Advertisement

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން ---

30 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ކޮމިޓީން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހަށް ޢައްޔަނުކުރައްވާފައިވާ ހުރިހާ މެމްބަރުންނަށް ރުހުންދޭން ނިންމައި، މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ރުހުންދިނުމަށް ފާސްކޮށްފައި ވަނީ، ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ. ކޮމިޓީން ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް، ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމި ނަމަވެސް ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުންދިނުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމަށް ނިންމާފައި ވަނީ ވަކިވަކީންނެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެންމެ ފުރަތަމަ ނިންމާފައި ވަނީވެސް ހުރިހާ ވަޒީރުންނަށްވެސް ރުހުން ދިނުމަށެވެ. އެހެންނަމަވެސް ކޮމިޓީން އެންމެ ފުރަތަމަ މަޖިލީހުގެ ތަޅުމަށް އެރިޕޯޓް ފޮނުއްވިއިރު، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުންދިނުމަށް އެދިފައި ނުވާތީ އެމައްސަލަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރުމަށް ފަހު ވަނީ އަނބުރާ ފޮނުވާލާފައެވެ.

ކޮމިޓީން ވަޒީރުންނަށް ރުހުންދޭން ނިންމި ނަމަވެސް، މަޖިލީހުގެ ދައުރު ނިމި މިހާރު މަޖިލިސް އޮތީ ޗުއްޓީގައެވެ. ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވާނެކަމަށް ވަނީ ބެލެވިފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.