Advertisement

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ---

16 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ފެނަކަ އެސްޓީއޯގެ ދަށަށް ގެންދިޔުމަކީ ހަރުދަނާ ނިންމުމެއް: ނާޒިމް

ފެނަކަ ކޯޕަރޭޝަން އެސްޓީއޯގެ ދަށަށް ބަދަލު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއިއެކުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، ހަރުދަނާ ނިންމެވުމަށްކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މެމްބަރު ނާޒިލް މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން، ފޭދޫ އުތުރު ދާއިރާ ގެ މެންބަރު އިސްމާޢީލް ނިޒާރު ހުށަހަޅުއްވާ ފައިވާ ، ޤާނޫނުނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) އަށް އިޞްލާޙް ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެމްބަރު ނާޒިމް ވިދާޅުވީ، އެސްޓީއޯއަކީ ފެނަކައިން އެންމެ ގިނަ ފައިސާ ލިބެންޖެހޭ ކުންފުނި ކަމަށާއި، ވޭތުވެ ދިޔަ 5 އަހަރު ނިމުނު އިރުވެސް، ފެނަކައިން އެސްޓީއޯއަށް ދައްކަން ޖެހޭ ފައިސާ އެއްވެސް މިންވަރަކަށް ދައްކާފައި ނުވާ ކަމަށެވެ. އެހެންކަމުން ފެނަކައިން އެސްޓީއޯއަށް ދައްކަންޖެހޭ 2.2 ބިލިއަން ރުފިޔާގެ މުޤާބިލްގައި ފެނަކައިގެ %100 ޙިއްޞާ އެސްޓީއޯއިން ގަންނަން މަސައްކަތް ކުރަމުންދާ މަންޒަރު މިހާރު ފެންނަމުންދާ ކަމުގައި މެމްބަރު ނާޒިމް ވިދާޅުވިއެވެ.

"އެސްޓީއޯގެ ތަޖުރިބާ ބޭނުންކޮށްގެން ފެނަކައިގެ ކަންތައް ރަނގަޅު ކުރެވިއްޖެކަމަށް ވެއްޖިއްޔާ، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިއީ ވަރަށް ރަނގަޅު ނިންމުމަކަށް ވާނެ. އަޅުގަނޑުމެން މިހާރު އެބަ ވިސްނާލަންޖެހޭ ދައުލަތުން މިހިއްޞާވާ ކުންފުނިތައް، ހަރުދަނާ ގޮތެއްގައި ހިންގޭނެ ގޮތެއް."

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް --

ފެނަކަ ކުންފުންޏަކީ، ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން މިވަގުތު އެންމެ ދަރަނި ބޮޑު ކުންފުންޏެވެ. އަދި އެކުންފުނީގެ ދަރަނިތައް ދައްކައި، ފައިދާވާނެ ކުންފުންޏެއްގެ ގޮތުގައި ހިންގުމަށް ސަރުކާރުން އަންނަނީ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެކުންފުނި ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ހުރިހާ މަސައްކަތެއް ނިންމުމަށް އަމާޒު ހިފައިގެން ވަނީ މަސައްކަތް ފަށާފައެވެ. 

އިއްޔެ ވަނީ، ފެނަކައިގެ ޗެއާމަނަކަށް، އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ޝިމާދު އިބްރާހިމް ޢައްޔަނުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.