔައިރު، އިންތިހާބުގައި ވާދަކުރި 4 ޕާޓީއަކަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)، އަދާލަތު ޕާޓީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަދި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އެވެ

އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރީ މާފަންނު ހުޅަނގަށް:

ނަވާރަ ވަނަ މަޖިލީހުގެ އިންތިހާބުގައި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރި މާފަންނު ހުޅަނގު ދާއިރާއަށެވެ. އެ ދާއިރާއަށް ޖުމްލަ 10 ކެނޑިޑޭޓަކު ކުރިމަތިލާފައިވެއެވެ. މި ދާއިރާއަށް އިންތިހާބުވެފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓު މުހައްމަދު ފަލާހުއެވެ. އެ ދާއިރާއިން ވޯޓު ލުމަށް ނިކުތް 2،380 މީހުންގެ ތެރެއިން، 1،218 މީހަކު ވަނީ ފަލާހުއަށް ވޯޓު ދީފައެވެ. އެއީ ވޯޓުލީ މީހުންގެ %51.18 އެވެ.

އެންމެ މަދުން ވޯޓު ލިބިގެން ހޮވުނީ ހުސެއިން ގާސިމް:

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން އެންމެ މަދުން ވޯޓު ލިބިގެން ހޮވުނީ ކެޔޮދޫ ދާއިރާގެ މެންބަރު ހުސެއިން ގާސިމްއެވެ. އޭނާއަށް ލިބިފައިވަނީ ޖުމްލަ 388 ވޯޓެވެ. އެއީ %50 ވޯޓެވެ. މި ދާއިރާއަށް 5 ކެނޑިޑޭޓަކު ވާދަކޮށްފައިވާއިރު، ޖުމްލަ 772 ފަރާތަކުން ވަނީ ވޯޓު ލުމުގެ ހައްގު އަދާކޮށްފައެވެ.

އެންމެ ގިނަ ވޯޓު ނާޒިލްއަށް:

އެ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯދާފައިވަނީ ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އިބްރާހިމް ނާޒިލްއެވެ. އޭނާ ޖުމްލަ 1،931 ވޯޓު ހޯދާފައިވާއިރު، އެއީ ވޯޓު ލީ މީހުންގެ %70 ވޯޓެވެ. މި ދާއިރާގައި ވޯޓު ލުމުގެ ހައްގު އަދާކޮށްފައިވަނީ 2،747 މީހުންނެވެ. 

އެންމެ ބޮޑު އިންސައްތަ ވައްޑޭއަށް:

އެންމެ ބޮޑު އަގުލަބިއްޔަތަކުން 19 ވަނަ މަޖިލީހަށް އިންތިހާބުވެފައިވަނީ، ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަޙީދެވެ. ޖުމްލަ 2،584 މީހުން ވޯޓުލުމަށް ނިކުމެފައިވާއިރު، ވޯޓު ލީ މީހުންގެ %75.87 ގެ ވޯޓު ވަނީ އޭނާއަށް ލިބިފައިވެއެވެ. އެއީ 1،443 ވޯޓެވެ.

80% މީހުން ވޯޓުލާން ނިކުތް:

ފާއިތުވި ތިން މަޖިލިސް އިންތިހާބުގައި ވެސް، އެއް އަހަރަށް ވުރެން އަނެއް އަހަރެއްގައި ނިސްބަތުން ވޯޓުލާން ނިކުންނަ މީހުންގެ އަދަދު ގިނަވަމުން އަންނައިރު، މިދިޔަ މަޖިލިސް އިންތިހާބުގައި %80 މީހުން ވަނީ ވޯޓު ލުމަށް ނިކުމަފައެވެ. 2014 ވަނަ އަހަރު އޮތް އިންތިހާބުގައި ނިކުމެފައިވަނީ %78.8 މީހުނެވެ. އަދި 2009 ގައި ނިކުތީ %95 މީހުނެވެ. 

ވޯޓުލުމަށް ޝަރުތު ފުރިހަމަވާ 264،442

ވޯޓުލުމަށް ނިކުތް 212،079

އޮޕޮޒިޝަނަށް އެންމެ މަދު ގޮނޑި ލިބުނު އިންތިހާބު:

އިދިކޮޅުގައި އޮތް ޕީޕީއެމް ޕީއެންސީއިން ޖުމްލަ 46 ކެނޑިޑޭޓަކު ވާދަކޮށްފައިވީ ނަމަވެސް، އިންތިހާބު ކާމިޔާބު ކުރެވިފައިވަނީ 8 ކެނޑިޑޭޓަކަށެވެ. އިދިކޮޅަށް ގެއްލުނު ގޮނޑިތަކުގެ ތެރޭގައި ފުނަދޫ ދާއިރާއަށް ވާދަކުރެއްވި އަބްދުއްރަޙީމް އަބްދުﷲގެ ގޮނޑިއާއި ވިލިމާލެ ދާއިރާއަށް ވާދަކުރެއްވި އަޙުމަދު ނިހާން ހުސެއިން މަނިކުގެ ގޮނޑި ހިމެނެއެވެ

ރައީސްކަން ކުރެއްވި ބޭފުޅަކު ފުރަތަމަ ފަހަރަށް މަޖިލީހަށް:

މައްޗަންގޮޅި މެދުދާއިރާއަށް ވާދަކުރެއްވި ރައީސް މުޙައްމަދު ނަޝީދު އެ ގޮނޑިއަށް އިންތިހާބުވުން ވެގެންދިއައީ ތާރީހީ ކަމަކަށެވެ. ޖުމްލަ 1،136 ވޯޓު ލިބިވަޑައިގެން، %54 ގެ އަގުލަބިއްޔަތަކުން އެ މަނިކުފާނު ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވުމުން، އެ މަނިކުފާނު ވެގެން ދިޔައީ ރާއްޖޭގައި ވެރިކަން ކުރުމަށްފަހު މަޖިލީހަށް އިންތިހާބުވި ފުރަތަމަ ރައީސްއަށެވެ

އިންތިހާބުވި ކެނޑިޑޭޓުންގެ ތެރޭގައި 2 ދެމަފިރިން ހިމެނޭ:

އިންތިހާބު ކާމިޔާބު ކުރެއްވި 1 ދެމަފިރިންނަކީ ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް އާއި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއެވެ. އަނެއް ދެމަފިރިންނަކީ ތުޅާދޫ ދާއިރާއަށް އިންތިހާބުވި ހިސާން ހުސެއިން އާއި ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އިބްރާހިމް ނާޒިލްއެވެ. މި ހުރިހާ ބޭފުޅުން ވެސް ތަމްސީލު ކުރައްވަނީ އެމްޑީޕީއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
23 Mar 2025
ޚަބަރު
މަސައްކަތްތައް ނުފެށި އުޅެނިކޮށް ޑިވެލޮޕްމެންޓް ބޭންކުގެ ވެރިން އިސްތިއުފާ ދެއްވައިފި
މރ. ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމަށް ހަމަޖެއްސެވީ ހުސްވި އަހަރުގެ އޯގަސްޓް މަހުގައެވެ. އޭނާއަކީ، ބޭންކިންގ ދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެެވެ.
23 Mar 2025
ޚަބަރު
ހައްޔަރުކުރި އިމިގްރޭޝަން އޮފިސަރުންގެ ބަންދު އިތުރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލްކޯޓަށް ޙާޟިރުކުރުމުން އެތިން މީހުންގެ ތެރެއިން ދެމީހަކު 10 ދުވަހަށް އަދި އަނެއް މީހާ ތިން ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުދީފައިވާ ކަމަށެވެ.
23 Mar 2025
ޚަބަރު
ޝަމްޢާންގެ ބަންދަށް 15 ދުވަސް ޖަހައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ޝަމްޢާންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކުރުމުގެ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުދީފައިވާ ކަމަށެވެ. ފުލުހުން ޝަމްޢާން ހައްޔަރުކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލއިގެ ބަޔާންތައް ނެގުމަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގއަށް ހާޟިރުކުރުމަށްފަހުގައި އޭނާ ގެއަށް ދިޔަތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.
23 Mar 2025
ޚަބަރު
ސްޓެލްކޯއަށް ރެކޯޑް އަދަދަކަށް ފައިދާ ވެއްޖެ
2023 ވަނަ އަހަރު ސްޓެލްކޯއަށް 171.9 މިލިޔަން ރުފިޔާގެ ގެއްލުމާއި ކުރިމަތިވިއެވެ. އެހެން ސަރުކާރު ބަދަލުވެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު ކަމުގެ މަޤާމާއި ޙުސައިން ފަޙުމީ ހަވާލުވެވަޑައިގެންނެވުމަށްފަހުގައި މި ނިމުނު އަހަރުގެ ތެރޭގައި ސްޓެލްކޯ ވަނީ ގެއްލުމުން އަރައިގަނެ އަލުން ފައިދާވާ ކުންފުންޏަކަށް ވެފައެވެ.