Advertisement

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން ---

02 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް (އެސް.ޑީ.އެފް) ބިލަށް އާންމުންގެ ހިޔާލު ހޯދަން، ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަކީ، ދައުލަތުގެ ދަރަނިތައް ދެއްކުމަށް ބޭނުންވާ ފައިސާ ޖަމާކުރަމުންދާ ފަންޑެވެ. މިގޮތުން މިފަންޑަށް ޖަމާކުރަމުން ގެންދަނީ، އެއާޕޯޓް ޑިވެލޮޕްމެންޓް ފީ (އޭ.ޑީ.އެފް) އާއި، ކްރޮސް ސަބްސިޑީ މަޝްރޫޢުތަަކަށް ލިބޭ ފައިސާ އެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިބިލް މަޖިލީހުން ބޭރުކޮށްލިއެވެ. އެދުވަހު މައްސަަލަ މަޖިލީހުން ބޭރުވީ ވޯޓަށް އެހި ގަޑީގައި މަޖިލީހުގެ ތަޅުމުގައި ސަރުކާރުގެ އެއްވެސް މެމްބަރެއް ނެތުމުން، ބިލާއި އެއްކޮޅަށް ވޯޓު ނުލިބިގެންނެވެ.

އެހެން ނަމަވެސް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ލިބުނު ސުޕަރ މެޖޯރިޓީއާއެކު ސަރުކާރުން ވަނީ އެބިލް އަލުން މަޖިލީހަށް ހުށައަޅާފައެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލަށް އެއްވެސް ބަަދަލެއް ނުގެނެސް އަލުން އެބިލް މަޖިލީހަށް ހުށައެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލައް މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް (އެސް.ޑީ.އެފް) ބިލަށް ހިޔާލާއި އިސްލާޙް ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި 9, ގެ 14:00 ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.