Advertisement

ރައްޔިތުންގެ މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން ---

15 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ތިން ބިލަކަށް ޚިޔާލު ހުށައެޅުމަށް އާއްމުންނަށް ފުރުޞަތު ހުޅުވާލައިފި

ތިން ބިލަކަށް ޚިޔާލު ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުން އާއްމުންނަށް ފުރުޞަތު ހުޅުވާލައިފިއެެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު އާއްމުންނަށް ޚިޔާލު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ، ފޮރިން އިންވެސްޓްމަންޓްގެ ބިލާއި ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި އަދި ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށެވެ.

ފޮރިން އިންވެސްޓްމެންޓްގެ ބިލް މަޖިލީހަށް ހުށައަޅުއްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ ޕީއެންސީގެ މެމްބަރު އަޙްމަދު އަޒާން މަރްޒޫޤެވެ. މިބިލަކީ، ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ކުރެވޭނެ ދާއިރާތައް ކަނޑައެޅުމާއި ގުޅޭ އުސޫލުތަކާއި، އެފަދަ ފަރާތްތަކަށް ދިވެހިރާއްޖޭގައި އިންވެސްޓް ކުރމުގެ ހުއްދަ ދޫކުރުމާއި ގުޅޭ އުސޫލުތަކާއި، އެފަދަ އިންވެސްޓަރުންނަށް ލިބިދެވޭނެ ޙިމާޔަތާއި ރައްކާތެރިކަމުގެ އުސޫލުތަކާއި، އެފަދަ އިންވެސްޓްމެންޓްތައް ދައުލަތަށް ނެގެނެ ޚާއްޞަ ހާލަތްތަކާއި، އެފަދައިން ނެގޭ އިންވެސްޓްމެންޓްތަކަށް ބަދަލު ދެވޭނެ އުސޫލުތައް ބަޔާންކުރުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ބިލެކެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް މަޖިލީހަށް ހުށައަޅުއްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގދ. ފަރެސް މާތޮޑާގެ މެމްބަރު އަޝްރަފް ރަޝީދެވެ. ސަރުކާރުގެ ފަރާތުން މިބިލް ހުށައެޅުމުގެ ބޭނުމެއް ކަމުަގއި ބަޔާންކޮށްފައި ވަނީ، ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގެ ސެކިއުރިޓީޒްގައި އިންވެސްޓް ކުރެވޭނެ ދާއިރާތައް ކަނޑައެޅުމަށާއި، އެނޫންވެސް ކަމާއި ގުޅޭ މައިގަނޑު އުސޫލުތައް ބަޔާންކުރުމަށްޓަކައި، ޤާނޫނު ނަމްބަރު 18/2014 ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު އިސްލާޙް ކުރުމެވެ.

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލް މަޖިލީހަށް ހުށައަޅުއްވާފައި ވަނީ، ރައްޔިތުންގެ މަޖިިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުޙައްމަދު އަފޫ ހާމިދެވެ.  ސަރުކާރުން މިބިލް ހުށައެޅުމުގެ ބޭނުމަކީ، ޤާނޫނު ނަމްބަރު 18/2014 (ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތިން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގައި ހުއްދަ ކުރެވޭ، ސެކިއުރިޓީޒްގެ ބާވަތްތަކާއި، އިންވެސްޓް ކުރެވޭނެ އުސޫލުތައް ކަނޑައެޅުމަށްޓަކައި، ޤާނޫނު ނަމްބަރު، 2/2006 ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ޤާނޫނަށް އިސްލާޙް ގެނައުމެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މިބިލްތަކަށް ޚިޔާލު ހުށައެޅުމަށް ފުރުޞަތު ހުޅުވާލާފައި ވަނީ، އަންނަ ހޯމަ ދުވަހުގެ މެންދުރު 12:00 އާއި ހަމައަށެވެ. ޚިޔާލު ހުށައަޅަންޖެހޭނީ ލިޔުމުން ނުވަތަ އީމެއިލްގެ ޒަރީއާ ރައްޔިތުންގެ މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީއަށް ކަމުގައި މަޖިލީހުގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.