Advertisement

މިއަހަރުގެ އޭޕްރީލް މަހުގެ ބަންދު ދުވަސްތައް --

19 Mar 2024
ރިޕޯޓް
ޢަލީ ސުލައިމާން

އޭޕްރީލްމަހުގައި ސަރުކާރު ބަންދު 19 ދުވަސް، ސަރުކާރު މުވައްޒަފުންނަށް ބޮޑު ޗުއްޓީއެއް!

ރާއްޖޭގެ އިދާރީ ހިންގުމުގައި އެއްމަހެއްގެ ތެރޭގައި، ސަރުކާރު މުވައްޒަފުންނަށް އެންމެ ގިނަ ބަންދު ދުވަސް ލިބޭ މަހަށް މިފެށޭ އޭޕްރީލް މަސް ވެގެންދާނެއެވެ. މިގޮތުން އޭޕްރީލް މަހުގައި ހިމެނެނީ 30 ދުވަހަށް ވާއިރު، އެމަހުގެ ހަފްތާ ބަންދާއި އެކު، އެމަހުގެ 19 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެވެ.

އޭޕްރީލް މަހަކީ މިހާ ސަރުކާރު ބަންދު ދުވަސްތަކާއި، ރަސްމީ ބަންދު ދުވަސްތައް ގިނަ މަހަކަށްވެގެން ދިޔައީ ތިން ކަމަކާއި ގުޅިގެންނެވެ. ފުރަތަމަ ކަމަކީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ހަމަޖެއްސެވުމެވެ. ދެވަނަ ކަމަކީ އެއާއިއެކު އޭޕްރީލް މަހުގެ ތެރެއަށް ފިޠުރު އީދު ބަންދު ދުވަސްތައް އައުމެވެ. ތިންވަނަކަމީ، މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އިލެކްޝަންސް ކޮމިޝަނުން އޭޕްރީލް މަހުގެ 21ވާ އާދީއްތަ ދުވަހު ބޭއްވުމަށް ނިންމާފައިވާތީ އެދުވަހާއި އަދި އެދުވަހާއި ވިދިގެން އަންނަ ދުވަސްވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައެޅުއްވުމެވެ.

ރަމަޟާން މަހުގެ ފަހު 21 ވަނަ ދުވަސް ދިމާވަނީ، މާރިޗު މަހުގެ 31 ވަނަ ދުވަހާއި އެވެ. އެހެންވެ މާރިޗު މަހުގެ އެންމެ ފަހު ހަފްތާ ބަންދު ފެށޭ 29 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުުގެ 13ވާ ހޮނިހިރު ދުވަހާއި ހަމައަށް ފިޠުރުއީދު ބަންދާއި އެކު ސަރުކާރު މުވައްޒަފުންނަށް މެދު ނުކެނޑި 16 ދުވަސް ރަސްމީ ބަންދުވާނެއެވެ.

އަދި ޖެހިގެން އަންނަ ހަފްތާ ބަންދު، އޭޕްރީލް 19އިން 22އަށް ހަތަރު ދުވަސް ސަރުކާރު ބަންދުވާނެއެވެ. އޭޕްރީލްމަހުގެ އެންމެ ފަހު ހަފްތާ ބަންދަކީ، އޭޕްރީލް މަހުގެ 26 އަދި 27 ވަނަ ދުވަހެެވެ.

ސަރުކާރުން ބަންދު ދުވަސްތައް ކަނޑައެޅުމުގައި މިގެންނެވި ބަދަލާއި އެކު، އޭޕްރީލް މަހުގައި ޖުމުލަ 19 ދުވަހަކީ ސަރުކާރުގެ މުވައްޒަފުންނަށް ބަންދު ދުވަސްތަކެވެ. އަދި ރަސްމީ ދުވަހުގެ ގޮތުގައި ސަރުކާރު މުވައްޒަފުން ވަޒީފާއަށް ނުކުންނަށް ޖެހޭނީ 11 ދުވަހުގައެވެ.

މިފެށޭ އޭޕްރީލް މަހަކީ، ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް އެންމެ ގިނަ މަހަށް ވުމުގެ އިތުރުން، ސަރުކާރު މުވައްޒަފުންނަށް، ލިބޭ ރަސްމީ ބަންދު ދުވަސްތަކުގެ އެލަވަންސް ފައިސާ އެންމެ ގިނައިން ލިބޭނެ މަހަށްވެސް ވެގެންދާނީ އޭޕްރީލްމަހަށް ވެގެންދާނެއެވެ. އެހެންކަމުން މިފެށޭ އޭޕްރީލް މަހަކީ، ސަރުކާރުގެ މުވައްޒަފުންނަށް ވަރަށް ނަސީބު ރަނގަޅު މަހެކެވެ. އެހެން ނަމަވެސް ސަރުކާރު ބަންދު ދުވަސްތައް ގިނަ ކަމުން އެޗުއްޓީ ޗުއްޓީއެއްގެ ގޮތުގައި އިދާރާތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ނުލިބޭނެ ކަމުގައި މިހާރުވެސް ބައެއް މުވައްޒަފުން ދަނީ ބުނަމުންނެވެ.

އޭޕްރީލް މަހުގެ ތެރޭގައި ގިނަ ބަންދު ދުވަސްތަކެއް އަންނާތީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދަތި ނުވެ ކަންކަން ކުރިޔަށް ގެންދެވޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރު އިދާރާތަަކަށް އަންގަވާފައެެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.