ރައްޔިތުންގެ މަޖިލިސް
23 Jul 2024
ޚަބަރު
ބަންގި ގޮވާ ވަގުތު މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ފަށައިފި
ހޯމަ ދުވަހުގެ ޖަލްސާ ކުރިޔަށް ދަނިކޮށް މެންދުރު ނަމާދު ވަގުތު ޖެހުމާއެކު، މަޖިލީހުގެ ރިޔާސަތުން ވަނީ އެ ވަގުތު ބަހުސް ކުރަމުން ދިޔަ މެންބަރުގެ މައިކު ކަނޑާލައްވާފައެވެ. ދެން މަޖިލީހުގެ ތަޅުމުން އިވުނީ ބަންގީގެ އަޑެވެ.
22 Jul 2024
ޚަބަރު
ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސްއަށް ލަފާދިނުމަށް ފާސްކޮށްފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ޙާޝިމަށް އޭނާގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއިން ނިންމުމާ ގުޅިގެން، އޭނާ މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒަށް ލަފާދިނުމާ ގުޅޭގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 17 ވަނަ ޖަލްސާގައި ނެގި ވޯޓުން، ގަވަރުނަރު މަގާމުން ވަކިކުރަން ފާސްކޮށްފިއެވެ.
22 Jul 2024
ޚަބަރު
ގަވަރުނަރު ވަކި ކުރަން ނިންމި މައްސަލަ މިއަދަށް އެޖެންޑާކޮށްފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ޙާޝިމަށް އޭނާގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއިން ނިންމުމާ ގުޅިގެން، އޭނާ މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒަށް ލަފާދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރުން މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފިއެވެ. މާލިއްޔަތު ކޮމެޓީއިން މަޖިލީހުގެ ތަޅުމަށް މި މައްސަލަ ފޮނުވުމުގެ ކުރިން އޭނާގެ މަސައްކަތަށް ޖަވާބުދާރީވުމަށް ކޮމެޓީއަށް ހާޒިރުވެވަޑައިގަންނަވަން އެންގި ނަމަވެސް، އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ، ތިން ދުވަހު ވެސް ކޮމެޓީ ބައްދަލުވުމަށް އޭނާ ވަޑައިގެންފައެއް ނުވެއެވެ.
16 Jul 2024
ޚަބަރު
ގެދޮރުވެރިޔާ ފްލެޓުގެ މައްސަލައިގައި ވަޒީރު މަޖިލީހަށް ހާޒިރެއް ނުވި
މިއަދަށް ތާވަލުކޮށްފައި އޮތް ކޮމިޓީގެ އެޖެންޑާގައި އޮތީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭނެކަމަށް ގެޒެޓު ކުރެވިފައިވާ އެންމެހާ ފަރާތްތަކާއި، އަދި ކަމުގެ މަސްލަޙަތު އޮތް އެންމެހައި ފަރާތްތަކުގެ ފްލެޓުތައް ބާތިލު ނުކުރުމަށް އެދި ހުށަހެޅިފައިވާ ޕެޓިޝަނާ ގުޅޭގޮތުން ހައުސިންގ މިނިސްޓްރީގެ ބޭފުޅުންނާ މަޝްވަރާ ކުރުމެވެ. މި މައްސަލައާ ގުޅިގެން މަޖިލީހުގެ ކޮމެޓީއިން ބޭނުންވީ، މި ކަމާއި ގުޅުން ހުރި އެންމެހައި ފަރާތްތަކާއި ބައްދަލު ކުރުމަށެވެ.
10 Jul 2024
ކޮފީ ވިތު ސުލޭމާން
ކޮފީ ވިތު ސްލޭމާން - ސީޒަން 2 | އެޕިސޯޑު 5
މި އެޕިސޯޑުގެ މެހެމާން، އަހުމަދު މުހައްމަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބޭފުޅުން ދަންނާނީ އެބޭފުޅާ ރައްޔިތުންގެ މަޖިލީޖުގެ އަމީން އާންމުގެ ގޮތުގައި ކުރެއްވެވި ޚިދުމަތުގެ ތެރެއިން. ނަމަވެސް އޭގެ ކުރިން އަހުމަދު ވަނީ ޝަރުއީ ދާއިރާގައި ވެސް މަސައްކަތްކުރައްވާފައި.
08 Jul 2024
ޚަބަރު
ރާއްޖޭން ބޭރުގައި ތިބި ދަރިވަރުންނާއި މެދު ސަރުކާރުން ކަންބޮޑު ނުވާކަން ހާމަވީ، މަޖިލީހުގައި ސަރުކާރު މެމްބަރުން ދިން ވޯޓުން!
ސަރުކާރުގެ ހަރަދުގައި ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ލިބެމުން ނުދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބަލައި ނުގަނެ ބޭރުކޮށްލީ، ސަރުކާރަށް ތާއީދު ކުރާ 72 މެމްބަރުންގެ ވޯޓުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ 76 މެމްބަރުން ތިއްބަވައެވެ. މީގެ އިތުރުން އެމައްސަލަ ބަލައިގަތުމަށް މަޖިލީހުގައި ވޯޓުދިނީ އެންމެ 12 މެމްބަރުންނެވެ. އެއީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނެވެ.
08 Jul 2024
ޚަބަރު
އިދިކޮޅު ޕާޓީން މަޖިލީހަށް ކުއްލި މައްސަލަތައް ހުށައަޅައިގެން ވަގުތު ބޭކާރުކުރާކަމަށް ޕީއެންސީގެ މެމްބަރުން ތުހުމަތުކޮށްފި
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރި، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލު ހުށަހެޅުއްވި ކުއްލި މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެމްބަރުންވަނީ މަޖިލީހަށް ބަލައި ނުގަނެ ބޭރުކޮށްލާފައެވެ. އެ މައްސަލައަކީ، ސަރުކާރުގެ ސްކޮލަޝިޕްތަކާއި ސްޓޫޑެންޓް ލޯނުގައި ރާއްޖޭން ބޭރުގަިއ ކިޔަވަމުންދާ ދަރިވަރުންނަށް ޑޮލަރު ނުލިބޭތީ ނާޒިލް މަޖިލީހަށް ހުށައެޅުއްވި ކުއްލި މައްސަލައެކެވެ.
04 Jul 2024
ޚަބަރު
ރައީސް މުއިއްޒު ޢަމަލުކުރައްވަނީ ޤާނޫނާއި ޚިލާފަށް: އެމްޑީޕީ
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ފަހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޕާޓީގެ މަޖިލިސް މެމްބަރުން ވަނީ، ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ އަދަދު ހާމަ ނުކޮށް ހިފަހައްޓާތީ އެކަމާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އެކަން ކުއްވެރިކޮށްފައެވެ.
03 Jul 2024
ޚަބަރު
ސިޔާސީ މަޤާމުތަކުގެ އަދަދާއި، ސިޔާސީ މަޤާމުތަކަށް ކުރާ ހޭދަ އެނގެން ރައްޔިތުން ބޭނުންވިޔަސް، ރައްޔިތުންގެ މަންދޫބުން އެކަން ބަލާކަށް ބޭނުމެއް ނުވި!
ކުއްލި މައްސަލަ މަޖިލީހަށް ހުށައެޅުއްވި ސަބަބެެއް ކަމުގައި، މީކާއީލް ނަސީމް ފާހަގަކުރެއްވީ، ސަރުކާރުން އެމައުލޫމާތު ހާމަކުރުމަށް ދެކޮޅު ހަދަމުންދާ ކަމެވެ. މީޑިއާތަކުން ތަކުރާރުކޮށް ސުވާލުކޮށްގެންވެސް އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ކޮމިޓީ މެމްބަރުން އެސުވާލުކޮށްގެންވެސް ސަރުކާރުން އެ މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެއެވެ. އަދި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ފޯމް ހުށައަޅައިގެންވެސް އެމައުލޫމާތު ސަރުކާރުން ނުދިނެވެ.
02 Jul 2024
ޚަބަރު
ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި
ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަކީ، ދައުލަތުގެ ދަރަނިތައް ދެއްކުމަށް ބޭނުންވާ ފައިސާ ޖަމާކުރަމުންދާ ފަންޑެވެ. މިގޮތުން މިފަންޑަށް ޖަމާކުރަމުން ގެންދަނީ، އެއާޕޯޓް ޑިވެލޮޕްމެންޓް ފީ (އޭ.ޑީ.އެފް) އާއި، ކްރޮސް ސަބްސިޑީ މަޝްރޫޢުތަަކަށް ލިބޭ ފައިސާ އެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިބިލް މަޖިލީހުން ބޭރުކޮށްލިއެވެ. އެދުވަހު މައްސަަލަ މަޖިލީހުން ބޭރުވީ ވޯޓަށް އެހި ގަޑީގައި މަޖިލީހުގެ ތަޅުމުގައި ސަރުކާރުގެ އެއްވެސް މެމްބަރެއް ނެތުމުން، ބިލާއި އެއްކޮޅަށް ވޯޓު ނުލިބިގެންނެވެ.
02 Jul 2024
ޚަބަރު
ޤާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރުމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވައިފި
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރެއްވުމާއި ދެކޮޅަށް ޤާސިމް އިބްރާހީމް ވާހަކަފުޅު ދެއްކެވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި, ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވާފައިވާ، ޤަރާރުގެ އިބްތިދާއީ ބަހުސްގެ ވަގުތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
30 Jun 2024
ޚަބަރު
ތުރުކިޔޭއަށާއި ޕާކިސްތާނަށް ޢައްޔަނުކުރައްވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވައިފި
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓު ޖެނެރަލް، ރިޓަޔާޑް، އަބްދުއްރަހީމް އަބްދުއްލަތީފަށް ރުހުން އޮތް ކަމަށް 82 މެމްބަރަކު ވޯޓު ދެއްވި އިރު، ޠާހާއަށް ރުހުން އޮތް ކަމަށްވެސް 82 މެމްބަރަކު ވޯޓު ދެއްވިއެވެ.
23 Jun 2024
ރައްޔިތުންގެ މަޖިލިސް
ޢީދު ބަންދަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަނީ
މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން މާދަމާއަށް އެޖެންޑާ ކުރެވިފައި ވަނީ އެންމެ ބިލެއްގެ މަސައްކަތެވެ. އެއީ ސަރުކާރުގެ ފަރާތުން، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސައިން އިމްރާން ލަޠީފް ހުށައަޅުއްވާފައިވާ، ޤާނޫނު ނަމްބަރު 29/2015 (ޞިއްޙީ ޚިދުމަތުގެ ޤާނޫނު)އަށް އިސްލާޙް ގެނައުމުގެ ބިލެވެ. މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިޔަށް ގެންދިޔުމަށް ހަމަޖައްސާފައި ވަނީ އެބިލްގެ އިބްތިދާޢީ ބަހުޘެވެ.
10 Jun 2024
ޚަބަރު
ކުރީގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންނަށް ރުހުން ދީފި
މިއަދު ރައްޔިތުންގެ މަޖިލީހުގައި އެ ވަޒީރުންނަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި، ބަންޑާރަ ނައިބު އަޙްމަދު އުޝާމަށް ރުހުން ދީފައި ވަނީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުންނެވެ. އުޝާމަށް ރުހުންދޭން ފެންނަކަމަށް 87 މެމްބަރުން ވޯޓު ދެއްވިއެވެ.
10 Jun 2024
ޚަބަރު
އިޒްރޭލް ޕާސްޕޯޓް ރާއްޖޭގައި މަނާކުރުމުގެ ބިލް މަޖިލީހަށް ބަލައިގަނެ 241 ކޮމިޓީއަށް ފޮނުވަން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމް ހުށައެޅުއްވި މިބިލް މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ 88 މެމްބަރުން ވޯޓު ދެއްވިއެވެ.
10 Jun 2024
ޚަބަރު
އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގައި ޚިޔާލުތަފާތުވުން ދޫކޮށްލައި އެކުގައި މަސައްކަތް ކުރުމަށް މީކާއީލް ގޮވާލައްވައިފި
ބިލް ހުށައެޅުއްވި މެމްބަރަށް ބިލާއި ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ދެއްވި ފުރުޞަތުގައި މީކާއީލް ވިދާޅުވީ، އެބިލް ހުށައެޅުއްވުމުގެ ބޭނުމަކީ، އިޒްރޭލާއި ދެކޮޅަށް ރާއްޖެއިން، ރާއްޖެއަށް ތަންފީޒް ކުރެވޭނެ ފިޔަވަޅެއް އެޅުން ކަމަށެވެ. އަދި އޭނާގެ ވާހަކަފުޅުގައި އިޒްރާއީލުން ހިންގަމުންގެންދާ އަނިޔާވެރި ޤަޠުލުޢާއްމު ފާހަގަކުރައްވާފައި ވެއެވެ.