ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
28 Dec 2023
ޚަބަރު
އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ސަރުކާރު ހިންގާ ޕާޓީއާ ގުޅެނީ
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ހިމެނޭ، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވަނީ، މިހަފްތާގައި އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އޭނާވެސް ޕީއެންސީއާ ގުޅިވަޑައިގެންނެވި ވާހަކަތައް ފެންމަތިވިޔަސް އެކަމަށް އޭނާ ޖަވާބެއް ނުދެއްވައެވެ. އެހެން ނަމަވެސް ޝަރީފް އެމްޑީޕީން ވަކިވެވަޑައިގެންނެވި ފަހުން، މެލޭޝިޔާ އެމްބަސީގައި މަސައްކަތްކުރައްވަމުން ގެންދަވާ އޭނާގެ ދަރިކަނބަލުންގެ ވަޒީފާގެ މުއްދަތު މިސަރުކާރުން އިތުރުކޮށްދިނެވެ.
27 Dec 2023
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާ މާދަމާ
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ފަހު ޖަލްސާ މާދަމާ ބާއްވަން ތައާވަލުކުރަން ނިންމައިފިއެވެ.
26 Dec 2023
ޚަބަރު
މަވޯޓާ ޝަރީފް އަނެއްކާވެސް އެމްޑީޕީން ވަކިވެވަޑައިގެންފި
އޭނާ އެމްޑީޕީން ވަކިވެ ވަޑައިގެން އެޕާޓީގެ ޗެއަރޕަރސަންއަށް ފޮނުއްވާފައިވާ ސިޓީގައި ބަޔާން ކުރައްވާފައި ވަނީ، އެމްޑީޕީން ވަކިވެ ވަޑަިއގެންނެވީ އޭނާގެ ދާއިރާއަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ކަމަށެވެ.
20 Dec 2023
ޚަބަރު
ދައުލަތުގެ އެންމެ މަތީމަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މަޖިލީހުގެ މެމްބަރުންގެ މުސާރަތައް ބޮޑުކުރުމަށް ފާސްކޮށްފި
ރައްޔިތުން މާލިއްޔަތު ކޮމިޓީ މުސާރަ ބޮޑުކޮށްފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބާއި، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށާއި ކައުންސިލަރުންށެވެ.
18 Dec 2023
ޚަބަރު
މެމްބަރު ޝިފާއުއަށް މަރުގެ އިންޒާރުދިނުން ކުއްވެރިކޮށް އެމައްސަލަ ބެލުމަށް އެމްޑީޕީން ގޮވާާލައިފި
އެމްޑީޕީން މިރޭ ނެރުނު ބަޔާނުގައި ބުނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް އެމެމްބަރުންގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން އެ މެމްބަރުން ހާމަކުރައްވާ ހިޔާލުތަކާއި، މަޖިލީހުގައި ކުރައްވާ މަސައްކަތްތަކާ ގުޅިގެން މަރުގެ އިންޒާރުދިނުން މި ޕާޓީން ހަރު އަޑުން ކުއްވެރިކުރާކަމަށެވެ. އަދި ޝިފާޢުއަށް މަރުގެ އިންޒާރު ދީފައިވާތީ އެކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނަށް ގޮވާލާކަމުގައިވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
18 Dec 2023
ޚަބަރު
މމަޖިލީހުގެ ނިންމުން ޤާނޫނު އަސާސީއާ ޚިލާފުކަމަށް ވިދާޅުވެ ޤާސިމް ތަޅުމުގައި އަޑުގަދަ ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިޞްލާޙުތައް، ޢާންމު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްގައިވެސް ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ އެއީ ޤާނޫނު އަސާސީއާ ޚިލާފު އިސްލާޙްތަކެއް ކަމަށެވެ.
18 Dec 2023
ޚަބަރު
ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް މަޖިލީހަށް ހުށައަޅައިފި
ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް މަޖިލީހުން ފާސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ރައްޔިތުންގެ މަޖިލީހަށް މިހުށައެޅުއްވީ، އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް ރުހުން ހޯއްދެވުމަށް ފޮނުއްވި މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމައި މަޖިލީހުގެ މިއަދު ޖަލްސާއަށް އެޖެންޑާ ކުރުމަށްފަހުގައި، އެމައްސަލަ އަނބުރާ ކޮމިޓީއަށް މަޖިލީހުގެ ރައީސް ފޮނުއްވާލައްވާފައި ވަނިކޮށެވެ.
18 Dec 2023
ރައްޔިތުންގެ މަޖިލިސް
އެމްޑީޕީގެ މެމްބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ވަކިކުރުމުގެ ފުރުޞަތު ފަހިވާގޮތަށް މަޖިލީގުގެ ޤަވާއިދަށް ގެނައި އިސްލާޙްތައް ފާސްކޮށްފި
އަލަށް ގެނައި އިސްލާޙްތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ، 49 ވަނަ މާއްދާގެ ފަހަތަށް 3 އަކުރެއް ވަނީ އިތުރުކޮށްފައެވެ. މިއިސްލާޙްތައް ހުށައަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޢުއެވެ.
18 Dec 2023
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ މިދައުރު ޑިސެމްބަރު 28 ވަނަ ދުވަހާއި ހަމައަށް ކުރިޔަށް ގެންދިޔުމަށް ފާސްކޮށްފި
މަޖިލީހުގައި މިހުށައެޅުމަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުން ވޯޓު ދެއްވީ މަޖިލީހުގެ ދައުރު ދިގުކުރަން ފެންނަ ކަމަށެވެ، މިހުށައެޅުމާއި ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
18 Dec 2023
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޢަޒުލްކުރުމުގެ މައްސަލަ ހުށައަޅުއްވާނެ ކަމުގައި އިހަވަންދޫ ދާއިރާގެ މެމްބަރު ވިދާޅުވެއްޖެ
ޝިފާޢު ވިދާޅުވީ، މިއަދު މަޖިލީހުން ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ ރައީސް އަޒުލުކުރުމުގެ މަސައްކަތްކަން، ކަށަވަރުގެ ޔަޤީންވާ ކަމަށެވެ. މިގޮތުން ސަރުކާރަށް މިވީ އެއް މަސްދުވަހުގެ ތެރޭގައި ސަރުކާރުން ޤާނޫނާއި ޚިލާފަށް ކޮށްފައިވާ ކަންކަން ޝިފާޢު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިސަރުކާރުން ރައީސް ޔާމީނަކީ، ސަރުކާރަށް އޮތް ނުރައްކަލެއްކަމަށް ބަލައިގެން ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާކަމުގައިވެސް ޝިފާޢު ވަނީ ތުހުމަތުކުރައްވާފައެވެ.
18 Dec 2023
ޚަބަރު
ޕީޖީގެ ވަކީލަކަށް ކުރާ ތުހުމަތާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފި
ނޮޅިވަރަމް ދާއިރާގެ މެމްބަރު، މުޙައްމަދު ނަޝީދު ހުށައެޅުއްވި އެކުއްލި މައްސަލައިގައި ގޮވާލާފައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލަކަށް ކުރާ ތުހުމަތުތަކާއި ގުޅިގެން އެކަންކަން ބަލައި ފިޔަވަޅު އެޅުމަށެވެ.
18 Dec 2023
ޚަބަރު
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައަށް މިއަދު ވޯޓަށް ނޭހުމަށް މަޖިލީހުގެ ރައީސް ނިންމައިފި
މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް މިގޮތަށް ނިންމެވީ، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު، ޙިސާން ހުސައިން ނެންގެވި ނިޒާމީ ނުކުތާ ބަލައިގަނެ، އެކަމާއި ގުޅޭ ގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާއި މަޝްވަރާކުރެއްވުމަށްފަހުގައެވެ.
18 Dec 2023
ޚަބަރު
ވަޒީރުންނަށް ރުހުން ދިނުމާއި މަޖިލީހުގެ ޤަވާއިދަށް ގެންނަ އިސްލާޙްތައް އެޖެންޑާކުރި މަޖިލީހުގެ ޖަލްސާފަށައިފި
މިޖަލްސާއަށް، ހަތްކަމެއް ވަނީ އެޖެންޑާކޮށްފައެވެ. އޭގެ ތެރޭގައި ވަޒީރުންނަށް ރުހުން ދިނުމާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ގެންނަ ހުށައަޅާފައިވާ އިސްލާޙްތައް ފާސްކުރުމާއި، މިނިމަމްވޭޖާއި ގުޅޭ ހުށައަޅާފައިވާ ޤަރާރާއި، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ބިލު، ހިމެނެއެވެ.
17 Dec 2023
ރައްޔިތުންގެ މަޖިލިސް
މަޖިލިސް މެމްބަރުން ކޮރަޕްޝަނާއި ދުރުކުރުވުމަށް މަސައްކަތް ކުރާ ޖަމާޢަތް ގޯޕެކްގެ ރާއްޖޭގެ ގޮފީގެ އިންތިޚާބު ބާއްވައިފި
ގްލޯބަލް އޯގަނައިޒޭޝަން އޮފް ޕާލިމަންޓޭރިއަންސް އެގެއިންސްޓް ކޮރަޕްޝަން (ގޯޕެކް) އަކީ، ޤަތަރުން އިސްވެ އުފައްދާފައިވާ އޯގަނައިޒޭޝަން އެކެވެ. މިއޯގަނައިޒޭޝަންގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ، މިއަހަރުގެ މާރިޗު މަހުގެ 3 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ އަޤުލަބިއްޔަތުން ފާސްކޮށްގެންނެވެ.
17 Dec 2023
ރިޕޯޓް
މަޖިލީހުން ރުހުން ނުލިބޭނެ ކަމަށް ބެލެވެނީ ކޮން މިނިސްޓަރުންނަކަށް؟
ވަޒީރުންގެ މަޖިލީހުގައި ހިމެނޭ މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުންނަށް މާދަމާ މަޖިލީހުން ރުހުން ނުދޭނެ ކަމަށް ބެލެވިފައިވެއެވެ.
17 Dec 2023
ރައްޔިތުންގެ މަޖިލިސް
ސަރުކާރަށް މަހެއް، ރައީސާއި ނައިބުރައީސް އަަޒުލްކޮށްފާނެ ކަމުގެ އަޑު ގަދަވަނީ!
ރިޔާސީ އިންތިޚާބުގެ މާކުރިންވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ މަޖިލީހުގެ ތެރެއިން އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނައުމުގެ ޚިޔާލު އެންމެ ފުރަތަމަ ފާޅުކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމެވެ. އެމްޑީޕީއަށް ވެރިކަން ގެއްލުވާލުމަށް ނުކުތް ރައީސް ނަޝީދަށް ވަފާތެރި މެމްބަރުންގެ ތެރޭގައި ހިމެނޭ، އަދި ރައީސް ނަޝީދަށްޓަކައި އުފެއްދި ދަ ޑިމޮކްރެޓްސްގެ މެމްބަރު ޢަލީ އާޒިމް ވިދާޅުވަމުން ގެންދެވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ރިޔާސީ އިންތިޚާބު ނާކާމިޔާބު ކޮށްލުމަށްފަހުގައި، ޑރ. މުއިއްޒު ވެރިކަމަށް އައުމުން އެވެރިކަން ނިމުމަކަށް ގެނައުމަކީ ކަންކުރަންވީ ގޮތް ކަމަށެވެ. އޭރު އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދެވީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށެވެ.