Advertisement

07 Aug 2024
ޚަބަރު

ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް ފާސްކޮށްފި

ރަށު ކައުންސިލްތަކުން މެންބަރުން ވަކިވުމާ ގުޅިގެން އެ މަގާމަށް މެންބަރުން އައްޔަން ކުރުމަށް ބާއްވާ ބައި-އިލެކްޝަންތައް އަހަރަކު ދެ ފަހަރަށް ބާއްވާ ގޮތަށް ގާނޫނާ ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލައކީ ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ދެ ބިލެވެ. މި ބިލުތައް ފާސްކޮށްފައިވަނީ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއިން ބިލު ދިރާސާ ކުރެއްވުމަށް ފަހު އެވެ.

މި ނިންމުމާ ގުޅިގެން، ކައުންސިލްތަކުން ކުރިން ހުސްވާ ގޮނޑިތަކުގެ އިންތިހާބު 60 ދުވަހުގެ ތެރޭގައި ބާއްވަން ލާޒިމު ކުރިޔަސް، ގާނޫނަށް ގެނެވޭ ބަދަލުގައި އެ މުއްދަތު ވަނީ 183 ދުވަހަށް އިތުރުކޮށްފައެވެ.

ސަރުކާރުން މި އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ބުނެފައިވަނީ ތަކުރާރުކޮށް ގިނަ އަދަދަކަށް ބައި-އިލެކްޝަން ބާއްވަން ޖެހޭތީ އެކަމުގެ ސަބަބުން އެ އިންތިޚާބުތަކަށް ކުރަންޖެހޭ ޚަރަދުތައް އިތުރުވަމުންދިއުމެވެ.

މި އިސްލާހުގައި ހިމެނިފައިވާ އިތުރު ކަންތައްތަކަށް ބަލާލާ އިރު،  ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުންގެ ގޮނޑި ހުސްވާތާ 14 ދުވަހުގެ ތެރޭގައި އެކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އީން އިލެކްޝަންސް ކޮމިޝަނަށް އަންގަންޖެހެއެވެ. އަދި މިކަން އެލްޖީއޭއިން އަންގާތާ ލަސްވެގެން 183 ދުވަހުގެ ތެރޭގައި އެ ބައި-އިލެކްޝަން ބާއްވަންޖެހޭ އިރު، އެ ކައުންސިލެއްގެ ކޯރަމް ހަމަނުވާނަމަ، 60 ދުވަހުގެ ތެރޭގައި އެ ގޮނޑިއަކަށް މެންބަރަކު އިންތިޚާބު ކުރަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންނާއި ޑެޕިއުޓީ މޭޔަރުންގެ ގޮނޑި ހުސްވެއްޖެނަމަ އެލްޖީއޭއިން އިލެކްޝަންސް ކޮމިޝަނަށް އަންގާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަންޖެހެއެވެ.

އަދި ނައިބު ރައީސެއް ނުވަތަ ޑެޕިއުޓީ މޭޔަރެއްގެ ގޮނޑި ހުސްވާއިރު އެ ކައުންސިލެއްގެ ރައީސް ނުވަތަ މޭޔަރުގެ މަގާމު ހުސްވެފައި އޮތްނަމަ އެ ކައުންސިލެއްގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު އިންތިޚާބު ކުރުމަށް 7 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހޭނެކަމަށްވެސް ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ބަޔާންކުރައްވާފައެވެ.

އިސްލާހުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ކައުންސިލެއްގެ ދައުރު ހަމަވާން 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތްނަމަ ބައި-އިލެކްޝަނެއް ނުބާއްވާނެއެވެ. އަދި ބައި-އިލެކްޝަނުން ހޮވާ މެންބަރުންގެ މަގާމުގެ މުއްދަތަކީ މިހާރުވެސް އޮންނަ ގޮތަށް ކައުންސިލުގެ ދައުރު ހަމަވަންދެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.