Advertisement

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމް ---

10 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގައި ޚިޔާލުތަފާތުވުން ދޫކޮށްލައި އެކުގައި މަސައްކަތް ކުރުމަށް މީކާއީލް ގޮވާލައްވައިފި

އިޒްރޭލުގެ ޕާސްޕޯޓެއް އޮންނަ އެއްވެސް މީހަކު ރާއްޖެ އެތެރެވުން މަނާކުރުމަށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް އަވަހަށް ފާސްކުރުމަށް، ސިޔާސީ ޚިޔާލު ތަފާތުވުންތައް ދޫކޮށްލައި ގުޅިގެން މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމް ގޮވާލައްވައިފިއެވެ.

އޭނާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލްގެ އިބްތިދާޢީ ބަހުސް މަރުޙަލާގައި ވާހަކަފުޅު ދައްކަވަމުން، މީކާއީލް ވިދާޅުވީ، ސިޔާސީ ތަފާތުވުން ދޫކޮށްލައި ހުރިހާ އެންމެން ގުޅިގެން ފާސްކުރެވޭނެ ބިލަކަށް މިބިލް ވެގެންދާނޭ ކަމުގައި އުއްމީދު ކުރައްވާ ކަަމަށެވެ.

ބިލް ހުށައެޅުއްވި މެމްބަރަށް ބިލާއި ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ދެއްވި ފުރުޞަތުގައި މީކާއީލް ވިދާޅުވީ، އެބިލް ހުށައެޅުއްވުމުގެ ބޭނުމަކީ، އިޒްރޭލާއި ދެކޮޅަށް ރާއްޖެއިން، ރާއްޖެއަށް ތަންފީޒް ކުރެވޭނެ ފިޔަވަޅެއް އެޅުން ކަމަށެވެ. އަދި އޭނާގެ ވާހަކަފުޅުގައި އިޒްރާއީލުން ހިންގަމުންގެންދާ އަނިޔާވެރި ޤަޠުލުޢާއްމު ފާހަގަކުރައްވާފައި ވެއެވެ.

މަޖިލީހަށް މީކާއީލް ހުށައެޅުއްވި އިސްލާޙަކީ، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގެ  6 ވަނަ މާއްދާގެ (ހ)ގެ 7 ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށް ހުށައަޅުއްވާފައިވާ އިސްލާޙެކެވެ. މިގޮތުން އެމާއްދާގެ (ހ)ގެ 8 ވަނަ ނަމްބަރުގެ ގޮތުގައި، އިޒްރާއިލް ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖެ އެތެރެވުން ހުއްދަ ނެތް މީހުންގެ ގޮތުގައި ވަނީ ހިމަނާފައެވެ. މިގޮތުން މިމާއްދާގެ ދަށުން، އިޒްރޭލުގެ ޕާސްޕޯޓެއްގެ އިތުރުން އިތުރު އެހެން ޕާސްޕޯޓެއް އޮންނަ މީހުންވެސް ހިމަނާފައި ވަނީ ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނެތް މީހުންގެ ގޮތުގައެވެ.

ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން، ޚާއްޞަކޮށް އިސްލާމީ ދުނިޔޭގެ ޤައުމުތަކުން އިޒްރޭލަކީ ދައުލަތެއް ކަމަށް ބަލައި ނުގަންނާތީ، އެޤައުމުތަކަށް ދަތުރު ކުރުމަށް އިޒްރޭލުގެ މީހުން އެހެން ޤައުމުތަކުގެ ޕާސްޕޯޓުތައް ގެންގުޅެއެވެ.

ރާއްޖެއަށް އިޒްރޭލު މީހުން އެތެރެވުން ހުއްޓުވުމަށާއި، އިޒްރޭލް ޕާސްޕޯޓު ރާއްޖެއިން ބަލައި ނުގަތުމަށް އާއްމުން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.

އަދި އިޒްރޭލް ޕާސްޕޯޓް ރާއްޖެއިން ބަލައި ނުގަތުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި އެކަން ވަނީ އިޢުލާނުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.