Advertisement

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ކުރިމަތިލައްވާފައިވާ އައްބާސް ޝަރީފް --- ފޮޓޯ: މަޖިލިސް

16 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ޕީޖީ ކަމުގެ މަޤާމަށް ކުރިމަތިލެއްވީ ވަކި ބޭފުޅަކު އެދިގެނެއް ނޫން: ޢައްބާސް ޝަރީފް

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ކުރިމަތިލެއްވީ އެކަމަށް ވަކި ބޭފުޅަކު ނުވަަތަ ބަޔަކު އެދިވަޑައިގެން ނޫންކަމަށާއި އެއީ އަމިއްލަފުޅު ނިންމެވުމަށްކަމުގައި،  ޕީޖީގެ މަޤާމަށް ޢައްޔަނުކުރެއްވުމަށްޓަަކައި، ރައީސް ރައްޔިތުންގެ މަޖިލީހަށް ނަންފުޅު ފޮނުވާފައިވާ، އަލްއުސްތާޛު އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.

ޢައްބާސް ޝަރީފް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމަށް ހާޟިރުވެވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ހ. ޔެލޯރޯޒް، އައްބާސް ޝަރީފް ޢައްޔަނުކުރެއްވުމަށްޓަކައި، އޭނާގެ ނަންފުޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެ މަޖިލީހަށް ފޮނުއްވީ، މި ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ. ޢައްބާސް މި ވަގުތު ހުންނެވީ، ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒްގެ މަޤާމުގައި ކަމަށްވުމާއި އެކު އޭނާ އެމަޤާމަށް ކުރިމަތިލެއްވީ، ރައީސުލްޖުމްހޫރިއްުޔާ އެދިވަޑައިގެން ކަމަށް ބައެއް ފަރާތްތަކުން ވަނީ ސޯޝަލްމީޑިއާގައި ވާހަކަތައް ފަތުރާފައެވެ. 

ޢައްބާސް ވިދާޅުވީ، އޭނާ ޕީޖީގެ މަޤާމަށް ކުރިމަތިލެއްވީ، ޤައުމަށް ޚިދުމަތެއް ކުރެއްވުމުގެ ނިޔަތުގައި ކަމަށާއި، ވަކި ބޭފުޅަކު ނުވަތަ ބަޔަކު އެކަމަށް އެދިވަޑައިގެން ނޫންކަމަށެވެ. ޢައްބާސް ވިދާޅުވީ، އޭނާ ޕީޖީގެ މަޤާމަށް ކުރިމަތި ލެއްވުމަށްޓަކައި، ކުށުގެ ރެކޯޑް ފުރިހަމަ ކުރައްވަން ހުށައެޅުއްވި އިރުވެސް އޭނާއާއެކު މަސައްކަތް ކުރައްވާ ބޭފުޅުންނަށްވެސް އެކަން އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި އެބޭފުޅުންނަށްވެސް އެކަން އެނގިވަޑައިގެންނެވީ މީޑިއާގެ ޒަރީޢާއިން ކަމަށެވެ. ބައެއް ބޭފުޅުން އެމަނިކުފާނަށް މަރުޚަބާ ވިދާޅުވާން ފެއްޓެވީ އެހިސާބުން ކަމުގައިވެސް ޢައްބާސް ވިދާޅުވިއެވެ.

ޢައްބާސް ވިދާޅުވީ، ޕީޖީގެ މަޤާމަށް އޭނާ ޢައްޔަނު ކުރައްވައިފިނަމަ، މަސައްކަތްޕުޅު ކުރައްވާނީ، އެއްވެސް ނުފޫޒަކަށް ބެއްލެވުމެއް ނެތި ކަމަށާއި، އަދި އަމާޒަކީވެސް 5 އަހަރުގެ ދައުރު ފުރިހަމަ ކުރައްވައި، ރަނގަޅު ބަދަލުތަކެއް ގެނައުން ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.