Advertisement

16 Jul 2024
ޚަބަރު

ގެދޮރުވެރިޔާ ފްލެޓުގެ މައްސަލައިގައި ބޭއްވި ކޮމެޓީއަށް ވަޒީރު މަޖިލީހަށް ހާޒިރެއް ނުވި، އަދި އެކަން ކުރިން އަންގާފައެއް ވެސް ނެތް

މިއަދަށް ތާވަލުކުރި، ގެދޮރުވެރިޔާ ފްލެޓު މައްސަލައިގެ ކޮމިޓީ ބައްދަލުވުމަށް ހައުސިންގް މިނިސްޓަރު އަލީ ހައިދަރު ވަޑައިނުގެންނެވިއެވެ. އަދި "ނޫން" އަށް އެނގިފައިވާ ގޮތުގައި މިނިސްޓަރ ހާޒިރުނުވާކަން ކުރިން އަންގާފައެއް ވެސް ނުވެއެވެ.

މިއަދަށް ތާވަލުކޮށްފައި އޮތް ކޮމިޓީގެ އެޖެންޑާގައި އޮތީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭނެކަމަށް ގެޒެޓު ކުރެވިފައިވާ އެންމެހާ ފަރާތްތަކާއި، އަދި ކަމުގެ މަސްލަޙަތު އޮތް އެންމެހައި ފަރާތްތަކުގެ ފްލެޓުތައް ބާތިލު ނުކުރުމަށް އެދި ހުށަހެޅިފައިވާ ޕެޓިޝަނާ ގުޅޭގޮތުން ހައުސިންގ މިނިސްޓްރީގެ ބޭފުޅުންނާ މަޝްވަރާ ކުރުމެވެ. މި މައްސަލައާ ގުޅިގެން މަޖިލީހުގެ ކޮމެޓީއިން ބޭނުންވީ، މި ކަމާއި ގުޅުން ހުރި އެންމެހައި ފަރާތްތަކާއި ބައްދަލު ކުރުމަށެވެ.

މިއަދުގެ 11:00 އަށް މަޖިލީހުގެ އިދާރާގައި އޮތް މި ބައްދަލުވުމަށް މިނިސްޓަރު ވަޑައިނުގަންނަވާކަން އެނގިގެން ދިޔައީ މެމްބަރުން ކޮމިޓީއަށް ވަޑައިގެން އިދާރީ މޭޒުން ކަންކަން ސާފު ކުރުމުންކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެފައިވެއެވެ. ހާޒިރު ނުވެވުނު ސަބަބެއް ކަމުގައި ބުނެފައިވަނީ ކެބިނެޓު ބައްދަލުވުން، ކޮމެޓީގެ ބައްދަލުވުމުގެ ގަޑިއަށް ނިމިފައި ނުވުމެވެ.

ޒިޔާދު އިތުރަށް ވިދާޅުވީ، ކެބިނެޓު ބައްދަލުވުމަކީ ކުރިޔާލައި އެނގޭނެ ކަމެއް ކަމަށާއި، އަދި އެ ބައްދަލުވުން އޮތްކަން ކުރިން އަންގަންޖެހޭނެ ކަމަށެވެ.

އަދި މީގެ އިތުރުން، މަޖިލީހުގެ ޤަވާއިދުގައި ވަޒީރަކު މަޖިލީހަށް ހާޒިރުވުމަށް ދޭން ޖެހޭ 5 ދުވަހުގެ މުއްދަތުވެސް ވަނީ ދެވިފައިކަން ޒިޔާދު ވަނީ ފާހަގަ ކޮށްފައެވެ.

މި ކޮމިޓީގައި ވާހަކަ ދެއްކެވި ޕީއެންސީގެ ބައެއް މެމްބަރުންވެސް ވިދާޅުވީ، މިކަން ހިނގާ ދިޔައީ އެންމެ ރަނގަޅަކަށް ނޫން ކަމަށާއި، މަޖިލީހުގެ ޤަވާއިދުގައި ބުނާ މުއްދަތުވެސް ވަޒީރަށް ދެވިފައިވާ ކަމަށެވެ.

މިފަދަ ހައްސާސް މައްސަލައެއްގައި ވަޑައިނުގެންނެވުމަކީ އަދި ޖަވާބުދާރީ ނުވެވުމަކީ ކަންބޮޑުވުން އޮތް ކަމެއްކަމަށް ޕީއެންސީގެ މެމްބަރުންވެސް ކޮމިޓީގައި ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.