ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
29 Oct 2023
ޚަބަރު
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ޖަލްސާ ބޭއްވޭ ގޮތެއް ނުވި
އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރައްވާފައިވާ ގޮތުގައި އީވާ މަޖިލީހަށް ސަލާމް ފޮނުއްވާފައި ވަނީ މަޖިލީހުގެ ރައީސް އަދި އެކަމަނާގެ ބޮޑުބޭބޭފުޅު ރައީސް ނަޝީދު މަޤާމުން ވަކި ކުރުމުގެ މައްސަލައަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ. ޖަލްސާ ނުބޭއްވޭނެ މަޖިލީހުގެ ތަޅުމުގައި އިއުލާނު ކުރައްވަމުން ނިއުޝާ ވިދާޅުވީ، އީވާ މަޖިލީހުގެ އިދާރާއަށް ސަލާމް ފޮނުއްވާފައި ވަނީ މިއަދު ހެނދުނު ކަމަށެވެ.
27 Oct 2023
ޚަބަރު
އިތުބާރު ނެތްކަމުގެ މައްސަލައަށް ހުރަސް އަޅައި މަޤާމުގައި ދެމިހުރުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްތައް އެމްޑީޕީން ކުއްވެރިކޮށްފި
އެޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެޖެންޑާކޮށްފައިވަނިކޮށް، އެމައްސަލަ ކުރިޔަށް ގެންދިޔުމަށް ހުރަސްއަޅައި ޤާނޫނު އަސާސީއާ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ރައީސް ނަޝީދު ގެންދަަވަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ.
24 Oct 2023
ޚަބަރު
އަންނަ އަހަރަށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 112 މިލިއަން ރުފިޔާގެ ބަޖެޓެއް ދެނީ
އަންނަ އަހަރަށް ލަފާކޮށް، އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 112.27 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ. މިއީ އެ އިދާރާއިން މަޖިލީހަށް ހުށައެޅި ބަޖެޓަށްވުރެ މަދު އަދަދެކެވެ.
19 Oct 2023
ޚަބަރު
ފިނޭންސް މިނިސްޓްރީން 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް މަޖިލީހަށް ހުށައަޅައިފި
ފިނޭންސް މިނިސްޓްރީން 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް މަޖިލީހަށް ހުށައަޅައިފިއެވެ. މި ބަޖެޓް މަޖިލީހަށް ހުށައަޅާފައިވަނީ އިއްޔެއެވެ.
17 Oct 2023
ޚަބަރު
އަންނަ އަހަރަށް މަޖިލީހުގެ ބަޖެޓަކަށް 186.7 މިލިއަން ރުފިޔާ ހުށައަޅައިފި
ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިންގުމަށް އަންނަ އަހަރަށް 186.7 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅައިފިއެވެ. މިއަދު ބޭއްވި ޢާންމު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އަންނަ އަހަރަށް ލަފާކުރާ މަޖިލީހުގެ ބަޖެޓާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
16 Oct 2023
ޚަބަރު
ޔުނިވަރސިޓީއެއްކަމަށް ބަލާ މުއްދަތު 10 އަހަރަށް ކުޑަކުރުމަށް ބިލެއް
އެންމެ މަދުވެގެން 10 އަހަރުވެފައިވާ ކޮލެޖުތަކާއި މަތީ ތައުލީމުގެ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް ޔުނިވާސިޓީގެ ދަރަޖަ ދެވޭ ގޮތަށް މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހު ގެންނަ ގޮތަށް ބިލެއް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލް ހުށައެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ.
14 Oct 2023
ޚަބަރު
އިސްރާއީލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުމަށް ގޮވާލާ ޤަރާރެއް މަޖިލީހަށް
އިސްރާއީލުގެ ރައްޔިތުން ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށައަޅުއްވައިފިއެވެ. މި ޤަރާރު ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިންއެވެ.
09 Oct 2023
ޚަބަރު
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާވެސް މަޖިލީހަށް
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީން އަނެއްކާވެސް މަޖިލީހަށް ވައްދައިފިއެވެ. މައްސަލަ ދެވަނަ ފަހަރަށް ހުށައެޅީ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކުއެވެ. މި މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ ރޭގެ ވަގުތެއްގައެވެ.
11 Sep 2023
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ ޢިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންގޮސްފި
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރު އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް މުޙައްމަދު އަސްލަމް ވިދާޅުވީ، މައްސަލަ އަނބުރާ ނެގުމަށް އެމްޑީޕީން ނިންމީ ކަންކަން އަމާންކޮށް ގެންދިޔުމަށްޓަކައި ކަމަށެވެ.