Advertisement

24 Jul 2024
ޚަބަރު

ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ މެންބަރުން ސަސްޕެންޑުކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މަޖިލީހުގެ ތަޅުމުގައި ގެންގުޅެންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެނަމަ، ކަނޑައެޅޭ ވަކިއަދަދަކަށް މަޖިލީހުގެ ޖަލްސާތަކުގައާއި ކޮމެޓީތަކުގައި ބައިވެރިނުވެވޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފިއެވެ. އަދި އެ ގަވާއިދަށް މިއަދު ވަނީ އަމަލުކުރަން ވެސް ފަށާފައެވެ.

މި ގަވާއިދު ފާސްކޮށްފައިވަނީ، މަޖިލީހަށް މިއަދު ހާޒިރުވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ގަވާއިދު ކޮމެޓީއިން ހުށަހެޅި މި ބަދަލާއެކު، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑަކީ، ރާއްޖޭގެ އެއްވެސް ގާނޫނަކާއި ގަވާއިދަކާ އަދި ސުލޫކީ މިންގަނޑުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން ކަމަކާ ހިލާފުވުމެވެ.

ސުލޫކީ މިންގަނޑުގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއްގައި ކުރުން ހުއްދަ ނޫން ކަންކަން ވެސް އިތުރުކޮށް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މެންބަރެއްގެ ގާތަށް ނުވަތަ މަޖިލީހުގެ މުވައްޒަފެއްގެ ގާތަށް ރުޅިވެރިކަމާ އެކު ދިއުން ނުވަތަ މެންބަރެއްގެ ގައިގައި ނުވަތަ މަޖިލީހުގެ މުވައްޒަފެއްގެ ގައިގައި ރުޅިވެރިކަމާ އެކު އަތްލުމާއި، ރިޔާސަތާ ދިމާލަށް ނުވަތަ އެހެން މެންބަރަކާ ދިމާލަށް ރުޅިވެރިކަމާ އެކު ހަޑިހުތުރު ބަހުން މުހާތަބުކުރުމާއި އަދި ރިޔާސަތާ ދިމާލަށް ނުވަޔަ ވަކި މެންބަރަކާ ދިމާއަށް ނުވަތަ އިދާރީ މޭޒާ ދިމާލަށް ރުޅިވެރިކަމާ އެކު އެއްޗެއް އެއްލުމެވެ.

އެގޮތުން މެންބަރަކު ސުލޫކީ މިންގަނޑާ ހިލާފުވެއްޖެނަމަ، މަޖިލީހުގެ އިދާރާއިން އެ މެންބަރަކަށް ފިޔަވަޅު އަޅާނެއެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

1.    އެ މެންބަރަކު ކުރީ މަޖިލީހުގެ ގަދަރަށް އުނިކަން ލިބޭ ކަމެއްކަން ބަޔާންކޮށް އެކަން ކުށްވެރިކޮށް މަޖިލީހުގެ ތަޅުމުގައި އެކަން އިއުލާނުކޮށް އެކަން ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވުން

2.    މަޖިލީހުގެ ރަސްމީ ދަތުރުތަކާއި އެކި ކަންކަމުގައި މަޖިލީހުން ފޮނުވާ ވަފުދުތަކުގައި ބައިވެރިވުން ވަކި މުއްދަތަކަށް މަހްރޫމްކުރުން

3.    ވަކި އަދަދަކަށް މަޖިލީހުގެ ޖަލްސާ އާއި ކޮމެޓީތަކުގެ ބައްދަލުވުމުގައި ބައިވެރިވުން މަހުރޫމް ކުރުން

4.    މެންބަރަކު ކުރި އަމަލެއް ކުށްވެރިކޮށް، އެކަމާ ގުޅޭ ގޮތުން ރަސްމީ ލިޔުމެއް އެ މެންބަރަށް ފޮނުވައި އެ ލިޔުމުގެ ކޮޕީއެއް މަޖިލީހުގެ އެހެން މެންބަރުންނަށް ފޮނުވުން

5.     މެންބަރަކު މަޖިލީހުގެ މުދަލާއި ތަކެއްޗަށް ގެއްލުން ދީފި ނަމަ، އެ ދިން ގެއްލުމުގެ ބަދަލު އެ މެންބަރުންގެ މުސާރައިން އުނިކުރުން

އެ ގަވާއިދުގައި ބުނާ ގޮތުން، މެންބަރަކު ސަސްޕެންޑު ކުރިނަމަވެސް، ކަނޑައަޅާފައިވާ ވަކި މައްސަލަތަކަކާ ގުޅޭ ވޯޓެއް އޮތްނަމަ، އެ ވޯޓަކަށް ހާޒިރުވެވޭނެއެވެ. އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

1.    ރައީސް މަގާމުން ވަކިކުރުން

2.    ފަނޑިޔާރުންގެ މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ މެންބަރުންނާއި މިނިވަން މުސްތަގިއްލު މަގާމުތަކުގައި ތިބޭ މީހުން މަގާމުން ވަކިކުރުމުގެ މައްސަލަ

3.    ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ

4.     ދައުލަތުގެ ބަޖެޓު ފާސްކުރުމުގެ މައްސަލަ

ކުރިން އަމަލުކުރަމުން އައި އުސޫލުގައި، މަޖިލީހުގެ މެންބަރަކު ގަވާއިދާއި ހިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅުތައް ހިމަނާފައެއް ނުވެއެވެ. އެހެންކަމުން، މި ގެނެވުނު ބަދަލާއެކު، މެންބަރުންގެ ފަރާތުން އެފަދަ ކަންކަން ފެނުން މަދުވާނެކަމަށް ބެލެވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.