ރައްޔިތުންގެ މަޖިލިސް
27 Jan 2024
ޚަބަރު
މިސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާއި ގުޅޭ ވޯޓު މާދަމާ
އާއްމު ގޮތެއްގައި މަޖިލީހުގެ ޖަލްސާގައި ނަގާ ވޯޓުތަކުގައި ވޯޓަށް އަހާނީ މެންދުރު ފަހު 1:30ގައެވެ. މާދަމާ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގައި ކުރިޔަށް ގެންދިޔުމަށް އެޖެންޑާގަިއ ހިމަނާފައި ވާއިރު، އެމްޑީޕީއާ ދަ ޑިމޮކްރެޓްސްގެ މެޖޯރިޓީ އޮތް މަޖިލީހުން ބައެއް ވަޒީރުންނަށް ރުހުން ނުދޭނެ ކަމަށް ވަނީ ބެލެވިފައެވެ.
25 Jan 2024
ޚަބަރު
ދައުރުން ބޭރުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އާދީއްތަ ދުވަހު ބާއްވަނީ
ދައުރުން ބޭރުން ބާއްވާ ޖަލްސާގައި ކުރާނެ ކަންކަމުގެ ތެރޭގައި، އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނަށް ހުށައަޅާ އިންތިޚާބުތައް ރޯދަމަހުގެ ތެރޭގައި ނުބޭއްވުމަށް ކަނޑައަޅައި ޤާނޫނު އިސްލާޙްކުރުމުގެ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އަދަދު ކަނޑައެޅުމުގެ ބިލާއި، ވަޒީރުންނަށް ރުހުން ދިނުން މަސައްކަތްވެސް ހިމެނޭނެކަމަށް އެމްޑީޕީއާ ދަ ޑިމްކޮސްރެޓްސްއިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.
24 Jan 2024
ޚަބަރު
ރޯދަމަހު އިންތިޚާބުތައް ނުބާއްވާ ގޮތަށް އިންތިޚާބާއި ބެހޭ ޤާނޫނަށް އިސްލާޙް ހުށައަޅައިފި
ޝިފާޢު ވިދާޅުވީ އިންތިޚާބާއި ބެހޭ އާއްމު ޤާނޫނަށް އިސްލާޙް ހުށައެޅުއްވީ، ރަމަޟާންމަހަށް އިންތިހާބު ތާވަލުކުރެވޭތީ ރައްޔިތުންގެ މެދުގައިއޮތް ބޮޑުނުތަނަވަސްކަމާއެކު އިންތިހާބުގައި ރައްޔިތުންގެ ބައިވެރިވުން ކުޑަވެދާނެކަމަށްއޮތް ކަންބޮޑުވުމަށް ހައްލެއްހޯއްދެވުމަށް ކަމަށެވެ
24 Jan 2024
ޚަބަރު
ރޯދަމަހު ބާއްވާ މަޖިލިސް އިންތިޚާބުގެ ވޯޓު ނެގުން 9ން އިން 5އަށް ބޭއްވުމަށް ލަފާދީފި
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ނިންމާފައި ވަނީ، މިއަހަރުގެ މާރިޗު މަހުގެ 17 ވަނަ ދުވަހުގައެވެ. އެހެންވެ މަޖިލިސް އިންތިޚާބު ބާއްވާ ދުވަސް ދިމާވަނީ ރަމަޟާން މަހުގެ 7 ވަނަ ދުވަހާއެވެ.
21 Jan 2024
ޚަބަރު
ފަރުވާ ލިބުން ލަސްވެ ކުޑަކުއްޖާ މަރުވި މައްސަލަ މަޖިލީހަށް ހުށައަޅައިފި
އެސިޓީފުޅުގައި ސަޢުދު އެދިވަޑައިގެންފައި ވަނީ، ވިލިނގިލީގައި ދިމާވި މިހިތާމަވެރި ހާދިސާގައި، ދިވެހިރާއްޖޭގައި އެވަގުތާއި ހަމައަށް ލިބެންހުރި އެމާޖެންސީ އިވެކުއޭޝަން ވަޞީލަތްތައް ބޭނުން ނުކޮށް، ގަސްތުގައި އަވަސް ފަރުވާއަށް މޭލެ ގެނައުން ލަސްވި މައްސަލަބަލައި ދިރާސާކޮށް، މިފަދަ ކަންކަން ޤައުމުގައި ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި، އެ ހާދިސާގައި އެކި މުއައްސަސާތަކުން ވެފައިވާ އިޙުމާލުތަށް ބެލުމަށް އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނަ ކަމަށެވެ.
17 Jan 2024
ޚަބަރު
ލަންކާއާއި ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ މުވައްޒަފުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފަށަން މަޝްވަރާކޮށްފި
ދިވެހިރާއްޖެއާއި ސްރީ ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ މުވައްޒަފުން ތަމްރީން ކުރުމަށް ހިންގަމުން އައި ޕްރޮގްރާމުތައް އަލުން ފަށަން މަޝްވަރާ ކުރައްވައިފިއެވެ.
17 Jan 2024
ޚަބަރު
ދިއްދޫ ފެނަކައިން 57 މުވައްޒަފުންގެ ކޮންޓްރެކްޓް އައު ނުކުރި މައްސަލަ މަޖިލީހަށް ވައްދައިފި
އަބުދުﷲ ވަޙީދު ހުށައަޅުއްވާފައި ވަނި، ދިއްދޫ އައު އިންޖީީނުގެ މަސައްކަތް ނިމެންދެން މުވައްޒަފުން ވަޒީފާގައި ބޭތިއްބުމަށް ފެނަކަ ކޯޕަރޭޝަން އަށް ދެންނެވުމަށެވެ. އަދި މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކަށް އެމައްސަލަ ފޮނުއްވައި ދެއްވުމަށްވެސް ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ވަހީދު ވަނީ ހުށައަޅުއްވާފައެވެ.
15 Jan 2024
ޚަބަރު
ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީޙުގެ ރައީސް އަސްލަމް ލަންކާއަށް ވަޑައިގެންފި
މަޖިލީހުގެ ރައީސް އަސްލަމް 4 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގެންނެވީވެސް ލަންކާގެ ޤާނޫނު ހަދަ މަޖިލީހުގެ ރައީސްގެ ދައުވަތަކަށެވެ. މިދަތުރުފުޅުގައި ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވައި އެމަޖިލީޙުގެ ކަންކަން ހިނގާ ނުހިނގާގޮތް އަސްލަމް ބައްލަވާލައްވާނެއެވެ.
14 Jan 2024
ޚަބަރު
އައު ދައުރަށް މަޖިލިސް ހުޅުވުން ފެބުރުއަރީ 5 ގައި
އައު ދައުރަށް މަޖިލިސް ހުޅުވުމުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ، ރިޔާސީ ބަޔާން އިއްވަވާނެއެވެ. އެހެން ކަމުން އެދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވަވާ ރިޔާސީ ބަޔާން ވެގެންދާނީ، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ފުރަތަމަ ބަޔާނަށެވެ.
05 Jan 2024
ޚަބަރު
ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ޢަލީ ނިޔާޒް ކުރެންދޫ ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވައިފި
ކުރެންދޫ ދާއިރާއަށް ކުރިމަތިލައްވާނެކަން އިޢުލާނު ކުރައްވައި، ޢަލީ ނިޔާޒު ވިދާޅުވެފައި ވަނީ، ކުރެންދޫ، އޮޅުވެލިފުށި ރައްޔިތުންގެ ހައްޤުގަ 20 ވަނަ ރައްޔިތުން މަޖިލީހުގައި ވަކާލުތުކޮށް، ޤާނޫނުތަކަށް ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެނެސް ސަރުކާރު ޖަވާބުދާރީ ކުރުމުގައި ސާބިތު ކަމާއިއެކު ދެމިހުންނަވާނެ ކަމަށެވެ.
04 Jan 2024
ޚަބަރު
ކުރީ ސަރުކާރުގެ އިސްމަޤާމްތައް ފުރުއްވި ބައެއް ބޭފުޅުން އެމްޑީޕީ ޓިކެޓްގައި މަޖިލީހަށް ނުކުންނަނީ!
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް އެމްޑީޕީން ޓިކެޓް ދެއްވާފައިވާ ބޭފުޅުންގެ ތެރޭގައި، ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި، ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ހިމެނިވަޑައިގަންނަވައެވެ.
03 Jan 2024
ޚަބަރު
މަޖިލިސް އިންތިހާބަށް ހިސާން ކުރިމަތިނުލާނެކަން އިއުލާންކޮށްފި
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވައިފިއެވެ.
01 Jan 2024
ޚަބަރު
ކޮމަންވެލްތު ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުން ބައްދަލުވުމަށް އަސްލަމް ފުރާވަޑައިގެންފި
ކޮމަންވެލްތްގައި ހިމެނިވަޑައިގަންނަވާ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 27 ވަނަ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައި ވަނީ، މި ޖެނުއަރީ މަހުގެ 3އިން 6އަށް މެދުތެރޭ އެފްރިކާގެ ޤައުމެއްކަމަށްވާ، ޔޫގެންޑާގެ ވެރިރަށް ކަމްޕަލާގައެވެ.
30 Dec 2023
ޚަބަރު
ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް މަސައްކަތްކުރާނަން: އެމްޑީޕީ
މިބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގައި ހިމެނިވަޑައިގަންނަވާ ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒު ވިދާޅުވީ، ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ފަރާތުން މިއަދު މަޖިލީހަށް ހުށައެޅުއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައި އެކަން މަޖިލީހަށް ހުށައަޅުއްވާނެ ކަަމަށެވެ.
30 Dec 2023
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު ޢަޒުލުކުރާކަށް އެމްޑީޕީއަކުން ނޫޅޭ
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގައި ހިމެނިވަޑައި ގަންނަވާ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ޢަޒުލްކުރުމާއި ގުޅޭ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގައި އެއްވެސް މަޝްވަރާއެއްވެސް ކޮށްފައި ނެތްކަމުގައި ސަލީމް ވިދާޅުވިއެވެ. މީގެ އިތުރުން އެމްޑީޕީންވެސް އެަފަދަ އިޝާރާތެއް ކޮށްފައި ނެތްކަމުގައި ސަލީމް ވިދާޅުވިއެވެ.
30 Dec 2023
ޚަބަރު
ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ކޮމިޓީން ނިންމައިފި
ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ރުހުންދިނުމަށް ފާސްކޮށްފައި ވަނީ، ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ. ކޮމިޓީން ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް، ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމި ނަމަވެސް ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުންދިނުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމަށް ނިންމާފައި ވަނީ ވަކިވަކީންނެވެ.