Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު --

29 Oct 2023
ޚަބަރު

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ޖަލްސާ ބޭއްވޭ ގޮތެއް ނުވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އެމްޑީޕީން ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިޔުމަށް މިއަދު ނިންމާފައި ވީ ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާ އީވާ ޢަބުދުﷲ މަޖިލީހަށް ސަލާމް ފޮނުވުމާއި ގުޅިގެން ޖަލްސާ ނުބޭއްވި ކެންސަލް ވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީންޢާއްމު ފާޠިމަތު ނިއުޝާ ވަނީ، މަޖިލީހުގެ ޖަލްސާ އީވާ ސަލާމްގައި ހުންނެވުމުގެ ސަބަބުން ކެންސަލްވެފައިވާ ކަން އިޢުލާން ކުރައްވާފައެވެ. އަދި މާދަމާގެ ޖަލްސާގެ ރިޔާސަތަށް ވަޑައިގެން ދެއްވުމަށްވެސް އީވާއަށް ދަންނަވާނެކަމުގައި ނިއުޝާ ވިދާޅުވިއެވެ.

އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރައްވާފައިވާ ގޮތުގައި އީވާ މަޖިލީހަށް ސަލާމް ފޮނުއްވާފައި ވަނީ މަޖިލީހުގެ ރައީސް އަދި އެކަމަނާގެ ބޮޑުބޭބޭފުޅު ރައީސް ނަޝީދު މަޤާމުން ވަކި ކުރުމުގެ މައްސަލައަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ. ޖަލްސާ ނުބޭއްވޭނެ މަޖިލީހުގެ ތަޅުމުގައި އިއުލާނު ކުރައްވަމުން ނިއުޝާ ވިދާޅުވީ، އީވާ މަޖިލީހުގެ އިދާރާއަށް ސަލާމް ފޮނުއްވާފައި ވަނީ މިއަދު ހެނދުނު ކަމަށެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިޔަ ނުދިނުމަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން މަސައްކަތް ކުރަމުންދާއިރު މީގެ ކުރިން ހުށައެޅި އިތުބާރު ނެތްކަމުގެ މައްސަލަ ރައީސް ނަޝީދު ކުރިޔަށް ދިޔަނުދީ ހިފެހެއްޓެވީ، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުން ފަސްކުރައްވައިގެންނެވެ. ރައީސް ނަޝީދަށް އެމްޑީޕީގެ އެތެރޭގެ ބާރުވެރިކަން ގެއްލުމާއި، ރިޔާސީ ޕްރައިމަރީގައި ލިބުނު ނާކާމިޔާބީއާ ގުޅިގެން ކޯފާވެ ވަޑައިގެން ރައީސް ނަޝީދު ގެންދަވަނީ އެމްޑީޕީ ރޫޅާލެއްވުމަށް މަސައްކަތްކުރައްވަމުންނެވެ. އެހެންވެ އެމްޑީޕީގެ މެމްބަރުން ރައީސް ނަޝީދު ސިފަކޮށްފައި ވަނީ އިންޑިއާކަނޑުގެ މުގާބޭގެ ގޮތުގައެވެ.

ރައީސް ނަޝީދުގެ ވަކިކުރުމުގެ ޖަލްސާ ކުރިޔަށް ގެންދިޔުމަށް ރައީސް ނަޝީދު ހުއްޓުވާނަމަ ކޯޓު މެދުވެރިކޮށްވެސް އެޖަލްސާ ބާއްވާނެ ކަމުގައި އެމްޑިޕީން ދަނީ ބުނަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.