Advertisement

ވިލިނގިލީ ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން --

21 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ފަރުވާ ލިބުން ލަސްވެ ކުޑަކުއްޖާ މަރުވި މައްސަލަ މަޖިލީހަށް ހުށައަޅައިފި

ފަރުވާ ލިބުން ލަސްވެ، ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުޙައްމަދު ޖާހު ޚާލިދު (13އ) ނިޔާވި މައްސަލަ، އެދާއިރާގެ މަޖިލިސް މެމްބަރު ސަޢުދު ޙުސައިން، ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

13 އަހަރުގެ ކުޑަކުއްޖާ ނިޔާވީ، ސިއްޙީ އެމާޖެންސީ ކުއްލި ހާލަތުގައި، ގއ. އަތޮޅު ހޮސްޕިޓަލުން، މާލޭގައި ހުންނަ އައިޖީއެމް ހޮސްޕިޓަލަށް ރިފަރ ކުރުމުން، މާލެއަށް ގެނައުން ލަސްވެ އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަަބަބުން ކަމުގައި އާއިލާއިން ތުހުމަތުކޮށްފައިވެއެވެ. ކުއްޖާ މާލެ ގެނައުމަށް 12 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވިއެވެ.

އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސް، އެދާއިރާގެ މެމްބަރު ސަޢުދު ޙުސައިން ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެޑްރެސްކުރައްވައި އިއްޔެ ސިޓީފުޅެއް ފޮނުއްވާފައެވެ.

އެސިޓީފުޅުގައި ސަޢުދު އެދިވަޑައިގެންފައި ވަނީ، ވިލިނގިލީގައި ދިމާވި މިހިތާމަވެރި ހާދިސާގައި، ދިވެހިރާއްޖޭގައި އެވަގުތާއި ހަމައަށް ލިބެންހުރި އެމާޖެންސީ އިވެކުއޭޝަން ވަޞީލަތްތައް ބޭނުން ނުކޮށް، ގަސްތުގައި  އަވަސް ފަރުވާއަށް މޭލެ ގެނައުން ލަސްވި މައްސަލަބަލައި ދިރާސާކޮށް، މިފަދަ ކަންކަން ޤައުމުގައި ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި، އެ ހާދިސާގައި އެކި މުއައްސަސާތަކުން ވެފައިވާ އިޙުމާލުތަށް ބެލުމަށް އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނަ ކަމަށެވެ.

އުމުރުން 13 އަހަރުގެ ކުޑަކުއްޖާ ބަލިވެގެން ގއ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ޖެނުއަރީ 17ވީ ބުދަދުވަހުގެ ރޭ 9:00 ހާއިރުގައެވެ. ކުއްޖާ މާލެއަށް ގެނެވުނީ ޖެނުއަރީ 18ވީ ބުރާސްފަތި ދުވަހުގެ ހަވީރު 17:15ގައެވެ.

ނިޔާވި ކުޑަކުއްޖާ ރޭގެ މަޣުރިބު ނަމާދަށް ފަހު، ހުޅުމާލެ ސަހަރާގައި ވަނީ ވަޅުލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.