Advertisement

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން ---

28 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

އެއްވެސް ބަދަލެއް ނުގެނެސް ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި، ސަޕްލިމެންޓްރީ ބަޖެޓް، ސަރުކާރުން ހުށައެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ބަޖެޓް ކޮމިޓީން ފާސްކޮށްދީފިއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ސަޕްލިމެންޓްރީ ބަޖެޓްގެ އަދަދަކީ، 5.1 ބިލިއަން ރުފިޔާއެވެ. މިބަޖެޓަކީ، މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން، 49.8 ބިިލިއަން ރުފިޔާއިން ނުފުދޭތީ ސަރުކާރުން ހުށައެޅި ބަޖެޓެކެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައި އެންމެ ބޮޑު އަދަދެއް ހިމަނާފައި ވަނީ ޕީއެސްއައިޕީ މަޝްރޫޢުތަކަށެވެ. ޕީއެސްއައިޕީ މަޝްރޫޢުތަކަށް 2 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު އަދަދެއް ހިމަނާފައި ސަބްސިޑީއަށެވެ. ސަބްސިޑީތަކަށް 1 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މީގެ އިތުރުން ކޮންޓިންޖެންސީ ބަޖެޓަށް 600 މިލިއަން އަދި ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް 441 މިލިއަން ދިނުމަށް ވަނީ ހިމަނާފައެވެ. އަދި އާސަންދަ އާއި އެންސްޕާގެ ދަށުން، ބޭސްފަރުވާގެ އެހީ ދިނުމަށް 262.6 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. 

ބަޖެޓް ކޮމިޓީން، ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމުން ބަޖެޓާއި ގުޅޭ ގޮތުން އެންމެ ފަހުގެ ނިންމުން ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުުމުގައެވެ. ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން ހުށައެޅި އިރު، މިއަހަރަށް ފާސްކުރި ބަޖެޓުން ކުރި ޚަރަދު ތަފްޞީލެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. އަދި ބަޖެޓް ދިރާސާކުރި ކޮމިޓީއަށްވެސް ވަނީ އެމައުލޫމާތު ސިއްރުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.