Advertisement

ރައްޔިތުންގެ މަޖިލިސް

19 Feb 2025
ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބާއްވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ ކަމުގައި މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ހަފްތާގެ ބުދަ ދުވަހަކީ އާއްމުކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނަ ދުވަހެކެވެ. އެހެން ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބޭއްވުމަށް ނިންމާފައި ވަނީ ކީއްވެގެން ކަމެއް މަޖިލީހުގެ އިދާރާއިން ހާމަކުރައްވާފައެއް ނުވެއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާ ނިންމަވާލައްވަމުން މިއަދު މަޖިލީހުގެ ޖަލްސާ އޮންނާނެ ކަމުގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢިއުލާނު ކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ، މިފެބުރުއަރީ މަހުގެ 24ވާ ހޯމަ ދުވަހުގައި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 May 2025
ޚަބަރު
މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ޒުވާނުން ދޫކޮށްލުމަށް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ގޮވާލައިފި
ބުރާސްފަތި ދުވަހުގެރޭ ޒުވާނުން މާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއަށް ވަދެގަނެ ޕެޕަރ ސްޕްރޭޖަހާ ޒުވާނުންނަށް އަނިޔާކޮށް ދެ ޒުވާނަކު ހައްޔަރުކުރުމާއި ގުޅިގެން އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްވާ ޔުމްނު ރަޝީދުއަށް އިންސާދު ހޯދުމަށް ގޮވާލާ މާލޭގައި ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުންދާ ޒުވާނުންގެ ތެރެއިން އެ މުޒާހަރާތައް ލީޑް ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ހައްޔަރުކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށެވެ.
02 May 2025
ޚަބަރު
ފުލުހުން ހާމަކުރީ މުޒާހަރާ ރޫޅާލީ ގާނޫނޫ އިންޒާރުތަކަށް ފަހުގައި ކަމަށް
އާންމު ރައްޔިތުންގެ ދިރިއުޅުމަށާއި ދަރިވަރުންގެ ތައުލީމީ މަސްލަހަތަށް ރިއާޔަތްކޮށް، ގާނޫނީ އިންޒާރުތަކަށްފަހު މަޖީދީ މަގުގައި ހިންގަމުންދިޔަ އިހުތިޖާޖު ރޫޅާލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
01 May 2025
ޚަބަރު
ނޭޝަނަލް ސާވިސް ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި
ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް)ގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު މިނިސްޓްރީ އޮފް ޑިފެންސްއިން ހުޅުވާލައިފިއެވެ. ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމްރީނުކޮށް، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.
01 May 2025
ޚަބަރު
އެމްޑީޕީގެ ދެ މެންބަރަކު ވެމްކޯގެ ވަޒީފާއިން ވަކިކުރުން ކުށްވެރިކޮށްފި
މިދިޔަ ހަފްތާގައި އައްޑޫ ސިޓީއަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރި ދަތުރާ ގުޅުވައި އެ ޕާޓީއަށް ނިސްބަތްވާ ދެ މެންބަރަކު އަދާކުރަމުންދިޔަ ވަޒީފާތަކުން ވަކިކުރުމުން އެ ޕާޓީއިން އެކަން ކުށްވެރިކޮށްފިއެވެ.