Advertisement

މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު --

12 Aug 2024
ޚަބަރު

ރައީސް ޑރ. މުއިއްޒު ވައުދުވެ ވަޑައިގެންނެވި ގޮތަށް ގޯތިތަކާއި ފްލެޓް ހަވާލު ނުކުރާނެ ކަމުގެ ޢިޝާރާތެއް

ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ގޯތިތަކާއި ފްލެޓް ހަވާލު ނުކުރާނެ ކަމަށް ދޭހަވާ މޭރުމުން، މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކުފުޅު ދައްކަވައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)، މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދާއި ކުރެއްވި ސުވާލަށް ފަހު މެމްބަރުންނަށް އިތުރު ސުވާލު ކުރުމަށް ހުޅުވާލި ފުރުޞަތުގައި، ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވަނީ، ރައީސްގެ ވަޢުދުފުޅާއި ޚިލާފަށް ހައުސިންގ މިނިސްޓްރީ ޢަމަލުކުރަމުންދާ ސަބަބެއް އޮޅުން ފިލުވުމަށް ސުވާލު ކުރައްވާފައެވެ. އެގޮތުން، ކުރީގެ ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓު އަތުނުލައްވާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ތެރޭގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވާ އިރު، އެ ސިޔާސަތު މިނިސްޓްރީން ބަދަލު ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މަޝްވަރާކުރެއްވުމަށްފަހުގައި ތޯ ޒިޔާދު ސުވާލު ކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅުގައި، ވަޢުދުވެވަޑައިގަތީ ކުރީ ސަރުކާރުން ދީފައި ހުރި ގޮތަށް ގޯތިތަކާއި ފްލެޓްތައް ދެއްވުމަށް ކަމުގައި ވީނަމަވެސް، މިނިސްޓަރ ހައިދަރު މިއަދު މަޖިލީހުގައި ވިދާޅުވީ، އެ މިނިސްޓްރީން ގޯތިތަކާއި ފްލެޓްތައް ހަވާލުކުރާނީ އެ ތަންތަން ދޫކޮށްފައި ވަނީ ހައްޤުވެރީންނަށްތޯ ބެލުމަށްފަހުގައި ކަމަށެވެ. އަދި ކަނޑުފަޅުން ދޫކޮށްފައިވާ ތަންތަނަކީ ގޯތި ނޫންކަމުގައި ވިދާޅުވެ މަޖިލީހުގައި ވާހަކަފުޅު ދެއްކެވި އިރު، ނުހިއްކައި އޮތް ފަޅުތަކުގައި ހިއްކުމަށް ހަމަޖެހިފައިވާ ބިންތަކުން ކުރީ ސަރުކާރުން ދިން ގޯއްޗަކީ، ގޯތި ކަމުގައި ޤަބޫލުފުޅު ނުކުރައްވާ ކަމުގައި ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް ވިދާޅެއް ނުވެއެވެ.

ރައީސް ޔާމީނުގެ ސަރުކާރުގެ ދުވަސްވަރު، ހިޔާ މަޝްރޫޢުގެ ފްލެޓްތައް އަޅަން ނުފެށެނީސް، ހިޔާގެ ފްލެޓްތައް ދޫކުރައްވައި މީހުންނަށް ލިޔުން ދެއްވިއެވެ. ސަރުކާރު ބަދަލުވުމަށްފަހުގައި، އެމްޑީޕީގެ ސަރުކާރުން ހިޔާ ފްލެޓްތައް ދޫކުރީ ކުރީ ސަރުކާރުން އެފްލެޓްތައް ދޫކުރީ ހައްޤުވެރީންނަށް ކަމުގައި ބެލުމަށްކަމަށް ވިދާޅުވެ، ފްލެޓް ކޮމެޓީއެއް އުފައްދަަވައި އެ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. މިސަރުކާރުންވެސް ވަނީ، ފްލެޓާއި ގޯތިތައް ދޫކުރުމަށް ކުރީ ސަރުކާރުން ކަނޑައެޅީ ހައްޤުވެރީންނަށް ކަން ކަށަވަރު ކުރުމުގެ ގޮތުން ކޮމެޓީއެއް ުފައްދަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.