ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ރައްޔިތުންގެ މަޖިލިސް ތަކުގެ ސެމިނަރއަކަށް މަޖިލީހުގެ ރައީސް ޗައިނާއަށް ފުރާވަޑައިގެންފި
މިސެމިނާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުުފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ޗައިނާއަށް ފުރާވަޑައިގެންނެވީ ރޭގައެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ވަޑައިގެންނެވުމަށްފަހު، ޢަބްދުއްރަޙީމް ރަސްމީ ހައިސިއްޔަތުން މިފަދަ ސެމިނަރއެއްގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.