Advertisement

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން --

15 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސްގެ އެންގެވުމަށް މަޖިލީހުގެ ކޮމިޓީގައި ނިންމި ނިންމުން ބަދަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ދިރިއުޅުއްވާ، ރަސްމީ ގެކޮޅުގެ މުވައްޒަފުންނާއި ގުޅޭ މައުލޫމާތު ސިއްރު ކުރުމަށް، އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމި ނިންމުން ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ބަދަލުކޮށްފިއެވެ.

އިއްޔެ ހެނދު ބޭއްވި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ، މަޖިލީހުގެ ރައީސްގެ ގެކޮޅުގެ މުވައްޒަފުންނާއި އެމުވައްޒަފުންގެ މުސާރަތައް ހާމަކުރުމަަކީ، މަޖިލީހުގެ ރައީސްގެ ސަލާމަތަށް ނުރައްކާ ވެދާނޭ ކަމަކަށް ވާތީ، އެމައުލޫމާތު ސިއްރު ކުރުމަށެވެ. އަދި އެގޮތަށް ނިންމި ބައްދަލުވުން ކުރިޔަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. އަދި ފަހުން އެނިންމުން ބަދަލުކުރި ބައްދަލުވުން ކުރިޔަށް ގެންދިޔައީ ހުޅުވާލައިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ދިރިއުޅުއްވާ ގެކޮޅުގެ މުވައްޒަފުންނާއި މުސާރަ އާއި ގުޅޭ މަޢުލޫމާތު ސިއްރު ކުރުމަށް ފުރަތަަމަ ހުށައެޅުއްވީވެސް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާާހިމް ފަލާޙް ނަމަވެސް ފަހުން އެނިންމުން ބަދަލުުކުރި ކޮމިޓީ ބައްދަލުވުމުގައިވެސް، އެކަން ބަދަލުކުރެއްވުމަށްވެސް ހުށައެޅުއްވީ ފަލާޙްއެވެ. އެގޮތުން ހޯދަން އެދިފައިވާ ހުރިހާ މައުލޫމާތެއް ފޯރުކޮށްދިނުމަށް ފެންނަ ކަމަށްވެސް ފަލާޙް ވަނީ ފަހުން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވިދާޅުވެފައެވެ. 

މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީގުގެ ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ވަނީ، ޤައުމީ ސަލާމަތަށް ނުރައްކަލެއް އޮތް މައުލޫމާތު ފިޔަވައި އެހެން ހުރިހާ މައުލޫމާތެއް ހާމަކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ، އެވަޢުދުފުޅު ދެމެހެއްޓުމުގެ ގޮތުންވެސް މައުލޫމާތު ހާމަކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުގެ ހުށައެޅުމަކީ މަޖިލީހުގެ ރައީސްގެ ގެކޮޅުގައި ވަޒީފާގައި ތިބި މީހުންގެ އަދަދާއި، ކްލެސިފިކޭޝަނާއި، އަދި އެމީހުންގެ މުސާރަ ހާަމަކުރަން ޖެހޭނެޔޭ. މިވަރަށް ހާމަކުރުމަކީ ޤައުމީ ސަލާަމަތަށް އޮތް ނުރައްކަލެއް ނޫނޭ!"

މުޙައްމަދު ނާޒިމް - ދަނގެތީ ދާއިރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅުކަމުގައި މުރައިދޫގެ ހަމަޖެއްސެވީ، މެއި 6، 2022 ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހުގައެވެ. އަދި މަޖިލީހުގެ ރައީސްގެ ގެކޮޅު ކަމުގައި އެގެކޮޅު ހަމަޖެއްސެވީ، ރައީސް ނަޝީދަށް އޮތް ނުރައްކާތަކުގެ ސަބަބުން، ސަލާމަތީ ސަބަބުތަކަށްޓަކައެވެ.

ރައީސް ނަޝީދަށްފަހު މަޖިލީހުގެ ރައީސް ކަމުގެ މަޤާމް ފުރުއްވި، މުޙައްމަދު އަސްލަމް އެ ގެކޮޅުގައި ދިރިނޫޅުއްވައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.