ރައްޔިތުންގެ މަޖިލިސް
18 Feb 2025
ޚަބަރު
ބޮޑެތި މުސާރަވެރިންގެ މުސާރަތައް ކުޑަ ނުކުރަން މާލިއްޔަތު ކޮމިޓީން ނިންމައިފި
މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އިން 10 ޕަސެންޓު ކުޑަކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފައި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފާސްކުރީ އެއީ މުސާރަތައް ކުޑަކުރެވެން ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމަށެވެ.
13 Feb 2025
ޚަބަރު
މެމްބަރު ޝިނާނުގެ ގޮނޑި ގެއްލިފައިވާ ބުނެ ސްޕްރީމް ކޯޓަށް
މައްސަލަ ހުށައެޅި ފަރާތުން ފާހަގަކޮށްފައި ވަނީ، އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ދެއްކުމަށް މިދިޔަ އަހަރު އޮކްޓޫބަރު މަހު، ހިތަދޫ ކޯޓުން ސިނާނާއި އެހެން ބައެއްގެ މައްޗަށް ޙުކުމް ކޮށްފައި ވާއިރު އެ ޙުކުމުގައި ބަޔާންކޮށްފައިވާ ގޮތަށް ފައިސާ ދައްކަމުން ނުދާ ކަމަށެވެ.
13 Feb 2025
ޚަބަރު
ރޯދަމަހަށް މަޖިލިސް ބަންދުކޮށް ރިޔާސީ ބަޔާން އިއްވުން ޖެނުއަރީއަށް!
މިހާރު އޮތް ގޮތުން ރައްޔިތުންގެ މަޖިލިސް ހުޅުވަނީ، ކޮންމެ އަހަރެއްގެ ވެސް ފެބުރުއަރީ މަހުގެ ފުރަތަމަ ހަފްތާގައެވެ. އަދި ރިޔާސީ ބަޔާން ހުށައަޅަން ޖެހެނީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ކޮންމެ އަހަރަކަށްވެސް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ބާއްވާ ފުރަތަމަ ޖަލްސާގައެވެ.
06 Feb 2025
ޚަބަރު
ޤާސިމް ވިދާޅުވީ މިތިބީ އަތްގައިދަށުވެފައި ކަމަށް!
މިއަދު ރައްޔިތުންގެ މަޖިލީހުގައި ޤާސިމް އިބްރާހިމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމްވެ ތިބޭ ތިބުމާއި ގުޅޭގޮތުން، އޮންލައިން ނޫސް އަދަދުގެ ނޫސްވެރިޔާ ކުރި ސުވާލަށް ސާފު ޖަވާބެއް ނުދެއްވައި ޤާސިމް ވިދާޅުވީ، މިތިބީ އަތްގައިދަށުވެފައި ކަމަށެވެ. އަދި އިންޑިއާ އާއި ދެކޮޅުވެގެން ލިބެން އޮތީ ގެއްލުން ކަމުގައިވެސް ޤާސިމް ވިދާޅުވިއެވެ.
26 Jan 2025
ޚަބަރު
މިޑިޔާ ރެގިއުލޭޓްކުރުމާބެހޭ ގޮތުން ދެއްކި ވާހަކަތައް ނޫސްތަކުން ގެނެސްދިނީ އޮޅޭގޮތަށް: ނާޒިމް
ނާޒިމްގެ ބަޔާނުގައި ވިދާޅުވީ، އެއްވެސް ސޯޝަލް މީޑިއާގެ މަންސައެއް ބްލޮކް ކުރުމަށް ހުށަނާޅުއްވާ ކަމަށާއި އެހެން ނަމަވެސް ސޯޝަލް މީޑިއާއަކީ ރެގިއުލޭޓް ކުރެވެންވާނެ އެއްޗެއްކަަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާއަކީ ބޭނުން ކުރެވޭ މީޑިއާގެ އެންމެ އާއްމު ވަސީލަތްތައްވެސް ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.
22 Jan 2025
ޚަބަރު
ބްރޯޑްކޮމްގެ ނައިބު ރައީސަށް ޖިންސީ ގޯނާގެ ތުހުމަތު
މަޖިލީހަށް ހުށައެޅިފައިވާ އެ މައްސަލަ އާއި ގުޅިގެން އެކަމުގައި ސުވާލުކުރަންޖެހޭ ފަރާތްތައް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް އިއްޔެ ހާޟިރުކޮށް ވަނީ ސުވާލުކޮށްފައެވެ. އެހެން ނަމަވެސް އެކޮމިޓީ ބައްދަލުވުން ކުރިޔަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ.
22 Jan 2025
ޚަބަރު
ބްރޯޑްކޮމްއަށް މުހައްމާ އާއި ސަރާހަތު އައްޔަނުކޮށްފި
ކޮމިޝަނަށް މުހައްމާ ޢައްޔަނުކުރި މައްސަލައިގައި އާއްމުންގެ ފާޑު ކިޔުންތައް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފައެވެ.
16 Jan 2025
ޚަބަރު
ޒާހިދާއި ޞަލާހަށް މަޖިލީހުން ރުހުންދީފި
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި، އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ މަޤާމަށް ޢައްޔަނުކުރުމަށް މަޖިލީހުން ރުހުން ދެއްވާފައި ވަނީ، ދަފްތަރު ނަންބަރު ރސ. 1548މ މުހައްމަދު ޒާހިދާއި، ކ. ހުރާ ރޯޒް، އަބްދުއްރަހުމާން ސޮލާހު ރަޝީދަށެވެ.
15 Jan 2025
ޚަބަރު
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި އަލުން ހަމަޖައްސަވައިފި
އެމްޑީޕީ ސަރުކާރުގައި، ރިޔާސާ ބަޔާން އިއްވަވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނިކޮށް، އެދުވަސް ބަންދު ނުކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މިދިޔަ އަހަރުގައެވެ.
20 Nov 2024
ޚަބަރު
12 ގަޑިއިރު ތެރޭގައި ޤާނޫނު އަސާސީ ބަދަލުކޮށްލައިފި
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް، ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު ހުށަހެޅުއްވި ޤާނޫނު އަސާސީއަށް އިސްލާޙް ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވީ ހެނދުނު 9:00ގައި ފެށި މަޖިލީހުގެ ޖަލްސާގައެވެ. އަދި ހެނދުނު 11:50ގައި ބިލް މަޖިލީހަށް ބަލައި ގަތުމަށާއި ކޮމިޓީއަށް ފޮނުވުމަށް ވޯޓު ނެގި އިރު، މަޖިލީހުގެ ޖަލްސާ ނިންމައި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުން ފެށީ 12:30ގައެވެ. އަދި މެންދުރުފަހު 1:30ގައި ކޮމިޓީން ބިލް ފާސްކޮށް، ހަވީރު 5:30ގައި މަޖިލީހުގެ ޖަލްސާ ބާއްވައި ބިލް ވަނީ ފާސްކޮށްފައެވެ. އަދި މިރޭ 20:30ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިބިލްތަސްދީޤު ކުރައްވައި ގެޒެޓް ކުރައްވާފައެވެ.
14 Nov 2024
ޚަބަރު
މީކާއީލް ހުށައެޅުއްވި ކުއްލި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދުގެ ޖަލްސާ ފައްޓަވަމުން ވަނީ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށައަޅުއްވާފައިވާ ކުއްލި މައްސަލައެއް ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް އެ ހުށައެޅުއްވުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ފުރިހަމަ ނުވާތީ ބަލައިގަނެވެން ނެތްކަމުގައި ވިދާޅުވެފައެވެ. މިގޮތުން، އެ މައްސަލައިގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ އ. އަދި މ. ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަ ނުވާކަމުގައި މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.
07 Nov 2024
ޚަބަރު
ރައްޔިތުންނަށް ގެއްލުންވާގޮތަށް ކުރާކަންކަން މަޖިލިސް ތެރެއިން ހުއްޓުވޭކަށް ނެތް: މައުރޫފް
އޭނާ މިހެން ވިދާޅުވީ، ބުދަ ދުވަހު އެމްޑީޕީން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ގޮތުގައި މިވަގުތި ތިއްބެވީ 12 މެމްބަރުން ކަމުގައި ވާއިރު، މަޖިލީހުގެ ސުޕަރމެޖޯރިޓީ އޮތީ ޕީއެންސީއަށެވެ. އެކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ މަޖިލީހުގެ ތެރެއިން އެމްޑީޕީއަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށެވެ.
05 Nov 2024
ޚަބަރު
ޙަސީބަށް މަޖިލީހުން ރުހުންދީފި
އިލެކްޝަންސް ކޮމިޝަނަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެކޮމިޝަނަށް ކުރިމަތިލީ މެމްބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރުހުން ހޯދުމަށް ހުށައެޅުއްވީވެސް ހަސީބުގެ ނަންފުޅު އެކަންޏެވެ.
31 Oct 2024
ޚަބަރު
އަންނަ އަހަރު ސިވިލް ސަރވިސް މުވައްޒަފުންނާއި ޝަރުޢީދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަނީ
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބަޖެޓުގައި ވަނީ، ޕޭ ހާމަނައިޒްކޮށް މުސާރަތައް އެއްހަމަ ކުރުމަށް ކުރީ ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ނިންމާފައެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވީ ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ހާމަނައިޒް ކުރަން 500 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާ ކަމަށެވެ. އަދި އެހެން ހުރިހާ މުވައްޒަފުންނަށް 2026 ވަނަ އަހަރުންފެށިގެން މުސާރަ ބޮޑު ކުރުމަށް ރާއްވަވާފައިވާ ކަމުގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ.
28 Oct 2024
ޚަބަރު
އެއްވެސް ބަދަލެއް ނުގެނެސް ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ސަޕްލިމެންޓްރީ ބަޖެޓްގެ އަދަދަކީ، 5.1 ބިލިއަން ރުފިޔާއެވެ. މިބަޖެޓަކީ، މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން، 49.8 ބިިލިއަން ރުފިޔާއިން ނުފުދޭތީ ސަރުކާރުން ހުށައެޅި ބަޖެޓެކެވެ.
22 Oct 2024
ޚަބަރު
ޙަސަން ޒިޔާއު މަޤާމުން ވަކިކޮށްފި
ރައްޔިތުންގެ މަޖިލީހާއި ނޫސްވެރިންގެ މުޢާމަލާތު ކުރުމަށް އުފައްދާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި އިއްޔެ ޒިޔާއު ލިޔުއްވި މެސެޖުގައި ވިދާޅުވީ، އޭނާ މަޤާމުން ވަކިކޮށްފައި ވަނީ، ޕާލިމަންޓަރީ ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވިކަމަށް ބުނެކަމަށެވެ.