Advertisement

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް --

22 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މަޤާމުން އިސްތިޢުފާ ދެއްވައިފި

ޕްރެސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޕީޖީގެެ މަޤާމުން އެމަނިކުފާނު އިސްތިއުފާ ދެއްވިކަން ނޫން.އެމްވީއަށް އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.

ޝަމީމް މަޤާމުން އިސްތިއުފާ ދެއްވީ، އެމަނިކުފާނު މަޤާމުން ވަކިކުރުމުގެ މައްސަލަ ކުރިޔަށް ގެންދިޔުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއް މިރެއަށް އެޖެންޑާކޮށް އެޖަލްސާ ފަށާފައި ވަނިކޮށެވެ. މިޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމެވެ.

ޕީޖީ މަޤާމުން އިސްތިއުފާ ދެއްވައިފިކަން އެމަނިކުފާނު އިޢުލާނު ކުރެއްވި ނަމަވެސް މަޖިލީހުގެ ޖަލްސާގައި ވަނީ، ކޮމިޓީ ރިޕޯޓް އިއްވާފައެވެ.

ޝަމީމް މަޤާމުން ވަކިކުރަން ހުށައެޅުއްވީ، ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދުއެވެ.

ޝާހިދު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވާގޮތުން، ޕީޖީ ޝަމީމް މަސައްކަތް ކުރެއްވުމުގައި ތަފާތު ކުރުން ގެންގުލުއްވާކަމަށް ފާހަގަ ކުރައްވާފައިވެއެވެ. އަދި މީގެ އިތުރުން، އެ މަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަކި މީހެއްގެ ނުފޫޒުން ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ. އެގޮތުން، ޕީޖީގެ ބާރުތައް ބޭނުން ކުރަން ވާނީ ވެސް ވަކި ފަރާތަކަށް މަންފާއެއް ހޯދައި ނުދީ، ޒާތީ ތައައްސަބުން އެއްކިބާވެ ހުރެ ބަންޑާރަ ނައިބު ކަނޑައަޅާފައިވާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތަށް ކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ.

ޕީޖީއަށް ތުހުމަތު ކޮށްފައިވާ މައްސަލަތައް:

·      ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުން.

·      މަގާމުގައި ދެމި ހުރުމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން.

·      ސަފާރީ ރޭޕް ކޭސްގެ މައްސަލާގައި އެމްޑީޕީ އާ ގުޅުން އޮންނަ ފަރާތެއް ހިމެނޭތީ އިސްތިއުނާފް ނުކުރުން.

·      ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިޔުން.

·      ބަނގުރަލާ އާ ގުޅޭ 77 މައްސަލައެއް އަނބުރާ ގެންދިޔުން.

·      އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ 13 މައްސަލައެއް އަނބުރާ ގެންދިޔުން.

·      ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމުން.

·      ޕީޖީ އޮފީހުގެ މުއައްޒަފުންނާ މެދުގައި ތަފާތު ކުރުންތައް ގެންގުޅުން.

ޕީޖީ ޙުސައިން ޝަމީމާއި ދެކޮޅަށް ކުރި ތުހުމަތުކަށް އެމަނިކުފާނު މިއަދު ވަނީ، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ޖަވާބުދެއްވާފައެވެ. އަދި އެކޮމިޓީން މިއަދު ވަނީ، ޕީޖީ ޝަމީމް ހުސައިން ޝަމީމް މަޤާމުން ވަކިކުރަން ފާސްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.