Advertisement

ހުޅުމާލެ ހިޔާ، 11-23-05 ޢަބްދުލް ޙަސީބު ޢިސްމާއީލް

05 Nov 2024
ޚަބަރު
ޢަލީ ސުލައިމާން

ޙަސީބަށް މަޖިލީހުން ރުހުންދީފި

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ޢައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނަންފުޅު ފޮނުއްވި، ހުޅުމާލެ ހިޔާ، 11-23-05 ޢަބްދުލް ޙަސީބު ޢިސްމާއީލަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

މަޖިލީހުގައި އޭނާއަށް ރުހުންދިނުމަށް ފެނޭތޯ ބެލުމަށް އެހި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ އިއްތިފާޤުންނެވެ.

އިލެކްޝަންސް ކޮމިޝަނަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެކޮމިޝަނަށް ކުރިމަތިލީ މެމްބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރުހުން ހޯދުމަށް ހުށައެޅުއްވީވެސް ހަސީބުގެ ނަންފުޅު އެކަންޏެވެ.

ޢަބްދުލްޙަސީބު މިހާރު ހުންނެވީ، އިލެކްޝަންސް ކޮމިޝަނުގެ އެސިސްޓެންޓު ޑިރެކްޓަރުގެ މަގާމުގައެވެ. މީގެ ކުރިން އޭނާ ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައިވެސް މަސައްކަތް ކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރައްވަނީ، އެކޮމިޝަންގެ މެމްބަރުންގެ ތެރެއިން، ކޮމިޝަންގެ ރައީސް ކަމުގެ މަޤާމުގައި މިހާރު ހުންނެވި ފުވާދު ތައުފީޤުގެ ދައުރު ހަމަވާތީއެވެ. މިމަހުގެ 24 ވަނަ ދުވަހު އޭނާގެ ދައުރު ހަމަވާނެއެވެ. އިލެކްޝަންސް ކޮމިޝަންގެ ޤަާނޫނުގައިވާ ގޮތުގައި ކޮމިޝަންގެ މެމްބަރެއްގެ މެމްބަރު ކަމުގެ ދައުރަކީ މީލާދީ 5 އަހަރެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.