Advertisement

ފައްޔާޟު މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ޕީއެސްއެމް --

23 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ފުޑް ސޭފްޓީ ބިލާއި ގުޅޭ ގޮތުން މަޖިލީހުގައި ދައްކާފައިވާ ވާހަކަތައް ފަތުރަމުން ދަނީ އޮޅުވާލައިގެން: ފައްޔާޒު

ފުޑް ސޭފްޓީ ބިލާއި ގުޅޭ ގޮތުން މަޖިލީހު ކޮމިޓީގައި ދައްކާފައިވާ ވާހަކަތައް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގައި މިހާރު ފަތުރަމުން ދަނީ އޮޅުވާލައިގެން ކަމުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ، ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ފަތުރަމުންދާ ވާހަކަތާއި ގުޅިން އެއަށް ރައްދު ދެއްވަމުންނެވެ.

ފައްޔާޒު ވިދާޅުވީ، މިހާރުގެ ސަރުކާރުގެ ފަރާތުން، ދައުރުކުރަމުން ގެންދަނީ، 3 ސެޕްޓެންބަރު 2022 ގައި ބޭއްވުނު މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ފުޑް ސޭފްޓީ ބިލާބެހޭގޮތުން ދެކެވުނު ވާހަކަތަކުން ތަންކޮޅެއް ކަމަށެވެ. 1 ގަޑިއިރާއި 37 މިނެޓުގެ އެ ބައްދަލުވުމުގެ ވީޑިއޯ މިހާރުވެސް ފެންނަން އެބައޮތްކަން ފައްޔާޒު ވަނީ ފާހަގަކުރައްވާފައެވެ. 

"މިއަދުގެ ވެރިންގެ އަމަލުތަކާ ހިލާފަށް އެންމެންނަކީ އެކިފަހަރު އެކި ތަންތަނުގައި އެކި ގޮތަށް ވާހަކަ ދައްކައިފައި، ބަޔާންދީފަ އަނެއްކާ ފަހުން ބަޔާން ބަދަލުކުރާނެ ބައެއް ނޫން. އަޅުގަނޑު އަދިވެސް ދަންނަވާނީ، ވިޔަފާރިއެއް ރަޖިސްޓަރީކޮށްދިނުމަށްފަހު އެ ވިޔަފާރި ކުރުމަށް ދެން އިތުރު ތަނެއްގައި ރަޖިސްޓަރީ ކުރަންޖެހިގެން ނުވާނެކަމަށް."

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް 

ފައްޔާޒު ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑު ހިފެހެއްޓުމަކީ ވިޔަފާރި ރަޖިސްޓަރީ ކުރުމާއި ގުޅޭ ކަމެއް ނޫން ކަމަށެވެ. އެކަމުގެ ޤާނޫނީ ޒިންމާ ހަވާލުކޮށް ފުރިހަމަ ބާރު އޭރުވެސް މިހާރުވެސް ލިބިދީފައިވާ އިދާރާތަކަށް އެކަން ކުރެވޭނެ ކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، އޭރުވެސް އިކޮނޮމިކް މިނިސްޓްރީން ހުށަހެޅީ، ކާބޯތަކެތީގެ މިންގަނޑު ތަކާއި، އެތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތައް އެމް.އެފް.ޑީއޭ ނުވަތަ އެޗްޕީއޭގެ ގަވާއިދަކުން ކަނޑައަޅައި، އެތަންތަނުން ރެގިއުލޭޓްކޮށް ، މޮނިޓަރކޮށް އަދި ފިޔަވަޅު އެޅުމުގެ ޒިންމާ އަދި ބާރު ޤާނޫނުގައި ކަނޑައެޅުމަށް ކަމުގައި ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލްގެ ޓްވީޓް --- 

އަދި އެހާ މުހިންމު ކަމެއް، ޤާނޫނު އޮތްގޮތުން ނުކުރެވި އޮތްނަމަ މިވީ 9 މަސް ތެރޭގައި އެކަން ބަދަލު ނުކުރީ ކީއްވެތޯވެސް ފައްޔާޒު ސުވާލު އުފެއްދެވިއެވެ. އަދި ސަރުކާރާއި ޤާނޫނު ހެދުމުގެ ބާރު އޮތީ ބޭނުންފުޅުވާ ކޮންމެ ކަމެއް ކޮށްލެވޭހާ ފަހިކޮށް ކަމަށާއި، ސަރުކާރުން ބޭނުންވީމަ އަލަށް މައްސަލައެއް ހުށަހަޅާފަ އެދުވަހުން އެދުވަހަށް މަޖިލީހުން ކަންކަން ނިންމުމަކީ މިހާރު އާއްމު އުސޫލު ކަމުގައިވެސް ފައްޔާޒު ވަނީ ފާހަގަ ކުރައްވާފައެވެ.

މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ފުޑް ސޭފްޓީ ބިލާބެހޭގޮތުން އެދުވަހު ފައްޔާޒު ދެއްކެވި ވާހަކަތައް އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި، އެމްއެފްޑީއޭގެ ވެރިއަކަށް ހުންނެވި އަދި މިހާރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ ޤަބޫލުފުޅު ކުރައްވައި، އެވާހަކަތަކަށް ތާޢީދުކުރައްވާކަން ހާމަކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.