Advertisement

ހުޅުމާލެ --

21 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

އާބަން ޑިވެލޮޕްމަންޓު ބިލަށް އާންމުންގެ ހިޔާލު ހޯދަނީ

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ، އާބަން ޑިވެލޮޕްމަންޓު ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ އެބިލަށް ޚިޔާލު ހުށައެޅުމަށް ބޭނުންވާ ފަރާތްތަކަށް،  މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4:00 އާއި ހަމައަށް ފުރުޞަތު ހުޅުވާލާފައި ވާކަމަށެވެ. މިގޮތުން، ލިޔުމުން ނުވަތަ އީމެއިލްގެ ޒަރީއާއިންވެސް ޚިޔާލު ހުށައެޅޭނެ ކަމަށާއި އީމެއިލްގެ ޒަރީއާއިން ޚިޔާލު ހުށައަޅާނީ، [email protected]އަށް ކަމުގައިވެސް މަޖިލީހުގެ އިދާރާއިން ވިދާޅުވެފައިވެއެވެ.

އާބަން ޑިވެލޮޕްމަންޓްގެ ބިލްގެ ބޭނުމަކީ ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކޮށް ހިންގުމާ ގުޅޭ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމު ކުރުމަށްޓަކައި، ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތެއްގައި ބިމުގެ ބޭނުން ހިފޭނެ މޭރުމުން ބިނާވެށި ޕްލޭންކޮށް ހިންގުމާއި އެ ޕްލޭންތަކާ އެއްގޮތްވާ ގޮތުގެ މަތިން ބިން ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި ތަރައްގީގެ މަސައްކަތްތައް މޮނިޓަކޮށް ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާން ކުރުން ކަމުގައި އެބިލް ހުށައެޅި ސަބަބުގެ ގޮތުގައި ސަރުކާރުން ބަޔާންކޮށްފައިވެއެވެ.

މިބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ވިލިގިލި ދާއިރާގެ މެމްބަރު އާޒިމް ޢަބްދުލް ޢަޒީޒެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.